އެޕިސޯޑް 22
................
[އަހަރެން މިރޭ ތިގެޔަށް ދާނަން. މިވަގުތު ދަނީ. ފުރުޤާން އަހަރެން ދަނީ....] ރީޙާން ދުރުގައި ހުރި ޖޯޖާ ދިމާއަށް ލޯއަޅާލަމުން ހިނގައިގެންފިއެވެ.
ޙަޤީޤަތުގައިވެސް ރީޙާންމެން ޤަބޫލު ނުކުރިޔަސް، ޑޮކްޓަރ ޖޯޖްއާއި ނަޝްވާޔާ ދެމެދު އެމީހުން ހީކުރާފަދަ ގުޅުމެއް ނެތެވެ. ޖޯޖް ރާއްޖެ ބަލާލުމަށްޓަކައި ނަޝްވާޔާއެކު އައީއެވެ.
ރީޙާން ރަށަށް ގޮސް ހައިޝަމް ގާތު ނަޝްވާ ބިޓެއް ނަގައިގެން ރަށަށް އަތުވެއްޖެޔޭ ބުންޏެވެ.
[ހަމަ އަޞްލުގައިވެސް ނަޝްވާ ބިޓެއް ނަގައިގެންތަ އައީ! ދިވެއްސެއްތަ، ބޭރު މީހެއްތަ؟] ހައިޝަމް އެއްސެވެ.
[ދޮން ފަރަންޖީއެއް. އަހަރެންގެ ހިތަށްއެރި، އެކަލޭގެ ދުވަސް ދުއްވާލަފާނަމޭ. އަދި މާހެއްވާ ކަމެކޭ ދިމާވީ. އެއްކަލަ ފުރުޤާންވެސް އުޅެނީ ނަޝްވާޔާހެދި. އޭނަވެސް މާބޮނޑިއެއް ހިފައިގެން ގޮސް ހުއްޓޭ.] ރީޙާން ހުރީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ.
[ނަޝްވާ ގާތު އެހިންތަ، ތިބުނާ ފަރަންޖީކަލޭގެއާ އޮތީ ކޮން ގުޅުމެއްތޯ.] ހައިޝަމް އެއްސެވެ.
[އޭނާ ބުނީ ރަށް ބަލައިލަން އައި ރައްޓެއްސެކޯ. އަހަރެން ބުނިން، އަހަރެން އިންތިޒާރު ކުރީމޭ. އޭނަޔަކަށް ނޭނގޭނެތާ، އަހަރެން ކައިވެނިކުރި ކަމެއް.] ރީޙާން ބުންޏެވެ.
މިހާރުވެސް ލޫބާ ވަރަށް ކައިރިން ރީޙާންގެ ޙަރަކާތްތައް ބަލައެވެ. ރީޙާނަށް އުފާވެރި ދިރިއުޅުމެއް ހޯދައިދިނުމަށްވެސް އޭނާ މިހާރު ބޭނުންވެއެވެ. ވުމާއެކު، ރީޙާން އެދެނީ ނަޝްވާގެ ލޯބި ކަމުގައި ވަނީނަމަ، އެ ލޯބި ހޯދައިދިނުމަށްވެސް އިންތިހާއަށް އޭނާ ބޭނުމެވެ. އެހެން ނަމަވެސް، އޭނާ މަސައްކަތް ކޮށްދޭން ބޭނުންވަނީ، ރީޙާނަށް ސިއްރުންނެވެ.
ޖެހިގެން އައި ދުވަހުގެ ހަވީރެވެ. ޑޮކްޓަރ ނަޝްވާއާއި ޑޮކްޓަރ ޖޯޖް ފޭދޫތެރެ ބަލައިލުމަށްޓަކައި ހިނގަމުން އެދަނީ، ލިންކް ރޯޑަށް އެރުމަށެވެ. އޭރު ލިންކް ރޯޑްގައި ހުންނަ ރީޙާން އުޅޭ އޮފީސް ކުރިމަތީގައި ރީޙާނާއި ރަފީޢުވެސް ތިއްބެވެ.
[ރީޙާން ބަލައިބަލަ މިއަންނަނީ ކޮންބައެއްތަ؟] ގޯޅިއަކުން އައިސް ލިންކް ރޯޑަށް ވަން ނަޝްވާމެން ފުރަތަމަ ފެނުނީ ރަފީޢަށެވެ. ފެނުނު މަންޒަރުން ރީޙާންގެ ލޮލުން އަލިފާން ކަނި ބުރައިގެންދިޔަ ކަހަލައެވެ. އޭނާ ވަގުތުން އޮފީސް ކުރިމަތީގައި ހުރި ބެންޗްގައި އިށީނެވެ. އޭރު ވަރަށް އުފާވެރި އިޙްސާސްގައި ވާހަކަ ދައްކަމުން އައިސް، ނަޝްވާމެން ރީޙާންމެނާ އަރާ ހަމަވަނީއެވެ. އިސްއޮބާލައިގެން ރީޙާންހުރީ ނަޝްވާ އެހެން ފިރިހެނަކާއެކުދާ މަންޒަރު ބަލަން ބޭނުންނުވާތީ ކަމަށް ބެލެވެއެވެ. ޙަޤީޤަތަކީވެސް އެއީއެވެ. ނަމަވެސް، ރީޙާންމެނާ އަރާހަމަވުމާއެކު، ނަޝްވާ ރީޙާނަށް ގޮވިއެވެ.
[ރީޙާން...ނުވެސް ފެންނަކަމަށް ހަދައިގެން ތިހުރީ ކީއްވެ. އައިސްބަލަ އަހަރެމެންނާއެކު ހިނގާލަން.] ރީޙާންމެންގެ ކުރިމައްޗަށް ކަހަލަ ގޮތަކަށް ހުއްޓެމުން ނަޝްވާ ބުންޏެވެ.
[ރަނގަޅަށް ތިބުނީ. ނަޝްވާ އެހެން ފިރިހެނަކާއެކު ތިގޮތަށްދާ މަންޒަރު ބެލުމަކީ އަހަންނަކަށް ކުޅަދާނަ ކަމެއް ނޫން. ފެނުނަސް މިހުންނަނީ ނުފެންނަ ކަމަށް ހެދިގެން.] ރީޙާން އިސްއުފުލައި ނަޝްވާގެ މޫނަށް ބަލައިލިއެވެ.
[އަހަރެން ކުރީ ދުވަހުވެސް ބުނީމެއްނު ރައްޓެއްސެކޭ. ހަމަގައިމުވެސް އަދި އެއްވެސް އިތުރު ގުޅުމެއް ނެތް. ފަހުންވާނެ ގޮތެއް އަދި ނޭނގެ.] ނަޝްވާ މިހެން ބުނެފައި ހިނގައިގެންފިއެވެ. ނަޝްވާ މިހެން ބުނެފައި ހިނގައިގަތުމުން، ރީޙާނަށް ވަރަށް ބޮޑަށް އަސަރުކުރިއެވެ.
އެ މަންޒަރު ބަލަންވެސް ދާދި ކައިރީގައި ލޫބާ ހުއްޓެވެ. މިހާރު ލޫބާގެ ހުރިހާވެސް އުއްމީދަކީ ރީޙާން އެންމެ ފުރަތަމަވެސް ލޯބިވި އަދި މިހާރުވެސް އެ ލޯތްބަށް ބޭނުންވާ ނަޝްވާގެ ލޯބި ހޯދައި، ރީޙާނަށް އުފާވެރި ދިރިއުޅުމެއް ހޯދައިދިނުމެވެ.
[ދެން އަޅާނުލާ...އެންމެ ފުރަތަމަވެސް އަހަރެން ބުނީމެއްނު، ބޭރުގައި ކިޔަވަން ތިބެފައި އަންނަ މީހުންނަކަށް ދިވެހިން ކަމަކުނުދާނެޔޭ. މިހާރު ޔަޤީންވެއްޖެއެއްނު.] ރަފީޢު ބުންޏެވެ.
