އއ. އުކުޅަހު ފުލުސް ސްޓޭޝަންގެ މަސައްކަތް، ފޮަޓޯ: އެމްޓީސީސީ
އއ. އުކުޅަހު ފުލުސް ސްޓޭޝަންގެ މަސައްކަތް، ފޮަޓޯ: އެމްޓީސީސީ
އއ. އުކުޅަހުގައި ގާއިމުކުރާ ފުލުހުންގެ ސްޓޭޝަންގެ ތަރައްޤީގެ މަޝްރޫޢުގެ ފުރާޅު އެޅުމުގެ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށް މަޝްރޫޢުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފިއެވެ.

މީގެ އިތުރުން، މި ސްޓޭޝަންގެ ސެލް ބްލޮކް ގައުޖެހުމުގެ މަސައްކަތުގެ 75 އިންސައްތަ ވަނީ ނިމިފައެވެ.

މި މަޝްރޫޢަކީ "ޚާއްސަ އާންމު މަޝްރޫޢުތަކުގެ އިނިޝިއޭޓިވް" ގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

މަޝްރޫޢުގެ އެންމެ ފަހުގެ އަޕްޑޭޓްތަކަށް ބަލާއިރު، ސްޓޭޝަންގެ އެތެރޭގެ ފާރުތަކުގައި ޕްލާސްޓަރ ކުރުމުގެ 75 އިންސައްތަ މަސައްކަތް ވެސް ވަނީ ނިމިފައެވެ. އަދި ފުރާޅުގެ ޓްރަސްއާއި ރާފްޓަރ ހަރުކުރުމުގެ މަސައްކަތް ވަނީ ނިމިފައެވެ. މިހާރު ދަނީ ފުރާޅަށް ޝީޓް އެޅުމުގެ މަސައްކަތް ހިނގަމުންނެވެ.

ސެލް ބްލޮކްގެ މަސައްކަތްތަކުގެ ތެރެއިން، ބިންގަނޑު ކޮނުމާއި، ކޮމްޕެކްޓް ކުރުމާއި، ފޫޓިންގ އެޅުމާއި، ޓައި ބީމް ޝަޓަރިންގއާއި، ކޮލަމް ރިންގް ބައިންޑިންގ ވަނީ އެއްކޮށް ނިމިފައެވެ.

މި މަޝްރޫޢަކީ ދިވެހިރާއްޖޭގެ އެކި ރަށްރަށުގައި ފުލުހުންގެ ސްޓޭޝަންތަކާއި، ފުލުހުންގެ ޕޯސްޓްތައް ގާއިމުކުރުމަށް އެމްޓީސީސީއާ ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢު ނިމުމުން އއ. އުކުޅަހުގެ ރައްޔިތުންނަށް ފުލުހުންގެ ޚިދުމަތްތައް އިތުރަށް ފަސޭހަކޮށްލެވޭނެކަމަށް ބެލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު