ނިމިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅުން ފެށިގެން އީރާނާ ދެކޮޅަށް އެމެރިކާއިން ހިންގަމުންދާ އަސްކަރީ ހަރަކާތްތަކުގައި، އެމެރިކާގެ އަސްކަރިއްޔާގެ މަދުވެސް 81 އުޅަނދެއް ވައްޓާލާފައިވާކަން ނުވަތަ ހަލާކުވެފައިވާކަން އެމެރިކާގެ ކޮންގްރެޝަނަލް ރިސާޗް ސާވިސް (ސީއާރުއެސް) އިން އާންމުކުރި ރިޕޯޓަކުން ހާމަވެއްޖެއެވެ.
އޮކްޓޯބަރު 5 ގައި މުރާޖައާކޮށްފައިވާ މި ރިޕޯޓުގައިވާ ގޮތުން، ގެއްލުންވި އުޅަނދުތަކުގެ ތެރޭގައި ހަނގުރާމާމަތީ މަތިންދާބޯޓުތަކާއި، ހެލިކޮޕްޓަރުގެ އިތުރުން ޑްރޯންތައް ހިމެނެއެވެ.
ނަމަވެސް ހަނގުރާމައިގެ ހާލަތާއި މައުލޫމާތު ސިއްރުކުރުމުގެ ސަބަބުން މި އަދަދުތަކަށް ބަދަލުއައުން އެކަށީގެންވާ ކަމަށާއި، ހަލާކުވި ބައެއް އުޅަނދުތައް މަރާމާތަށްފަހު އަލުން ހިދުމަތަށް ނެރެފައިވާކަންވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
މި ހަރަކާތްތަކުގައި އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ އެމެރިކާގެ 'އެމްކިއު-9 ރީޕާ' މަރުކާގެ ޑްރޯންތަކަށެވެ. އެގޮތުން މަދުވެސް 45 ޑްރޯން ވައްޓާލާފައިވާ ކަމަށް ރިޕޯޓުގައިވެއެވެ.
މީގެއިތުރުން 12 'އެފް-15އީ ސުޓްރައިކް އީގަލް' ހަނގުރާމާމަތީ ބޯޓު ގެއްލިފައިވާއިރު، މީގެ ތެރެއިން ތިން ބޯޓެއް މާޗު މަހު ކުވެއިތު މަތިން އޮޅިގެން އެމެރިކާގެ އަމިއްލަ ހަމަލާއެއްގައި ވައްޓާލެވުނުއިރު، އެހެން ބޯޓެއް އެޕްރީލް މަހު އީރާން މަތިން ވަނީ ވައްޓާލާފައެވެ.
އަދި ސެޕްޓެމްބަރު މަހު އުރުދުންގެ މުވައްފަޤު ސަލްތީ އެއާ ބޭސަށް އީރާނުން ދިން ހަމަލާއެއްގައި އިތުރު އަށް އެފް-15 ބޯޓަކަށް ކުޑަކޮށް ގެއްލުންވި ނަމަވެސް، އެ ބޯޓުތައް އަލުން ވަނީ ހިދުމަތަށް ނެރެފައެވެ.
ގެއްލުންވި އެހެނިހެން އުޅަނދުތަކުގެ ތެރޭގައި 'އެފް-35އޭ' މަރުކާގެ ބޯޓަކާއި، 'އޭ-10' މަރުކާގެ ދެ ބޯޓާއި، ތެޔޮ އަޅައިދޭ 'ކޭސީ-135' މަރުކާގެ ހަތް ބޯޓުގެ އިތުރުން 'އީ-3 ސެންޓްރީ' މަރުކާގެ ރާޑާރު ބޯޓެއް ހިމެނެއެވެ. މީގެއިތުރުން ހާއްސަ އޮޕަރޭޝަންތަކަށް ބޭނުންކުރާ ދެ 'އެމްސީ-130ޖޭ' ބޯޓާއި، ސަލާމަތީ އޮޕަރޭޝަންތަކުގައި ބޭނުންކުރާ ހެލިކޮޕްޓަރަކާއި، 'އެމްކިއު-4ސީ ޓްރައިޓަން' ޑްރޯންއެއްގެ އިތުރުން 'އެމްކިއު-1' މަރުކާގެ ތިން ޑްރޯން ހިމެނެއެވެ. ހެލިކޮޕްޓަރުތަކުގެ ތެރެއިން 'އޭއެޗް-64 އަޕާޗީ' ހެލިކޮޕްޓަރެއް ހޯރުމުޒު ކަނޑުއޮޅި މަތިން ވައްޓާލާފައިވާއިރު، ސަލާމަތީ އޮޕަރޭޝަންތަކުގައި 'އޭއެޗް-6' މަރުކާގެ ހަތަރު ހެލިކޮޕްޓަރު ހަލާކުވެ، އަރަބި ކަނޑަށް 'އެމްއެޗް-60 ސީ ހޯކް' ހެލިކޮޕްޓަރެއް ވެއްޓިފައިވެއެވެ.
ކޮންގްރެޝަނަލް ރިސާޗް ސާވިސްއިން ބުނި ގޮތުގައި މި ގެއްލުންތަކުގެ ސަބަބުން އެމެރިކާގެ ކޮންގްރެސްގެ ފާރަވެރިވުމުގެ ދައުރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެއެވެ. ހާއްސަކޮށް ހަލާކުވި އުޅަނދުތަކުގެ ބަދަލުގައި އާ އުޅަނދުތައް ހޯދުމަށް ޕެންޓަގަނަށް ކާފީ ބަޖެޓާއި މައުލޫމާތު ލިބިފައިވޭތޯ ބެލުމާއި، 'އީ-3' ފަދަ ދުވަސްވީ ނަމަވެސް މުހިންމު ބޯޓުތައް ގެއްލުމުން އެހެން ސަރަހައްދުތަކުގެ ސެކިއުރިޓީއަށް އަންނާނެ ހުސްކަމާ މެދު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އަދި އުފެއްދުންތެރިކަމުގެ ގާބިލުކަމާއި، ސަޕްލައި ޗޭންގެ ދަތިތަކުގެ ސަބަބުން، ގެއްލުނު އުޅަނދުތައް އަލުން ހަމަކުރުމަށް އެމެރިކާގެ ދިފާއީ އުފެއްދުންތެރިކަމަށް ބޮޑު ބާރުބޮޑުވުމެއް ކުރިމަތިވާނެ ކަމަށްވެސް އެ ރިޕޯޓުގައި އިންޒާރުދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު