މާލޭގެ އުތުރު ފަރާތު ބަނދަރު ބޭނުންކުރާ ދަތުރުވެރިންނާއި އުޅަނދުފަހަރަށް ކުރިމަތިވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދިނުމުގެ ގޮތުން، އެ ސަރަޙައްދުގައި ފިންގަރ ޖެޓީ ހެދުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ރަސްމީކޮށް ފަށައިފިއެވެ.
މި މަޝްރޫޢަކީ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، އާންމު ރައްޔިތުންނަށް ލުއިފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. ޖުމްލަ 18.98 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، ދެ ފިންގަރ ޖެޓީއެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ. އެއީ 3 މީޓަރު ފުޅާ އަދި 15.6 މީ
ޓަރު ދިގު ޖެޓީއަކާއި، 3 މީޓަރު ފުޅާ އަދި 25.6 މީޓަރު ދިގު ޖެޓީއެކެވެ.

މާލޭ އުތުރު ފަރާތު ބަނދަރުގައި ފިންގަރ ޖެޓީ ހެދުމުގެ މަސައްކަތް ފޮޓޯ: އެމްޓީސީސީ
މި މަޝްރޫޢު ނިމި ބޭނުންކުރަން ފެށުމުން، މާލޭ އުތުރު ފަރާތު ފާލަން ސަރަޙައްދަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމާއި ތޮއްޖެހުމަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. ޚާއްޞަކޮށް ބަނދަރުގެ ބޭރުގައި އަޅާފައި އޮންނަ ލޯންޗުތަކަށް އެރުމަށްޓަކައި، އެއް ލޯންޗުން އަނެއް ލޯންޗަށް ހުރަސްކޮށް ފައިބަން ޖެހުމުގެ ސަބަބުން ދަތުރުވެރިން އުފުލަންޖެހޭ ތަކުލީފުތަކަށް ނިމުމެއް އަންނާނެއެވެ. މީގެ ސަބަބުން ކުޑަކުދިންނާއި، ދޮށީ އުމުރުގެ އިސްރަށްވެހިންގެ އިތުރުން، ބަރު ލަގެޖް ހިފައިގެން ދަތުރުކުރާ ފަރާތްތަކަށް އަމާންކަމާއި ފަސޭހަކަމާއެކު ދަތުރުކުރުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.
މީގެއިތުރުން، އެއްފަހަރާ ގިނަ އަދަދެއްގެ އުޅަނދުފަހަރަށް ޖެޓީއާ ކައިރިކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދިއުމާއެކު، ފަސިންޖަރުން އެރުވުމާއި ބޭލުމުގެ ކަންކަން އަވަސްވެ، ކަނޑުދަތުރުފަތުރުގެ ރައްކާތެރިކަން އިތުރަށް ކަށަވަރުވެގެންދާނެ ކަމަށް އެމްޓީސީސީން މަޢުލޫމާތުދެއެވެ.
ރާއްޖޭގެ އެންމެ ދުވަސްވީ އަދި އެންމެ ބޮޑު ކޮންސްޓްރަކްޝަން ކުންފުނި ކަމަށްވާ އެމްޓީސީސީ އަކީ 1980 ވަނަ އަހަރު އުފެދުނު ކުންފުންޏެކެވެ. ވޭތުވެދިޔަ 45 އަހަރުގެ ދިގު މާޒީގައި އެ ކުންފުނިން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބަނދަރު ހެދުމާއި، ބިން ހިއްކުމުގެ އިތުރުން އިޖުތިމާޢީ އަދި ޢުމްރާނީ ތަރައްޤީގެ އެތައް މަޝްރޫޢެއް ކާމިޔާބުކަމާއެކު ނިންމައި، ރައްޔިތުންގެ އިތުބާރު ހޯދާފައެވެ.

ކިޔުންތެރިންގެ ހިޔާލު