[ހުރިހާ މީހުން އެއްގޮތްވާނެ ކަމަށް ޤަބޫލުކުރާނީ ކިހިނެއް. އެކަމަކު ބުނަން، އަހަރެން ނަޝްވާގެ ލޯބި ކާމިޔާބު ކުރާނަން. އަހަންނަށް ނަޝްވާ ލިބޭނެ. އަހަރެން ނަޝްވާ އަހަރެންގެ އަންބަކަށް ހަދާނަން.] ރީޙާން ޢަޒުމް ކަނޑައެޅިއެވެ. އެހާ ފަސޭހައިން ހަތިޔާރު ބެހެއްޓުމަކީ އޭނާ ޤަބޫލުކުރާ ގޮތުގައި ފިރިހެނުންގެ ސިފައެއް ނޫނެވެ. ފިރިހެނުންނަކީ ޢަޒުމް ވަރުގަދަ، ހިތްވަރުގަދަ، ކެރޭ ނަފްސަށް ކިޔާ ނަމެކެވެ.
[އަހަންނަކީ ފިރިހެނެއްކަން އަހަރެން ކަލޭމެނަށް ސާބިތުކޮށްދޭނަން. ބުނެއެއްނު، ރަށުމީދާ ރަށަށް ގަދަވާނެޔޭ. އެގޮތަށް ބީރައްޓެހި ދޮން ފަރަންޖީއަކު އައިސްގެން އަހަރެންގެ ލޯބި ޖަހައިގަނެ، އެއަށް ބާރުފޯރުވުމަކީ، އަހަންނަށް ލިބޭނެ ހުތުރެއް، މަލާމާތެއް. އަހަރެން އެކަން އެހެންވިޔަކަ ނުދޭނަން.] ރީޙާން ފުން ނޭވާއެއްލިއެވެ.
އޭރުވެސް ނަޝްވާއާއި ޖޯޖް މަޑުމަޑުން ހިނގަމުން އެދަނީ، މަރަދޫއާވީ ކޮޅަށެވެ. ދިވެހިރާއްޖޭގެ ހަމަހިމޭންކަމާއި ރައްޓެހި ރަޙްމަތްތެރި ގުޅުންތެރިކަން ފެނި ޖޯޖް ޢަޖައިބުވަމުން ދަނީއެވެ. މިހާރު ޖޯޖްގެ ހިތަށްއަރާ ކަހަލައެވެ. ރާއްޖެއަކީ ދިރިއުޅެން ސުވަރުގެއެއްފަދަ ހިތްގައިމު މަންޒިލެކެވެ. ކޮންމެވެސް ވަރަކަށް ރާއްޖޭގެ ރީތިކަމުގެ ވާހަކަ މީހުން ދައްކާތީ އޭނާ އަޑުއަހާފައިވެއެވެ. ބައެއް ފަރާތްތަކުން ރާއްޖެއަކީ ދުނިޔެމަތީގެ ސުވަރުގޭގެ ގޮތުގައިވެސް ސިފަކުރެއެވެ.
[ވަރަށް ހިތްގައިމު މަންޒިލެއް. ހިތަށްއަރާ، މިހާރު ޑޮކްޓަރ ނަޝްވާގެ ބައިވެރިއެއްގެ ގޮތުގައި، މި ހިތްގައިމު ވެށީގައި ދިރިއުޅުމުގެ ފުރްޞަތު ލިބޭނެނަމައޭ.] ކުއްލިއަކަށް ޑޮކްޓަރ ޖޯޖް ދެއްކި ވާހަކައަކުން ނަޝްވާ ހުއްޓުނެވެ. އޭނާޔަށް ވަރަށް ބޮޑަށް ސިހުންވެސް ލިބުނެވެ.
[ކިހިނެއްވީ...އަހަންނަށް ބުނެވުނު އެއްޗަކާ ދޭތެރޭ ހިތްހަމަނުޖެހުނީތަ. އެހެންވެއްޖެއްޔާ މަޢާފަށް އެދެން.] ޖޯޖް ވާހަކަ ދައްކަނީ އިނގިރޭސި ބަހުންނެވެ.
[ނޫނޭ، މަޢާފަށް އެދޭވަރުގެ ވާހަކައެއް ނުބުނެވޭ. އަހަރެންގެ ހިތަށްއަރަނީ، ޖޯޖަށް ދާއިމީކޮށް މިރަށުގައި އުޅެވިދާނެބާއޭ. ޖޯޖް އުޅެން ހުރިއްޔާ، ޖޯޖްގެ ޙަޔާތުގެ ބައިވެރިޔަކަށް އަހަރެންވުމަކީ މައްސަލައެއް ނޫން.] ނަޝްވާ މިހެން ބުނެފައި ހިނިތުންވެލިއެވެ. އެޔާއެކު ފުރަތަމަފަހަރަށް ޖޯޖް ނަޝްވާގެ އަތުގައި ހިފިއެވެ. ނަޝްވާ ދެލޯ މަރާލިއެވެ. އެހިނދު އެދެމީހުންގެ ދެމެދަށް ހުރަސްފާރެއް ފަދައިން އަލިރޮނގެއް ހުރަސްކުރިއެވެ.
[މިއީ މަގުމަތި. ހިނގާ ގެޔަށްދަމާ. މިދުވަސްވަރަކީ ނޫސްވެރިކަމުގެ މިނިވަންކަން ވަރަށްބޮޑު ދުވަސްވަރެއް. ކޮންމެފަދަ އެއްޗެކޭވެސް ލިޔެލަފާނެ.] ދެން ނަޝްވާއާއި ޖޯޖް ހިނގައިގަތީ ގެޔަށް ދިޔުމަށެވެ. ދެމީހުން ގެޔަށް ދިޔައީ ވަރަށް އުފާވެފައި ތިބެމެއެވެ. އެދުވަހު ގެޔަށް ދިޔުމުގެ ކުރިން ނަޝްވާގެ ލޯތްބަށް އެދި ޖޯޖް އިންތިޒާރު ކުރާތާ ވަރަށް ދުވަސް ވެއްޖެ ކަމަށާއި، ނަމަވެސް ފިނޑިކަމުން ބުނަން ނުކެރުނީ ކަމުގައިވެސް ނަޝްވާ ގާތު ޖޯޖް ބުންޏެވެ.
މިހާރު ނަޝްވާވެސް އަދި ޖޯޖްވެސް ބޭނުންވަނީ ވީހާވެސް އަވަހަކަށް ކައިވެނިކޮށް، ރަށުގައި ރަނގަޅު ފެންވަރުގެ ކްލިނިކެއް ހުޅުވައިގެން ދިރިއުޅުން ރަށަށް ބަދަލުކުރާށެވެ.
ޑޮކްޓަރ ޖޯޖްގެ ޚިޔާލުތަކާއި ފިކުރުތަކަށް އެހެން ފަރާތެއްގެ ނުފޫޒު ފޯރީ، ޖެހިގެން އައި ރޭގެ ދަންވަރުގެ ވަގުތުގައެވެ.
ނިިދިފައި އޮތް ޖޯޖަށް ހޭލެވުނީ ކޮންމެވެސް މީހަކު އޭނައަށް ގޮވާތީއެވެ. އަޑު އިވުނީ ކޮޓަރި ދޮރުމަތިންނެވެ. ޖޯޖް ތެދުވެގެންގޮސް ދޮރު ހުޅުވާލިއެވެ. ދޮރުމަތީގައި ހުރީ ނަޝްވާއެވެ. ހިނިއައިސްފައެވެ.
[ހިނގާ ބޭރަށް ނިކުމެ ހިނގާލަމާ. މިރެޔަކީ ވަރަށް ހިތްގައިމު ފިނި ރެޔެއް. ހަނދުވަރުވެސް ވަރަށްރީތި.] ނަޝްވާ ހިނގައިގެންފިއެވެ. ޖޯޖްވެސް ބޯޖަހާލަމުން ނަޝްވާގެ ފަހަތުން ހިނގައިގެންފިއެވެ.
[ކޮންތާކަށް ދާނީ.] ޖޯޖް ނަޝްވާޔާ އަރާހަމަކުރަމުން އެއްސެވެ. ނަޝްވާ މަޑުކުރިއެވެ.
[ދާނެތަން ބުނާނަން. ޖޯޖް ލޯ މަރާލާ. ދެން އަހަރެންގެ ފިޔަވަޅު މައްޗަށްއަރާ.] ނަޝްވާ އެދުނެވެ. ޖޯޖް ދެލޯ މަރާލުމަށްފަހު ނަޝްވާގެ ފިޔަވަޅުމައްޗަށް އެރިއެވެ. އެފުރްޞަތުގައި ޖޯޖްގެ މޫނުމަތީގައި ނަޝްވާ އަތްއެޅިއެވެ.
[ނަޝްވާ ހާދަ ވައި އެބައަޅައޭ. ކޮންތާކަށްތަ އަހަރެން ގޮވައިގެން ތިޔަދަނީ.] ޖޯޖް އުޅުނީ ލޯ ހުޅުވާލާށެވެ. ނަމަވެސް، އޭރު ނަޝްވާ ހުރީ ޖޯޖްގެ މޫނުމަތީގައި އަތް އަޅައިގެންކަމުން އޭނާއަކަށް ލޮލެއް ނުހުޅުވުނުމެއެވެ.
[މިދަނީ އަހަރެމެންގެ ލޯބީގެ މަންޒިލަށް. ދެން ލޯ ހުޅުވާލާ.] ގާތްގަނޑަކަށް ފަސްމިނެޓެއްހާއިރު ފަހުން ނަޝްވާ ޖޯޖްގެ މޫނުމަތިން އަތް ނެގިއެވެ. ޖޯޖް ލޯ ހުޅުވާލިއެވެ. އެޔާއެކު ފެނުނު މަންޒަރުން އޭނާގެ ދެލޯ ބޮޑުވިއެވެ. މިހާރު އޭނާއަށް އެހުރެވުނު ސަރަޙައްދުން އާބާދީގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތެވެ. ވަށައިގެން ފެންނަނީ ބޯ ޖަންގައްޔެވެ. ލަފާކުރެވޭ ގޮތުންނަމަ، އެއީ ހިތަދޫ ކޯއްޓޭ ސަރަޙައްދެވެ. އެއީ ފަޅު ސަރަޙައްދެކެވެ. އެރެޔަކީ ރީތި ހަނދުވަރީ ރެޔަކަށްވުމުން، އެހިސާބުގަނޑަށް ހަނދުވަރުގެ ރިހިއަލި، ވަރަށް ހިތްގައިމު ގޮތަކަށް ފެތުރިފައިވެއެވެ.
[ނަޝްވާ....މީ ކޮން ތަނެއް...މިއީ އެމޭޒަން ޖަންގަލިފަދަ ތަނެއްނު. އަހަރެން މިތަނަށް ތިގެނައީ ކިހިނެއް....ޙަޤީޤަތުގައިވެސް ތިޔައީ ނަޝްވާތަ؟] ޖޯޖް ވަށައިގެން ކަޅި ހިންގަމުން ވާހަކަ ދެއްކިއެވެ. އޭރު ނަޝްވާ ހުރީ ޖޯޖަށް ފުރަގަސްވާ ގޮތަށް ކަމުން ޖޯޖަކަށް ނަޝްވާގެ މޫނެއް ނުފެނެއެވެ.
[ނަޝްވާ ކީއްވެތަ އަނގައިން ނުބުނެ ތިހުންނަނީ. ބުނެބަލަ މީ ކޮންތަނެއްތަ؟] ޖޯޖް ކުޑަކޮށް ކުރިޔަށް ޖެހެން ފަށައިފިއެވެ.
[މިއީ ޖޯޖްއާއި ނަޝްވާގެ ލޯބީގެ މަންޒިލް. މިއީ ކިހާ ހިތްގައިމު ތަނެއް. އެއްވެސް މީހެއްގެ އަޑެއް ބަޑެއް ނީވޭނެ. ލޯބި ފަށަންވެސް، ލޯބި ނިންމަންވެސް އަދި ލޯބިކުރަންވެސް މިއީ އެކަށީގެންވާ މަންޒިލް.] ނަޝްވާ ކުރިޔަށްވުރެންވެސް ޖޯޖާ ދުރަށް ޖެހިލިއެވެ.
[ނަޝްވާ ކީއްވެތަ އަހަންނާ ދުރަށް ތިޔަދަނީ. މަޑުކޮށް އަހަންނާ ދިމާއަށް އެނބުރި ބަލައިލަބަލަ.] ޖޯޖަކަށް އެއްވެސް ކަމެއް ޝައްކެއްނުވެއެވެ.
[އަހަރެން މިރޭ ބޭނުންވަނީ، ޖޯޖް އަހަރެންދެކެ ލޯބިވޭތޯ ސާބިތުކުރަން. މިބުނީ އަހަރެން ޖޯޖާ ދިމާލަށް ދެން އެނބުރޭނީ، އަހަރެން ކުރާ ހުރިހާ ސުވާލުތަކަށް ޖަވާބު ދިނީމައޭ.] އެހުރި ގޮތަށް ހުރެ ނަޝްވާ ބުންޏެވެ.
[އަވަހަށް ސުވާލުތައް ކުރޭ. އަހަރެން ހިތުގެ އަޑިން ޖަވާބުދޭނަން.] ޖޯޖް ބުންޏެވެ.
[ޖޯޖް ނަޝްވާދެކެ ވަރަށް ލޯބިވޭތަ؟ ޖޯޖް ނަޝްވާއާ ކައިވެނި ކުރަން ތިއުޅެނީ ނަޝްވާދެކެ ލޯބިވާތީތަ ނުވަތަ ރާއްޖޭގެ ހިތްފަސޭހަކަން ފެނި، އެހިތްފަސޭހަ ކަމުގައި އުޅެން ބޭނުންވާތީތަ؟] ފުރަތަމަ ސުވާލު ނަޝްވާ ޖޯޖާ ކުރިމަތިކުރިއެވެ.
[ނަޝްވާ އެންމެ ފުރަތަމަ ފެނުނު ދުވަހުން ފެށިގެންވެސް އަހަރެން ނަޝްވާދެކެ ލޯބިވޭ. އަހަރެން ނަޝްވާއާ ކައިވެނި ކުރަން ޤަޞްދުކުރީވެސް ނަޝްވާދެކެ ލޯބިވާތީ. އަހަރެން ނަޝްވާދެކެ ވަރަށް ވަރަށް ލޯބިވޭ.] ޖޯޖް ބުންޏެވެ.
[ޖޯޖަށްވުރެން ބޮޑަށް ނަޝްވާދެކެ ލޯބިވާ އެހެން މީހަކު އައިސް، އޭނަޔަށްޓަކައި ނަޝްވާއާ ދުރަށްދާށޭ ބުނެފިއްޔާ ނަޝްވާ ދޫކޮށްފާނަންތަ؟] ނަޝްވާ އެތާނގައި އޮތް ގަސްގަނޑެއްގެ މަތީގައި އިށީނެވެ.
[އަހަރެން ނަޝްވާދެކެ ލޯބިވާ ވަރަށް އެހެން އެއްވެސް މީހަކަށް ނަޝްވާދެކެ ލޯތްބެއް ނުވެވޭނެ. ކޮންމެ މީހަކު ބުންޏަސް، އަހަރެން ނަޝްވާ ދޫކޮށެއްނުލާނަން.] ޖޯޖް މަޑުމަޑުން ނަޝްވާއާ ކައިރިއަށް ޖެހެން ފަށައިފިއެވެ. ނަޝްވާގެ ރާގު ބަދަލުވީ އެހާ ހިސާބުންނެވެ.
[ތިހެން ނުބުނޭ، ކަލޭ ޖެހޭނީ މިރޭ ނަޝްވާއާ ވަކިވާން. ތިހެން އަރާ ބީރައްޓެއްސަކަށް ނަޝްވާ ދޫކޮށެއްނުލެވޭނެ.] ކުއްލިއަކަށް ނަޝްވާގެ އަޑާއި ރާގު ބަދަލުވުމުން، ޖޯޖް ސިހުނެވެ. ވަގުތުން އޭނާ ހުއްޓުނެވެ. ހަމަގައިމުވެސް އެއީ ނަޝްވާގެ އަޑެއް ނޫނެވެ.
[ކާކުތީ...ނަޝްވާއެއް ނޫންދޯ ތިޔައީ.] ޖޯޖް ބިރުގަތެވެ.
[އާނ...އަހަންނަކީ ނަޝްވާއެއް ނޫން. އަހަރެން މިރޭ ކަލޭ މިތަނަށް މިގެނައީ ކަލޭގެ ކިބައިން ނަޝްވާ ސަލާމަތްކުރަން. ނަޝްވާއަކީ ރީޙާންގެ މިލްކެއް. ނަޝްވާގެ ލޯބީގެ ޙައްޤުވެރިޔަކީ ރީޙާން.] މިހެން ބުނެފައި އޭނާ ނިކަން ބާރަށް ހީގަތެވެ. އޭރުވެސް އޭނާހުރީ ޖޯޖަށް ފުރަގަސްވާގޮތަށެވެ. އޭރު ޖޯޖް ބިރުން ތުރުތުރުއަޅަނީއެވެ. ކުރިމަތީގައި ހުރީ ނަޝްވާ ނޫންކަން މިހާރު އޭނާއަށް ޔަޤީންވެއްޖެއެވެ.
[ކާކު....؟ ތީ....ތިޔައީ ނަޝްވާއެއް ނޫން. ނަޝްވާ ކޮބައިތަ؟] ޖޯޖް ބިރުން ފަހަތަށް ޖެހެން ފެށިއެވެ.
[ތިބުނީ ރަނގަޅަށް. އަހަންނަކީ ނަޝްވާއެއް ނޫން. އަހަންނަކީ އިންސާނެއްވެސް ނޫން. އަހަންނަކީ ހަންޑިއެއް...ކަލޭ ނުދުވާތި. ދުވިޔަސް އަހަރެން ކަލޭ ދޫކޮށްނުލާހާ ހިނދަކު، ކަލެޔަށް ސަލާމަތެއް ނެތް.] ކުރިމަތީގައި ހުރި ހަންޑި ޖޯޖާ ކުރިމަތިވާ ގޮތަށް އެނބުރުނެވެ. ހަމައެޔާއެކު، ނިކަން ބާރަށް ޖޯޖަށް ހަޅޭއްލަވައިގަނެވުނެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. މިހާރު އޭނާގެ ކުރިމަތީގައި އެހުރީ ނިކަން ބިރުވެރި ސޫރައެކެވެ. އޭތީގެ ދެލޮލަކު ކަޅު ކަޅިއެއް ނެތެވެ. މޫނުމަތި ހީވަނީ އިންސާނެއްގެ ކަށިގަނޑުހެންނެވެ. ދަތްޕިލާވެސް އެހާ ދިގުވެފައި ތޫނެވެ. އޭތި ވާހަކަ ދައްކާއިރު އަނގައިން އޮލަ ދުންތަކެއް އަރަމުންދިޔައެވެ.
[ހެޔޮނުވާނެ އަހަރެން ސަލާމަތްކުރޭ. އަހަރެން ސަލާމަތްކުރޭ.] ޖޯޖް ސަލާމަތަށް އެދި ގޮވަމުން ނިކަން ބާރަށް ދުއްވައިގެންފިއެވެ. ހަންޑި ބާރަށް ހޭންފެށިއެވެ.

ކިޔުންތެރިންގެ ހިޔާލު