ފުލުހުން އަތުލައިގަތް ބިޔަރު ދަޅުތައް (ފޮޓޯ: ޕޮލިސް މީޑިއާ)
ފުލުހުން އަތުލައިގަތް ބިޔަރު ދަޅުތައް (ފޮޓޯ: ޕޮލިސް މީޑިއާ)
ހުޅުމާލޭގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ބިޔަރު ދަޅުތަކަކާއެކު ދެމީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ ފިރިހެނަކާއި 20 އަހަރުގެ ފިރިހެނެއް ކަމަށެވެ. އެދެމީހުން ހައްޔަރުކޮށްފައިވަނީ ހުޅުމާލެއަށް ސަފާރީއަކުން ބިޔަރު ބާލާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

ފުލުހުން ބުނީ އެމީހުން ހައްޔަރުކޮށްފައިވަނީ ހުޅުމާލޭގައި ހަރަކާތްތެރިވާ ސްޕެޝަލް އޮޕަރޭޝަންސް ޑިޕާޓްމަންޓްގެ ފުލުހުންނާއި އިންޓެލިޖެންސް ގުޅިގެން ނޮވެމްބަރު 2 ވަނަ ދުވަހުގެރޭ ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި ހުޅުމާލެ ރަބަރުގަސް މަގު 6 ނަންބަރު ގޯޅިން ކަމަށެވެ.

އެ ދެމީހުން ސައިކަލެއްގައި ދަނިކޮށް ފުލުހުން ފެނުމާއެކު ވަނީ އެމީހުން ގެންގުޅުނު ބިޔަރު ދަޅުތައް ހުރި ދެ ކޮތަޅު އެއްލާލާފައި ކަމަށާއި، އަދި އެމީހުން ހުއްޓުވައި އެއްލާލި ދެ ކޮތަޅު ނަގައި، ބަލައި ފާސްކުރިއިރު އެ ދެކޮތަޅު ތެރެއިން 96 ދަޅު ބިޔަރު ފެނިފައިވާ ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

މިމައްސަލަ ހުޅުމާލެ ޕޮލިސް އިން ދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން މަޢުލޫމާތު ދެއްވައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން