އެއްވެސް ވަޒީފާއެއް ނުވަތަ މަސައްކަތެއް ނުކޮށް ކުއްލިއަކަށް މުއްސަނދިވާ މީހުންނާއި، ލިބޭ އާމްދަނީއާ ނުބައްދަލު މުއްސަނދިކަން ހޯދާ ކޮންމެ މީހަކުވެސް އެ މުދަލެއް ހޯދި ގޮތަކާމެދު ދައުލަތަށް ޖަވާބުދާރީވާންޖެހޭނެ ކަމަށް އައްޑޫ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ދީދީ ވިދާޅުވެއްޖެއެވެ.
މެންބަރު މިހެން ވިދާޅުވީ ޖިނާއީ ބޮޑެތި ކުށްތައް ކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގުމާ ގުޅޭގޮތުން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މުހިންމު ބިލަށް، މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ބަހުސްކުރައްވަމުންނެވެ.
މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން އިބްރާހީމް ދީދީ ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުން ހުށަހަޅާފައިވާ މި ބިލަކީ ރައްޔިތުންނަށް ޙަލާލު ގޮތުގައި ފައިސާ ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމަށާއި، ނަހަމަ ގޮތުގައި މުއްސަނދިކަން ހޯދުން ހުއްޓުވުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ. މުޖުތަމަޢުގެ ތެރޭގައި ވަކިން ހާއްސަކޮށް ޒުވާނުން އެއްވެސް މަސައްކަތެއް ނުކޮށް ކުއްލި ގޮތަކަށް ބޮޑެތި މުއްސަނދިކަން ހޯދަމުންދާއިރު، އެއީ ކޮން ގޮތަކުން ހޯދާ އެއްޗެއްކަން ބެލޭނެ ނިޒާމެއް މިއަދު އޮންނަންޖެހޭ ކަމަށް މެންބަރު ވިދާޅުވިއެވެ.
"ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް ޖަވާބުދާރީ ވާން އެބަޖެހޭ. އެމީހަކު އެ ހޯދާ މުދަލަކަށް ޖަވާބުދާރީ ވާން އެބަޖެހޭ. ހަމައެކަނި މަޖިލިސް މެމްބަރުންނެއް ނޫން ކޮންމެ އަހަރަކު މާލީ ބަޔާން ހުށަހަޅަން ޖެހެނީ. ކުއްލި މުއްސަނދިކަމެއް އަންނަ ކޮންމެ މީހަކު އެބަޖެހޭ އެ މުއްސަނދިކަން ލިބުނު ގޮތެއް ހާމަކޮށްދޭން،" އިބްރާހީމް ދީދީ ވިދާޅުވިއެވެ.
މީގެއިތުރުން، ސްކޫލް ނިންމާލާ ގޮތަށް ބައެއް ކުދިން އަގުބޮޑެތި ކާރުތައް ވިއްކުމުގެ ވިޔަފާރި ފަދަ ކަންކަން ކުރާއިރު، އެއީ މަސްތުވާތަކެތީގެ ވިޔަފާރި ނުވަތަ ގޭންގު ކުށްތަކާ ގުޅުންހުރި ފައިސާތޯ ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން ތަހުގީގުކޮށް ބަލަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަދި މާޒީގައި ދައުލަތުގެ އެކި ކުންފުނިތަކާއި ތިޖޫރީތަކުން ވައްކަންކޮށް، ޚިޔާނާތްތެރިވެގެން މީހުން ހޯދާފައިވާ ގޯއްޗާއި، ފްލެޓް އަދި އެޕާޓްމަންޓްތަކަކީ ކޮބައިކަން ހޯދައި، އެ ތަންތަން އޮޑިޓްކޮށް ބަލަންޖެހޭ ކަމަށް މެންބަރު ވިދާޅުވިއެވެ. ދައުލަތުން މިފަދަ ކަންކަން ބަލައިފިނަމަ ނަހަމަ ގޮތުގައި ހޯދާފައިވާ މުދާތައް ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށާއި، މި ބިލުގެ ސަބަބުން މުޅި މުޖުތަމަޢަށް އޭގެ ހެޔޮ ފައިދާ ކުރާނެ ކަމަށްވެސް އައްޑޫ ފޭދޫ ދެކުނު ދާއިރާގެ މެންބަރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު