އޮޅުވާލައިގެން ދައުލަތާ ދެކޮޅަށް ގިނަ އަދަދެއްގެ ފައިސާ ހޯދުމަށް ކޯޓުތަކުގައި ދައުވާކޮށްފައިވާ ކަމަށް އޮޑިޓާ ޖެނެރަލް ހުސެއިން ނިޔާޒީ މިއަދު ވިދާޅުވެއްޖެއެވެ.
އެގޮތުން، 400 މިލިޔަން ރުފިޔާގެ ބަދަލު ދޭންޖެހޭ ވަރުގެ މައްސަލަތައް ހުރި ކަމަށާއި، މިފަދަ ކަންކަމުން ދައުލަތް ސަލާމަތް ކުރުމަށް އޮޑިޓް ރިޕޯޓުތަކުގެ މުހިއްމުކަން އޭނާ ފާހަގަކުރެއްވިއެވެ.
އޮޑިޓާ ޖެނެރަލް މިހެން ވިދާޅުވީ، 2027 ވަނަ އަހަރަށް އޮޑިޓް އޮފީހަށް ބޭނުންވާ ބަޖެޓް ހުށަހަޅަން، މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއްގައެވެ. ކޮމިޓީގެ މެންބަރަކު އޮޑިޓް ކުރުމުގައި އެ އޮފީހުން ގެންގުޅޭ އުސޫލުތަކާ ބެހޭގޮތުން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން، ދައުލަތުގެ މާލިއްޔާ ހިމާޔަތް ކުރުމުގައި އޮޑިޓްގެ ދައުރު އޭނާ ވަރަށް ބޮޑަށް ފާހަގަކުރެއްވިއެވެ.
ދައުލަތަށް ކުރިމަތިވެފައިވާ ބޮޑެތި މާލީ ގޮންޖެހުންތަކަށް އަލިއަޅުވާލައްވަމުން ނިޔާޒީ ވިދާޅުވީ، ދައުލަތާ ދެކޮޅަށް ހުށަހަޅާފައިވާ ދައުވާތަކުގެ ތެރޭގައި 400 މިލިޔަން ރުފިޔާގެ ބަދަލު ހޯދަން މަސައްކަތްކުރާ މައްސަލަތައް ހިމެނޭ ކަމަށެވެ. މިފަދަ މައްސަލަތަކުގައި ތައްޔާރުކުރާ އޮޑިޓް ރިޕޯޓުތަކަކީ ދައުލަތަށް ވަގުތީގޮތުން ބޮޑެތި ފައިސާ ސަލާމަތްކުރެވޭނެ އެއް ވަސީލަތް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެހެނީ، ކޯޓުތަކަށް އިތުބާރު ހިފޭ އޮޑިޓް ރިޕޯޓެއް ހުށަނޭޅިއްޖެނަމަ، ދައުލަތަށް ރަނގަޅު ދިފާއެއް ހުށަނޭޅޭނެ ކަމަށާއި، ނަތީޖާއެއްގެ ގޮތުން ކޯޓުތަކުން އެ ދައުވާތަކަށް ބަދަލު ދިނުމަށް ދައުލަތަށް އަންގާފާނެ ކަމަށް ނިޔާޒީ ވިދާޅުވިއެވެ.
ނަމަވެސް، އެޓާނީ ޖެނެރަލް އޮފީހާ އެއްކޮށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ދައުލަތާ ދެކޮޅަށް މިހާރު އުފުލޭ އެފަދަ ބައެއް ދައުވާތައް ވަރަށް ބޮޑުތަނުން ކުޑަ ކުރެވިފައިވާ ކަމަށް ނިޔާޒީ ވިދާޅުވިއެވެ. ދައުލަތާ ދެކޮޅަށް، އޮޅުވާލައިގެން ގިނަ އަދަދެއްގެ ފައިސާތަކެއް ހޯދަން ހުށަހަޅާފައިވާ މައްސަލަތައް ހިމެނޭކަން އޭނާ ފާހަގަކުރެއްވިއެވެ.
އޮޑިޓާ ޖެނެރަލް ވިދާޅުވީ މުޅި ދައުލަތުގެ ހިސާބުތަކާއި ކަންކަން ރަނގަޅު ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އެކަންކަން ރަނގަޅުވަމުން އަންނަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު