ޖިނާއީ ބޮޑެތި ކުށްތަކުގެ ޒަރީއާއިން ހޯދާ މުދަލާއި ފައިސާ ދައުލަތުގެ ބާރުގެ ދަށަށް ގެނައުމަށްޓަކައި ހަރުދަނާ އިޖުރާއަތުތަކެއް އެކުލަވާލައި، އެކަމާ ގުޅޭ ހާއްސަ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދެވެ. މި ބިލުގެ މައިގަނޑު މަގުސަދަކީ ކުށް ކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ ނިޒާމު ހަރުދަނާކޮށް، ކުށުގެ މަންފާ ހޯދުން ހުއްޓުވުމެވެ. މި ބިލުގައި މީހެއްގެ މައްޗަށް ޝަރީއަތުގައި ކުށް ސާބިތުވުމުން މުދާ ނެގުމުގެ އިތުރުން، އިސްތިސްނާ ހާލަތްތަކުގައި ކުށް ސާބިތުނުވި ނަމަވެސް، ކުށެއްގެ ތެރެއިން އުފައްދާފައިވާ މުދަލެއްކަން އެނގޭނަމަ އެފަދަ މުދާ ވެސް ދައުލަތަށް ނެގިދާނެ އުސޫލުތައް ވަނީ ބަޔާންކޮށްފައެވެ. އަދި މި ބިލު ގާނޫނަކަށް ވުމުގެ ކުރިން ކޮށްފައިވާ ކުށްތަކުން ހޯދާފައިވާ މުދާ ވެސް ދައުލަތަށް ނެގޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.
މި ބިލުގެ ދަށުން މުދާ ދައުލަތަށް ނެގޭނެ ބޮޑެތި ކުށްތަކުގެ ގޮތުގައި ގިނަ ކުށްތަކެއް ވަނީ ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި ޓެރަރިޒަމްގެ ކުށްތަކާއި، ޓެރަރިޒަމަށް ފައިނޭންސް ކުރުމާއި، މީހުން މެރުމުގެ ކުށާއި، މަސްތުވާތަކެއްޗާއި މީހުން ޓްރެފިކް ކުރުމުގެ ކުށްތައް ހިމެނެއެވެ. މީގެ އިތުރުން އެކްސްޕްލޮއިޓޭޝަންގެ އަމަލު އެކުލެވޭ ޖިންސީ ކުށްތަކާއި، ހަތިޔާރު ޓްރެފިކް ކުރުމާއި، ފައިސާ އަދި އަގުހުރި ލިޔެކިޔުންތައް ފޯޖުކުރުމާއި، އިންސައިޑާ ޓްރޭޑިން އާއި މާކެޓް މެނިޕިއުލޭޝަން އަދި ކޮރަޕްޝަނާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތައް ހިމެނެއެވެ.
މާލީ މަންފާ ބޮޑެތި ކުށްތަކަށް ބަލާއިރު، 500،000 ރުފިޔާއިން ފެށިގެން މަތީގެ އަދަދުތަކުގެ ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ކުށްތަކާއި، 100،000 ރުފިޔާއަށް ވުރެ މަތީގެ އަދަދުތައް ހިމެނޭ ފޭރުމާއި، ވައްކަމާއި، ހިޔާނާތާއި، ވަގަށް ނަގާފައިވާ ތަކެތި ޓްރެފިކް ކުރުމުގެ އިތުރުން މުދާ ސްމަގްލް ކުރުމުގެ ކުށްތައް ވެސް މި ބިލުގައި ހިމަނާފައިވެއެވެ. އަދި ގާނޫނުގައި ޖިނާއީ ބޮޑު ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކޮންމެ ކުށަކުން ހޯދާ މުދަލަކަށް ވެސް މި އުސޫލު ހިނގާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.
ބައިނަލްއަގުވާމީ ގުޅުންތަކަށް ރިއާޔަތްކޮށް، ބޭރު ގައުމުތައް މެދުވެރިކޮށް ހޯދާ މުދާ ހިފެހެއްޓުމާއި، ރާއްޖޭގައި އުޅޭ ބޭރު މީހުން ކުރާ ކުށްތަކާ ގުޅިގެން މުދާ ނެގުމުގައި އެ ގައުމުތަކާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމުގެ ހާއްސަ އިންތިޒާމުތަކެއް ވެސް ބިލުގައި ވަނީ ކަނޑައަޅައިފައެވެ. މީގެ އިތުރުން، ޝައްކުކުރެވޭ މުދަލުން މުއާމަލާތު ކުރުން ހުއްޓުވުމަށް އެ މުދާ ހިފެހެއްޓުމުގެ އިޖުރާއަތުތަކާއި، ދައުލަތަށް ނެގޭ މުދާ ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި ބޭނުންކުރުމާ ބެހޭ އުސޫލުތައް ވެސް މި ބިލުގައި ފުރިހަމައަށް އެކުލަވާލާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު