ގައުމުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން މަޝްވަރާކޮށްގެން ސުލްޙަވެރި ހައްލުތައް ހޯދަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ ގޮވާލައްވައިފިއެވެ.
އަބްދުއް ރަހީމް އެފަދައިން ގޮވާލެއްވީ ޓެންޒޭނިއާގެ އަރޫޝާގައި ކުރިއަށްދާ އިންޓަ-ޕާލިމެންޓަރީ ޔޫނިއަން (އައިޕީޔޫ) ގެ 153 ވަނަ އެސެމްބްލީގައި ތަގުރީރުކުރައްވަމުންނެވެ.
އެގޮތުން ރައްޔިތުންގެ އިތުބާރު ހޯދުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، އެ އިތުބާރު ބިނާވަނީ ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރުމާއި، ޖަވާބުދާރީވުމާއި، ނަޒާހަތްތެރިކަމާއި އަދި ނެރެވޭ ނަތީޖާގެ މައްޗަށް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ފާހަގަކުރެއްވިއެވެ. އަދި، ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމުގައި، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނާއި، ރައްޔިތުން ހުށަހަޅާ ޕެޓިޝަންތަކާއި، ޑިޖިޓަލް ޕްލެޓްފޯމްތަކުގެ ދައުރުގެ އިތުރުން، ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުން ހަރުދަނާކުރުމުގައި އެންޓި-ކޮރަޕްޝަން ކޮމިޝަން ފަދަ މުއައްސަސާތަކުގެ ދައުރު އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަދި، ހެޔޮވެރިކަމަކީ ސުލްހަ މަސަލަސްކަމާއި ސަލާމަތާ ގުޅިފައިވާ ކަމެއްކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް ފާހަގަކުރެއްވިއެވެ. މެދުއިރުމައްޗާއި ފަލަސްތީނުގައި މިހާރު ހިނގަމުންދާ ހަނގުރާމަތަކާއި، އެފްރިކާގެ ބައެއް ސަރަޙައްދުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކަށް އަލިއަޅުއްވާލައްވައި، މަޝްވަރާކޮށްގެން ސުލްޙަވެރި ހައްލުތައް ހޯދުމާއި، ބައިނަލްއަގުވާމީ ގާނޫނުތައް ނެގެހެއްޓުމާއި، އިންސާނީ ކަރާމާތް ރައްކާތެރިކުރުމާއި، އަދި، ސުލްޙަވެރި ހައްލުތަކަށް އެއްބާރުލުންދިނުމަކީ ގާނޫނު ހަދާ މަޖިލިސްތަކުގެ މެންބަރުންގެ ޒިންމާއެއްކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު