ނުހައްގު މުއްސަނދިކަމާއި ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމަށް ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި އެސެޓް ރިކަވަރީ ކޮމިޝަނެއް އުފެއްދި ނަމަވެސް، އޭގެ ސަބަބުން ރައްޔިތުންނަށް އެއްވެސް ފައިދާއެއް ވެފައި ނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.
މައުރޫފް މިހެން ވިދާޅުވީ، ސަރުކާރުގެ ފަރާތުން ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު މަޖިލީހަށް ހުށަހެޅުއްވި، ކުށް ސާބިތުވުމުން ކުށް ކޮށްގެން ހޯދާފައިވާ މުދާ ދައުލަތަށް ނެގުމާ ގުޅޭ ބިލުގެ އިބްތިދާއީ ބަހުސްގައެވެ.
އެސެޓް ރިކަވަރީ ކޮމިޝަނަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުގައި ހިނގާފައިވާ ޚިޔާނާތާއި، ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ މައްސަލަތައް އެކަށީގެންވާ މިންވަރަށް ތަހުގީގު ކުރެވި އިންސާފު ގާއިމުވެފައި ނުވާތީ، 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހު ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ގަރާރަކުން އުފެއްދެވި ކޮމިޝަނެކެވެ. ނަމަވެސް، 2022 ވަނަ އަހަރު އެ ކޮމިޝަން އުވާލިއިރު ވެސް ގެއްލިފައިވާ ފައިސާ ހޯދުމުގައި އެދެވޭ ނަތީޖާއެއް ނެރެވިފައެއް ނުވެއެވެ.
އެކަމާގުޅިގެން މަޖިލީހުގައި ވާހަކަދައްކަވަމުން މައުރޫފް މިއަދު ވިދާޅުވީ، ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގޭ ގޮތަށް ހުށަހަޅާފައިވާ ބިލަކީ މުހިންމު އަދި އެއްވެސް މެންބަރަކު ދެކޮޅު ނުހަދާނެ ބިލެއް ކަމަށެވެ. އެހެން ނަމަވެސް، މަޖިލީހުގެ ބަހުސްތަކުން ފެންނަނީ ހެޔޮ ނިޔަތެއްގައި ނުވަތަ ރަނގަޅު މަގުސަދެއްގައި ބަހުސް ކުރުމުގެ ބަދަލުގައި އެހެން ނިޔަތެއްގައި ވާހަކަ ދައްކަމުންދާ މަންޒަރު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މީގެ ކުރިން ވެސް ގާނޫނުލްއުގޫބާތަށާއި މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނެސް، ނުހައްގު މުއްސަނދިކަން ހުއްޓުވުމަށާއި އެފަދަ މުދާ ނެގޭނެ ގޮތްތައް ހަމަޖައްސާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ހަމައެއާއެކު މައުރޫފް ވިދާޅުވީ، ގާނޫނުތައް ފާސްކޮށްފައި އޮތް ނަމަވެސް، ސަރުކާރުގެ ހުރިހާ މުއައްސަސާތަކެއްގެ ކޮންޓްރޯލް ރައީސުލްޖުމްހޫރިއްޔާ ނަންގަވައިގެން އުޅުއްވާނަމަ ގާނޫނުތަކުގެ ބޭނުން ކެނޑިގެންދާނެ ކަމަށެވެ. އެގޮތުން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ފަނޑިޔާރުގެތަކާއި ރައްޔިތުންގެ މަޖިލީހުގެ އިތުރުން ފުލުހުންގެ މުއައްސަސާގެ ކޮންޓްރޯލް ރައީސުލްޖުމްހޫރިއްޔާގެ މުށުތެރެއަށް ނަންގަވައިގެން ނުހައްގު މުއްސަނދިކަމުގެ ވާހަކަ ދެއްކުމަކުން އޭގެ ހަގީގީ މަގުސަދު ހާސިލުނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ގާނޫނުއަސާސީގެ 40 ވަނަ މާއްދާގައި ކޮންމެ ރައްޔިތަކަށް ވެސް މުދާ ހޯދުމާއި ގެންގުޅުމުގެ ހައްގު ލިބިދީފައިވާކަން ފާހަގަކުރަށްވައި މައުރޫފް ވިދާޅުވީ، މީހަކު ކުރި ކުށެއްގެ ބަދަލުގައި މުދާ ދައުލަތަށް ހިފުމަކީ މަނާ ކަމެއް ކަމަށެވެ. އަދި މިހާރު ހުށަހެޅިފައިވާ ބިލުގެ 74 ވަނަ މާއްދާގައި، ކުށެއް ސާބިތުނުވާ ހާލަތްތަކުގައި ވެސް މުދާ ނެގޭ ގޮތަށް އޮތުމަކީ އިންތިހާއަށް ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މަޖިލީހަށް ހުށަހަޅާފައިވާ މި ބިލުގައިވާ ގޮތުން، ދައުލަތުން ހިފަހައްޓާ މުދާ ބެލެހެއްޓުމާއި ބޭނުންކުރުމުގެ ކަންކަން ކުރާނީ މާލިއްޔަތާ ބެހޭ ވުޒާރާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އުފައްދަވާ "އެސެޓް މެނޭޖްމެންޓް އޮތޯރިޓީ" އިންނެވެ. އެ އޮތޯރިޓީގެ މަސްއޫލިއްޔަތު އަދާކުރަންވާނީ ސިޔާސީ ނުފޫޒުން އެއްކިބާވެ މިނިވަންކަމާއެކު ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން، ރިސްޓްރެއިންޓް އަމުރެއްގެ ދަށުން ހިފެހެއްޓޭ މުދަލަކީ ވަކި ބާވަތެއްގެ މުދަލެއް ކަމުގައިވާނަމަ، އެ މުދަލެއް ވިއްކާލުމަށް ހައިކޯޓަށް އަމުރުކުރެވިދާނެ ކަމަށް ވެސް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު