ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު އޮޅހުންފިލުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަޒީރުންގެ މަޖިލީހާ ބައްދަލު ކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް
ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު އޮޅހުންފިލުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަޒީރުންގެ މަޖިލީހާ ބައްދަލު ކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް
ސަރުކާރުން ރާއްޖޭގެކަންކޮޅުތަކުގައި ހިންގަމުންދާ ތަރައްގީގެ މަޝްރޫއުތަކުގެ ތެރެއިން އެކި ސަބަބުތަކާ ހުރެ މަޑުޖެހިފައިވާ މަޝްރޫއުތައް އަވަސްކޮށް، ބާރު ދުވެލީގައި ކުރިއަށްގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޒީރުންގެ މަޖިލީހަށް އަންގަވައިފިއެވެ.

ރައީސް މިކަމަށް އިރުޝާދު ދެއްވީ ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތު އޮޅުންފިލުއްވައި، އެ މަޝްރޫއުތައް ތަންފީޒުކުރުމުގެ ދުވެލި ހަރުދަނާކުރުމާ މެދު މަޝްވަރާކުރެއްވުމަށް ރައީސް އޮފީހުގައި ބޭއްވެވި ހާއްސަ ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ބައްދަލުވުމުގެ ތެރެއިން ރައީސްގެ ރިޔާސީ ވައުދުފުޅުތަކުގެ ތަންފީޒީ ހާލަތާއި، ރާއްޖޭގެ އެކި ރަށްރަށުގައި ކުރިއަށްދާ މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، އެ މަސައްކަތްތައް އަވަސްކުރެވޭނެ ގޮތްތަކާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނެވެ.

ރައީސް އޮފީހުން މައުލޫމާތު ދެއްވި ގޮތުގައި، މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ތަކެތި ހޯދުމުގައި ދިމާވި ދަތިތަކަށް މިހާރު ވަނީ ހައްލުތަކެއް ހޯދިފައެވެ.

އެހެންކަމުން، އެ ދަތިތަކާ ހުރެ މަޑުޖެހިފައި ހުރި ގިނަ މަޝްރޫއުތައް އަލުން ބާރު ދުވެލީގައި ކުރިއަށްގެންދިއުމަށް ރައީސް ވަނީ ވަޒީރުންނަށް އިރުޝާދު ދެއްވާފައެވެ. މީގެ އިތުރުން، ކަނޑައެޅިފައިވާ މުއްދަތުތަކަށް މަޝްރޫއުތައް ނިންމުމަށްޓަކައި އެންމެހައި މުއައްސަސާތަކުން ގުޅިގެން، އިތުރު ހިތްވަރާއެކު މަސައްކަތްކުރުމަށްވެސް އެމަނިކުފާނު ބާރުއެޅުއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު