ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރާއްޖެއަށް ގެނެސްދެއްވި އީގަލްހިލްސް އިންވެސްޓްމަންޓަކީ، އެއްވެސް ބަޔަކު ހިތަށްވެސް ނާރާވަރުގެ ބޮޑު އިންވެސްޓްމަންޓެއް ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ދީދީ (އައިބީ) ވިދާޅުވެއްޖެއެވެ.
ޔޫ.އޭ.އީގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ އީގަލް ހިލްސްއިން ރަސްމާލޭގައި ތަރައްގީކުރާ މި ޕްރޮޖެކްޓަކީ "މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ ޕްރޮޖެކްޓް" ގެ ނަމުގައި 500 ހެކްޓަރުގެ ބޮޑު ބިމެއްގައި 99 އަހަރަށް ކުރިއަށް ގެންދިއުމަށް ހުށަހަޅާފައިވާ ބިޔަ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ކޮމާޝަލް ޓާރމްސް އެއްބަސްވުމުގައި ސަރުކާރާއި އީގަލް ހިލްސްއާ ދެމެދު ސޮއިކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ.
އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން މެންބަރު އިބްރާހީމް ދީދީ ވިދާޅުވީ، މި މަޝްރޫޢާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުންދަނީ ރައްޔިތުންނަށް ލިބެން އޮތް ފައިދާއަށް ހުރަސް އެޅުމަށް ކަމަށެވެ. އަދި ރާއްޖެއަށް 20 ބިލިއަން ޑޮލަރުގެ ބިޔަ އިންވެސްޓްމަންޓެއް އަންނަން އޮތް ދުވަސްވަރެއްގައި، ނުޙައްޤުން މުއްސަނދިކަން ހޯދުމުގެ ކުށުގައި ހިމެނޭ މުދާ އަނބުރާ ހޯދުމަށް ޤާނޫނަށް އިޞްލާޙު ގެނައުމަށް މަޖިލީހަށް ހުށަހެޅުމަކީ، ސަރުކާރުން ރައްޔިތުންނަށް އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއެކު މަސައްކަތްކުރާ ކަމުގެ ސާފު ހެއްކެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އައިބީ ވިދާޅުވީ، މީގެ ކުރިން އިދިކޮޅު ފަރާތްތަކުން ރާއްޖެއަށް ބޮޑެތި ޕްރޮޖެކްޓްތަކެއް ނާންނާނެ ކަމަށާއި، އިންވެސްޓްކުރާނެ މީހަކު ނުހުންނާނެ ކަމަށް ބުނަމުންދިޔަ ކަމަށެވެ. ނަމަވެސް ރައީސް މުޢިއްޒު މިހާ ބޮޑު އިންވެސްޓްމަންޓެއް ގެނެސްދެއްވުމުން، އެކަމާ ދެކޮޅަށް މަދު ބަޔަކު ކުރާ މަސައްކަތަކީ އަލަށް ފެންނަ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ ކުރިންވެސް ފާފު އަތޮޅުގެ ޕްރޮޖެކްޓަކަށް އެމްޑީޕީން އިސްނަގައިގެން ހުރަސްއެޅިކަން އައިބީ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން އައިބީ ވިދާޅުވީ، މި އިންވެސްޓަރަކީ މުސްލިމު ޤައުމަކަށް ނިސްބަތްވާ މުސްލިމަކަށް ވާއިރު، އެ ބޭފުޅާގެ ނަން ބޭނުންކޮށްގެން ދޮގު މަޢުލޫމާތު ފަތުރަމުންދާތީ ހިތާމަކުރަށްވާ ކަމަށެވެ. ރާއްޖޭގައި އެމެރިކާ، އިނގިރޭސިވިލާތް، ޗައިނާ، އިންޑިއާ އަދި ސްރީލަންކާ ފަދަ ޤައުމުތަކުގެ އެކި ދީންތަކުގެ އިންވެސްޓަރުން 99 އަހަރަށް އިންވެސްޓްކޮށްގެން ވިޔަފާރި ކުރަމުންދާއިރު އެއިން އެއްވެސް ވާހަކައެއް ނުދައްކާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ޔަހޫދީންނޭ ކިޔާފައި ދޮގު މަޢުލޫމާތުތައް ފަތުރާ މި ޕްރޮޖެކްޓަށް ހުރަސްއަޅަން މަސައްކަތް މި ކުރުމަކީ އަޅުގަނޑުމެން ކުށްވެރި ކުރަންޖެހޭ ކަމެއް. އެއީ ދިވެހި ކޮންމެ ރައްޔިތަކަށް މިކަމުން ފައިދާވާނެތީ، ދިވެހިން އަނގާ އަތާ ދިމާވެދާނެތީވެ މިކަމަށް ހުރަސްއަޅަން ކުރެވޭ މަސައްކަތެއް." އައިބީ ވިދާޅުވިއެވެ. ހަމައެއާއެކު އޭނާ ވިދާޅުވީ، ރާއްޖެއަށް ދަތިކުރުމަށްޓަކައި އަބަދުވެސް އިދިކޮޅު ފަރާތްތަކުން ސަރުކާރުން ކުރާ މަސައްކަތްތަކަށް ހުރަސްއަޅާ ކަމަށާއި، މިގޮތުން ޓޫރިޒަމް ބޮއިކޮޓުކުރުމާއި، މަސްވެރިކަމަށް ދަތިކުރުމާއި، އިޤްތިޞާދު ފުނޑާލުމަށް މަސައްކަތްކޮށްފައިވާ ކަމަށެވެ.
އައިބީ ވަނީ، އިސްރާއީލާ ދެކޮޅަށް ބައިނަލްއަޤްވާމީ މައިދާނުގައާއި އދ. ގައި އެންމެ ވަރުގަދައަށް ވަކާލާތުކުރަމުންދަނީ ރައީސް މުޢިއްޒުގެ ސަރުކާރުންކަން ފާހަގަ ކުރަށްވާފައެވެ. އަދި އިސްރާއީލު ޕާސްޕޯޓު މަނާކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން "ޔަހޫދީން"ގެ ނަން ބޭނުންކޮށްގެން ރަސްމާލެ މަޝްރޫޢަށް ހުރަސްއަޅަން މަސައްކަތްކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި އިންވެސްޓްމަންޓް ގެންނަވާ ފަރާތުން ރާއްޖެ ވަޑައިގެން ދިވެހި ވިޔަފާރިވެރިންނާ ބައްދަލު ކުރަށްވާފައިވާ ކަމަށާއި، މަޝްރޫޢުގެ މަސައްކަތްތައް ދިވެހި ކޮންޓްރެކްޓަރުންނަށް ދިނުމަށް އިސްކަންދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައިވާ ކަމަށްވެސް އައިބީ ވިދާޅުވިއެވެ. މިއީ ރާއްޖޭގެ ކޮންސްޓްރަކްޝަން ކުންފުނިތަކަށާއި ދިވެހި އިޤްތިޞާދަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ވިދާޅުވެ، އަމިއްލަ އެދުމަށްވުރެ ރައްޔިތުންގެ މަޞްލަޙަތު އިސްކުރުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.
އައިބީ މިހެން ވިދާޅުވެފައިވާއިރު، ދިވެހި ސަރުކާރުން އީގަލް ހިލްސްއާއެކު ފާއިތުވި ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު ސޮއިކުރި އެއްބަސްވުމުގެ ދަށުން، ރަސްމާލެއިން ހިއްކާ 1010 ހެކްޓަރު ބިމުގެ ތެރެއިން 500 ހެކްޓަރުގެ ބޮޑު ސަރަޙައްދެއްގައި ބައިނަލްއަޤްވާމީ ފެންވަރުގެ މެރީނާއަކާއި ވޯޓާފްރަންޓް މަންޒިލެއް ތަރައްޤީކޮށް 99 އަހަރު ހިންގާނީ އެ ކުންފުނިންނެވެ. މި މަޝްރޫޢުގައި ހިއްކާ ބިމުގެ ބާކީ 600 ހެކްޓަރު ޚާއްޞަކޮށްފައިވަނީ ދިވެހި ރައްޔިތުންގެ އިޖުތިމާޢީ ބޯހިޔާވަހިކަމަށާއި، އާންމުންނަށް ދޫކުރާ ބިމުގެ ޕްލޮޓްތަކުގެ އިތުރުން މުނިސިޕަލް ޚިދުމަތްތައް ޤާއިމުކުރުމަށެވެ.
ޤާނޫނު އަސާސީގައިވާ ގޮތުން ރާއްޖޭގެ ބައެއް ބޭރު މީހުންނަށް 99 އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް ކުއްޔަށް ދިނުމަކީ ހުއްދަ ކަމެކެވެ. ނަމަވެސް އެކަމާ ގުޅޭ ގާނޫނެއް މިހާތަނަކަށް ނެތެވެ. ޓޫރިޒަމާ ބެހޭ ގާނޫނުން އެހުއްދަ ލިބެނީ 50 އަހަރަށެވެ. އަދި ލީސް މުއްދަތު އިތުރު ކުރެވެނީ 49 އަހަރަށެވެ. ސްޕެޝަން އިކޮނޮމިކް ގާނޫނުގެ ދަށުން ބިދޭސީންނަށް އެންމެ ގިނަވެގެން ބިމެއް ދޫކުރެވެނީ 66 އަހަރަށެވެ. އަދި އެ މުއްދަތު އިތުރުކުރެވެނީ 33 އަހަރަށެވެ.

ކިޔުންތެރިންގެ ހިޔާލު