ގދ. ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކަކީ ސިޔާސީ ދަޢުވާތަކެއް ކަމަށް ވިދާޅުވެ، އިދިކޮޅު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އަބްދުﷲ ޝާހިދު އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ.
ޝާހިދު މިކަން ހާމަކުރެއްވީ، މޭޔަރު ސައުދުގެ މައްސަލައިގެ އިބްތިދާއީ އަޑުއެހުމަށް ފަހު، މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި ޝާހިދު ވަނީ، ސިޔާސީ ވާދަވެރިންނާ ދެކޮޅަށް ކޯޓުތައް ހަތިޔާރަކަށް ބޭނުންކުރާހާ ހިނދަކު ދިވެހިރާއްޖެއަށް ޑިމޮކްރަސީގެ މަގުގައި ކުރިއަކަށް ނުދެވޭނެ ކަމަށް ވިދާޅުވެފައެވެ. "މޭޔަރ ސަޢުދަކީ ބިރު ދައްކާ ފަހަތަށް ޖެއްސޭނެ ލީޑަރެއް ނޫން. އަޅުގަނޑުމެން މިތިބީ ސަޢުދުއާއެކު،" ޝާހިދު ވިދާޅުވިއެވެ.
މި މައްސަލައަކީ، ގދ. ތިނަދޫއަކީ ސިޓީއެއްގެ ގޮތުގައި ކަނޑައެޅީ ގާނޫނާ ޚިލާފަށް ކަމަށް ތުހުމަތުކުރެވޭ މައްސަލައެކެވެ. މިއަދު ހެނދުނު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ މޭޔަރު ސައުދުގެ މައްޗަށް މައިގަނޑު ދެ ދައުވާއެއް އުފުލާފައެވެ. އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާއާއި، ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާއެވެ. މި ދައުވާތަކުން ދިފާއުވުމަށް ގާނޫނީ ވަކީލަކު އައްޔަނުކުރުމަށް ކޯޓުން ވަނީ ސައުދަށް 10 ދުވަހުގެ މުއްދަތެއް ދީފައެވެ.
ދައުލަތުން ކޯޓަށް ހުށަހެޅި ދައުވާގައި ބަޔާންކޮށްފައިވަނީ، ތިނަދޫގެ އާބާދީގައި 10،000 މީހުން ހަމަވާކަން ދެއްކުމަށްޓަކައި، މަރުވެފައިވާ މީހުންނާއި ސައްހަ ނޫން މައުލޫމާތު ހިމެނޭ ލިސްޓުތަކެއް ސައުދު ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ފޮނުއްވާފައިވާ ކަމަށެވެ. މީގެއިތުރުން، މި މައްސަލައިގައި ފުލުހުން ކުރިއަށް ގެންދިޔަ ތަހުގީގަށް އެ މައުލޫމާތު ހިއްސާނުކޮށް، އެފަދަ އެއްވެސް މައުލޫމާތެއް ރިކޯޑު ކުރެވިފައި ނެތް ކަމަށް ބުނެ ސައުދު ފުލުހުންނަށް ދޮގު މައުލޫމާތު ދީފައިވާ ކަމަށްވެސް ދައުވާގައި ފާހަގަކޮށްފައިވެއެވެ.
ނަމަވެސް، މޭޔަރު ސައުދު އަލީ ވަނީ އޭނާގެ މައްޗަށް ކުރެވޭ މި ހުރިހާ ތުހުމަތުތަކެއް ދޮގުކުރައްވާފައެވެ. ސައުދު ވިދާޅުވީ، މިއީ ސިޔާސީ ނުފޫޒު ބޭނުންކޮށްގެން އޭނާ މޭޔަރުކަމުގެ މަގާމުން ދުރުކުރުމަށްޓަކައި ބަޔަކު އަޑީގައި ތިބެގެން ކުރިއަށްގެންދާ ތާކުންތާކު ނުޖެހޭ ސިޔާސީ މަސައްކަތެއް ކަމަށެވެ.
މޭޔަރު ސައުދަށް އުފުލާފައިވާ މި ދެ ދައުވާ ސާބިތުވެއްޖެނަމަ އަސާސީ އަދަބެއްގެ ގޮތުން ޖުމުލަ 2 އަހަރާއި 1 މަސްދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. އެގޮތުން، އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށަށް 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު އަދަބެއް ކަނޑައެޅިފައިވާއިރު، ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ އަސާސީ އަދަބަކީ 4 މަހާއި 24 ދުވަހަށް ޖަލަށްލުމެވެ. މި މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ މޭޔަރު ސައުދަށް ވަކީލަކު އައްޔަނުކުރުމަށް ދިން 10 ދުވަހުގެ މުއްދަތު ހަމަވުމުންނެވެ.
މި މައްސަލައިގެ ތަހުގީގަށް ފުލުހުންގެ ޚާއްސަ ޓީމެއް ތިނަދުއަށްގޮސް، ކައުންސިލް އިދާރާގެ ބައެއް މުވައްޒަފުންގެ ބަޔާންވެސް ނަގާފައިވެއެވެ. އަދި އޭސީސީގެ ޓީމަކުން ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާއަށް ވަދެ، އެ ތަން ފާސްކޮށް މައްސަލައާ ގުޅުންހުރި ބައެއް މުހިންމު ލިޔެކިޔުންތައް ވެސް ވަނީ ތަހުޤީޤުގެ ބޭނުމަށް ގެންގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު