ކުރީގެ ރައީސް ޔާމީން އެކްސްގައި ކުރެއްވި ޕޯސްޓުގައި "އީގަލް ހިލްސް" އަކީ ދީނީ އަދި އަހުލާގީ ގޮތުން ފުނޑުފުނޑުވެފައިވާ، ރައްޔިތުންގެ ތާއީދު ގެއްލިފައިވާ ސަރުކާރެއްގެ ފައިދާ ނަގާ ބަޔެއް ކަމަށް ސިފަކުރައްވާފައިވެއެވެ. އެ މަނިކުފާނު ވިދާޅުވެފައިވަނީ، ސައްތައިން ސައްތަ މުސްލިމް މުޖުތަމައެއްގައި، ފަލަސްޠީނުގެ މައްސަލައަށް އަހަންމިއްޔަތުކަން ދެމުންދާއިރު، ޔަހޫދީ ވަޒަންވެރިވުމަށް ފުރުސަތު ދިނުމަކީ ބަހާ އަމަލާ ދިމާ ނުވާކަން ދައްކުވައިދޭ ކަމެއް ކަމަށެވެ. އަދި މި ޕްރޮޖެކްޓް ހުއްޓާލުމަށްވެސް ރައީސް ޔާމީން ވަނީ ގޮވާލައްވާފައެވެ.
ރައީސް ޔާމީނަށް ރައްދުދެއްވައި މިނިސްޓަރު އިހުސާން ވިދާޅުވީ، "އީގަލް ހިލްސް" ޕްރޮޖެކްޓަކީ "ޔަހޫދީ ވަޒަންވެރިވުމެއް" ކަމަށް ސިފަކުރުމަކީ ހަގީގަތް އޮޅުވާލައި، ސިޔާސީ ފައިދާއަށްޓަކައި ދީނީ އިހުސާސްތަކުން ނާޖާއިޒު ފައިދާ ނެގުމަށް ކުރާ މަސައްކަތެއް ކަމަށެވެ. އަދި ދިވެހި ރައްޔިތުން ފަލަސްޠީނަށް ދެމުންދާ ވަފާތެރިކަމުގެ އެއްބާރުލުމަކީ ބިރުވެރިކަމާއި، ނަފްރަތާއި، ދޮގު މައުލޫމާތު ފެތުރުމަށް ބޭނުންކުރާނެ ސިޔާސީ ހަތިޔާރެއް ނޫން ކަމަށެވެ.
މީގެ އިތުރުން އެ މަނިކުފާނު ފާހަގަކުރެއްވީ، މި އިންވެސްޓްމަންޓް ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ހަގީގަތަކަށް ނުވެގެން، މިއަދު އެއަށް ބަދުބަސް ބުނުމުގެ ހައްގު އެމަނިކުފާނަށް ލިބިވަޑައިނުގަންނަވާނެ ކަމަށެވެ. އަދި ގައުމީ ތަރައްގީއަކީ އެއްވެސް އިރެއްގައި އަމިއްލަ ސިޔާސީ ކިނބުނެއްގެ ރަހީނަކަށް ވެގެން ނުވާނެ ކަމަށްވެސް މިނިސްޓަރު ވަނީ ބަޔާންކުރައްވާފައެވެ.
Calling this project a “Jewish settlement” is a blatant distortion of facts and a disgraceful attempt to exploit religious sentiments for political gain.
— Minister of Homeland Security, Labour & Technology (@min_mohst) October 11, 2026
The Maldivian people’s unwavering support for Palestine is not a political weapon to be used to spread fear, hatred and misinformation.
Just because this investment did not materialise under your presidency does not give you the right to demonise it today. National development must never become hostage to personal political bitterness.
Criticise policies all you want, but stop manufacturing religious divisions and misleading the public for political relevance. The Maldives deserves responsible leadership, not reckless fearmongering.
މިނިސްޓަރު އިހުސާން ވިދާޅުވި ގޮތުގައި، ސިޔާސަތުތަކަށް ފާޑުކިޔުމަކީ ހުއްދަކަމެކެވެ. ނަމަވެސް، ދީނީ ބައިބައިވުން އުފައްދައި، ސިޔާސީ މަގުސަދެއް ހާސިލްކުރުމަށްޓަކައި އާންމުންނަށް އޮޅުވާލުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ. އެއީ ގައުމީ މަސްލަހަތާ ހިލާފު ކަމެއް ކަމަށްވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ޔޫ.އޭ.އީގެ ކުންފުންޏެއް ކަމަށްވާ އީގަލް ހިލްސްއިން ތަރައްގީކުރާ މި ޕްރޮޖެކްޓަކީ "މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ ޕްރޮޖެކްޓް" ގެ ނަމުގައި ރަސްމާލޭގައި ތަރައްގީކުރުމަށް ހުށަހަޅާފައިވާ ބޮޑު މަޝްރޫއެކެވެ. މި މަޝްރޫއުގެ ކޮމާޝަލް ޓާރމްސް އެއްބަސްވުމުގައި ސަރުކާރާއި އެ ކުންފުންޏާ ދެމެދު ސޮއިކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ހިޔާލު