"ޕްރިޒަމް އެންޑް އިގްނައިޓް 2026" ކޮންފަރެންސްގައި އެމްޓީސީސީގެ ފަރާތުން ބައިވެރިވި ޓީމް، ފޮޓޯ: އެމްޓީސީސީ
"ޕްރިޒަމް އެންޑް އިގްނައިޓް 2026" ކޮންފަރެންސްގައި އެމްޓީސީސީގެ ފަރާތުން ބައިވެރިވި ޓީމް، ފޮޓޯ: އެމްޓީސީސީ
ޕްރޮޖެކްޓް މެނޭޖްމަންޓް ދާއިރާގެ ބައިނަލްއަޤްވާމީ ފެންވަރުގެ މުހިންމު ކޮންފަރެންސެއް ކަމަށްވާ "ޕްރިޒަމް އެންޑް އިގްނައިޓް 2026" ގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ އިސް ވެރިންގެ ވަފުދަކުން ބައިވެރިވެއްޖެއެވެ.

ޕީއެމްއައި މެލޭޝިއާ އިން އިންތިޒާމުކޮށްގެން މި އޮކްޓޫބަރު މަހުގެ 12 އިން 13 އަށް މެލޭޝިއާގެ ކުއާލަލަމްޕޫރުގައި ބޭއްވި މި ކޮންފަރެންސްގައި އެމްޓީސީސީގެ ވަފުދު ލީޑުކުރެއްވީ އެ ކުންފުނީގެ ޗެއާޕާސަން އަލްފާޟިލާ ސާދާ އިބްރާހީމެވެ. އެކަމަނާގެ އަރިހުގައި ސީނިއާ ޖެނެރަލް މެނޭޖަރު އުމަރު ޒާހިރާއި، ޖެނެރަލް މެނޭޖަރު އިބްރާހީމް ޙަސަންގެ އިތުރުން ކޮންސްޓްރަކްޝަން އެންޑް ޑްރެޖިންގ ޑިވިޜަން (ސީޑީޑީ) ގެ ޒޯން މެނޭޖަރުން މި ދަތުރުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މި އަހަރުގެ ކޮންފަރެންސް ކުރިއަށް ގެންގޮސްފައިވަނީ "ޕްރޮޖެކްޓް މެނޭޖަރޭސް އޯކެސްޓްރޭޓަރ: ދަ ގާޑިއަން އޮފް ޕްރޮޖެކްޓް ވެލިއު" މި ޝިއާރުގެ ދަށުންނެވެ. މި ބައްދަލުވުމަކީ ޕްރޮޖެކްޓް މެނޭޖްމަންޓް ދާއިރާގެ ތަޖުރިބާކާރުންނާއި، ދާއިރާގެ އިސް ލީޑަރުން އަދި އީޖާދީ ފަރާތްތައް އެއްތަނަކަށް އެއްވެ، ހަރުދަނާ ޕްރޮޖެކްޓް ލީޑަރޝިޕާއި، ޑިޖިޓަލް ޓްރާންސްފޮމޭޝަން، ދެމެހެއްޓެނިވި ތަރައްޤީ، ސްޓްރެޓީޖިކް ގުޅުންތައް އަދި އަގުހުރި ނަތީޖާ ނެރެދޭނެ ގޮތްތަކާ މެދު މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމަށް ފަހިކޮށްދިން މުހިންމު ފުރުޞަތެކެވެ.



ޕްރިޒަމް އެންޑް އިގްނައިޓް 2026 ކޮންފަރެންސް، ފޮޓޯ: އެމްޓީސީސީ


މި ކޮންފަރެންސްގައި ބައިވެރިވުމުގެ ސަބަބުން، ޕްރޮޖެކްޓްތައް ހިންގުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށާއި، އޮޕަރޭޝަނަލް ކޯޑިނޭޝަން ވަރުގަދަކުރުމުގެ އިތުރުން މަޝްރޫޢުތައް ކާމިޔާބުކަމާއެކު ނިންމުމަށް ބޭނުންވާ އަގުހުރި މަޢުލޫމާތާއި ތަޖުރިބާ ލިބިގެންދިޔަ ކަމަށް އެމްޓީސީސީން މަޢުލޫމާތުދެއެވެ.



ޕްރިޒަމް އެންޑް އިގްނައިޓް 2026 ގެ ތެރެއިން، ފޮޓޯ: އެމްޓީސީސީ


މިއީ ކުންފުނިން ހިންގާ އެކި މަޝްރޫޢުތަކުގައި ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދީ، ދެމެހެއްޓެނިވި އަގުހުރި ނަތީޖާތަކެއް ނެރުމަށް އެމްޓީސީސީން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ބޮޑު ބާރެކެވެ. ރައްޔިތުންގެ ކުންފުނީގެ ގޮތުގައި ފާހަގަކުރެވޭ އެމްޓީސީސީން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ޤައުމު ބިނާކުރުމުގައި ބައިނަލްއަޤްވާމީ އެންމެ މަތީ މިންގަނޑުތައް ހިފެހެއްޓުމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް