ރާއްޖޭގައި މިހާރު އޮތީ ސިޔާސީ ހަމަޖެހުން ކަމަށާއި، މުޒާހަރާކޮށްގެން މީހުންނަށް ހުކުމްކުރުމުގެ އާދަ މިހާރު ނެތް ކަމަށް ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަދި ކުރީގެ ކުޅިވަރާއި ޒުވާނުންގެ ވަޒީރު އަޙްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މަހްލޫފް ވިދާޅުވީ، ވޭތުވެދިޔަ ސަރުކާރުތަކުގެ ފުރަތަމަ ތިން އަހަރާ އަޅާބަލާއިރު މިހާރު ގައުމުގައި ސިޔާސީ ހަމަޖެހުން ވަރަށް ބޮޑަށް ގާއިމުވެފައިވާ ކަމަށެވެ.
އަދި ސިޔާސީ މަޝްރަހުގައި އުފެދޭ ހަލަބޮލިކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މެނޭޖްކުރައްވަނީ ވަރަށް ގާތުން، އޮމާންކަމާއެކު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މިކަމުގެ މިސާލެއްގެ ގޮތުން މަހްލޫފް ދެއްކެވީ، ޕީއެންސީގެ ކޮންގްރެސް އިފްތިތާހީ ރަސްމިއްޔާތަށް އިދިކޮޅު އެމްޑީޕީގެ ޗެއަރޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަޑައިގަތުމުން ރައީސް މުޢިއްޒު ދެންނެވި ހޫނު މަރުޙަބާއެވެ.
އަދި މާޒީގައި ރައީސް ނަޝީދުގެ ވެރިކަމާމެދު ހިތްހަމަނުޖެހުނު ސަޕޯޓަރުންވެސް އެމަނިކުފާނަށް މަރުހަބާ ކިޔާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ސިޔާސީ ހަރަކާތްތަކާ ގުޅިގެން މީގެކުރިން ޖަލު ހުކުމް ތަންފީޒުކުރައްވާފައިވާ ބޭފުޅެއްގެ ހައިސިއްޔަތުން މަހްލޫފް ވިދާޅުވީ، މި ސަރުކާރުން މުޒާހަރާކުރުމުގެ ފުރުސަތު ފަހިކޮށްދީ، މުޒާހަރާކުރާނެ އިތުރު ސަރަހައްދުތައްވެސް ހަމަޖައްސައިދީފައިވާ ކަމަށެވެ.
ކުރީގެ ސަރުކާރުތަކުގައި މުޒާހަރާތަކުން އެތައް ސަތޭކަ ބަޔަކު އެއްފަހަރާ ހައްޔަރުކޮށް، ހުކުމްތައް ކުރަމުންދިޔަ ނަމަވެސް، މިއަދު އެ ހާލަތު ބަދަލުވެފައިވާކަމަށާއި ސިޔާސީ ފަރާތްތަކުން އެ ނުރައްކާތެރި ހާލަތްތައް ހަނދާންނައްތާލާފައިވާ ކަމަށްވެސް ސަފީރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު