ކްރިމިނަލް ކޯޓު
ކްރިމިނަލް ކޯޓު
ބައިކިލޯއެއްހާ ކެނެބިސް އެތެރެކުރި ބިދޭސީ މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.

އިންޑިއާގެ އިންޑިގޯ އެއާލައިންސްގެ ފްލައިޓަކުން ރާއްޖެއައި އިންޑިއާގެ ރައްޔިތެއް ކަމަށްވާ މޮހައްމަދު ޓަފެޖުލް(29އ.) އަހަރު މިދިޔަ މަހު ކުރީކޮޅު ހައްޔަރުކުރީ އޭނާގެ ލަގެޖުން 80 ރަބަރު ޕެކެޓު ފެނުނު މައްސަލައިފަ އެވެ. ތަހުލީލުކުރި އިރު އޭގައި 440 ގްރާމްގެ ޓެޓްރާހައިޑްރޯކެނަބިނޯލް ހުއްޓެވެ.

ނަމަވެސް ޓަފެޖުލް ވަނީ މިއީ އިންޑިއާގައި އާންމުކޮށް ވިއްކަން ހުންނަ އެއްޗެއް ކަމަށާއި އަދި މިއީ އޭނާ އާންމުކޮށް ބޭނުންކުރާ އެއްޗެއް ކަމަށް ބުނެފައެވެ. އަދި އެއީ މަސްތުތަކެތީގެ ބާވަތަކަށް ފެތޭ އެއްޗެއްކަން ނޭނގޭކަމަށް ބުނެ ޑީޕޯޓްކޮށްދިނުމަށް ވެސް އޭނާ ވަނީ އެދިފައެވެ.

ކުރިން 30 ދުވަހަށް ބަންދުކޮށްފައި ހުރި ޓަފެޖުލްގެ ބަންދަށް ލުއި ނުދީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން މިއަދު އަމުރުކުރީ މުޖުތަމައުގެ ސަލާމަތަށް ނުރައްކާ އޮތް ކަމަށް ފާހަގަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު