ވ. ފެލިދޫގައި ޤާއިމުކުރާ ޕޮލިސް ސްޓޭޝަން އިމާރާތްކުރުމުގެ މަސައްކަތް ބާރުމިނެއްގައި ކުރިއަށްދާއިރު، މި މަޝްރޫޢުގެ ދަށުން މައި އިމާރާތުގެ ފުރަތަމަ ފަންގިފިލާގެ ސްލެބް ކޮންކްރީޓް އެޅުމަށްޓަކައި ޝަޓަރިންގ އާއި ރީއިންފޯސްމަންޓްގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަނީ ފަށާފައެވެ.
މިކަން ހާމަކުރީ މަޝްރޫޢުގެ ކޮންޓްރެކްޓަރ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ.
އެމްޓީސީސީން ހާމަކުރި ގޮތުގައި، މި މަޝްރޫޢުގެ މަސައްކަތްތައް ސައިޓުގައި މިހާރު ކުރިއަށްދަނީ މައި އިމާރާތުގެ ފުރަތަމަ ފަންގިފިލާގެ ސްލެބް އެޅުމަށްޓަކައި ވާންޖެހޭ ތައްޔާރީތަކުގެ ތެރެއިން ދަގަނޑު ބަނުމާއި ފޯމްވޯކްގެ މަސައްކަތްތަކެވެ. މި މަސައްކަތްތައް ނިމުމުން، ސްލެބް އެޅުމުގެ ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް އެ ކުންފުނިން މަޢުލޫމާތު ދެއެވެ.
މި މަޝްރޫޢުގެ ކުރީގެ މަރުޙަލާތަކަށް ބަލާއިރު، ސްޓޭޝަންގެ ކަސްޓަޑީ ސެލް ބްލޮކްގެ ކޮލަމް މަސައްކަތްތަކާއި ބީމް ޝަޓަރިންގ އަދި ރީއިންފޯސްމަންޓް މަސައްކަތްތައް ވަނީ ކާމިޔާބުކަމާއެކު ނިންމާލާފައެވެ. ސެލް ބްލޮކްގެ ސްޓްރަކްޗަރަލް މަރުޙަލާއަށްފަހު، މިހާރު އެންމެ އިސްކަމެއް ދީގެން ކުރިއަށްގެންދަނީ އިދާރީ ޚިދުމަތްތައް ދިނުމަށް ޚާއްޞަ މައި ބްލޮކްގެ މަސައްކަތްތަކެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ފުލުހުންގެ ޚިދުމަތް ހަރުދަނާކޮށް، ޒަމާނީ ފެންވަރުގެ ވަސީލަތްތައް ޤާއިމުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ސިޔާސަތުގެ ދަށުން، މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އަދި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫޢަކީ ދިވެހި ފުލުހުންގެ ޚިދުމަތުން އެމްޓީސީސީއާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މަޝްރޫޢު ނިމުމުން ފެލިދޫގައި ޤާއިމުވެގެންދާނީ ފުލުހުންގެ އޮޕަރޭޝަންތަކަށާއި އިދާރީ ކަންކަމަށް ފުރިހަމައަށް އެކަށޭނަ، ޒަމާނީ ފެންވަރުގެ ސްޓޭޝަނެކެވެ. މިއީ ރަށުގެ ރައްޔިތުންނަށް ފުލުހުންގެ ޚިދުމަތްތައް ފަސޭހަކަމާއެކު ލިބި، ރައްކާތެރިކަން އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

ކިޔުންތެރިންގެ ހިޔާލު