މާދޫ ގެއިން އަތުލައިގަތް ބަނގުރާފުޅިތަކެއް--
މާދޫ ގެއިން އަތުލައިގަތް ބަނގުރާފުޅިތަކެއް--
މާލޭގެ ކަރަންކާ މަގުގައި ހުންނަ ހ. މާދޫ ގެއިން ގިނަ އަދަދެއްގެ ބަނގުރާ ފެނުނު މައްސަލައިގައި ހައްޔަރުކުރި ބިދޭސީންގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ރެއިން ފެށިގެން ކުރިއަށްގެންދިޔަ މި އޮޕަރޭޝަންގައި ބަލައިފާސްކޮށްފައިވަނީ އެ ގޭގެ އެއްވަނަ ފަންގިފިލާއާއި ފަސްވަނަ ފަންގިފިލާއެވެ. އެ އޮޕަރޭޝަންގެ ތެރެއިން ތިން ބިދޭސީއަކު ހައްޔަރުކުރިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ތިން ފިރިހެނުންނެވެ. އެއީ އެމްޑީ ރަކިބް ހޮސެން(25އ.)، ޕޮލިން(43އ.) އަދި އަލް އަމީން(34އ.)އެވެ. އެ މައްސަލައާ ގުޅިގެން އެ ތިން މީހުން ހައްޔަރުކޮށް، ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ ބަންދުގެ މުއްދަތުޖަހައިފައެވެ.

އެގޮތުން އެމްޑީ ރަކިބް 15 ދުވަހަށް އަދި ދެން އެ މައްސަލައިގައި ހިމެނޭ އަނެއް ދެ މީހުންގެ ބަންދަށް ވަނީ ފަސް ދުވަސް ޖަހައިފައެވެ.

އެ މައްސަލައިގެ ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުން މާދޫގެ ދެ ފަންގިފިލާއިން 824 ބަނގުރާ ފުޅި ފެނިފައިވެެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް