ގއ. ދެއްވަދޫގެ ކުޅިވަރުގެ އުމްރާނީ ވަސީލަތްތައް ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން، އެ ރަށު ފުޓުބޯޅަ ދަނޑުގައި ލައިޓް ޕޯސްޓްތައް ހަރުކުރުމުގެ އަމަލީ މަސައްކަތް ފަށައި، ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
މި މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރަމުން އެމްޓީސީސީން އެކްސްގައި ބުނެފައިވަނީ، ދެއްވަދޫ ފުޓުބޯޅަ ދަނޑުގެ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށްދާއިރު، މިހާރު އެ ކުންފުނިން ސަމާލުކަން ދީގެން ކުރިއަށްގެންދަނީ ދަނޑުގެ އަލިކުރުމުގެ ނިޒާމު ފުރިހަމަކުރުމަށްޓަކައި ލައިޓް ޕޯސްޓްތައް އިންސްޓޯލްކުރުމުގެ މަރުޙަލާ ކަމަށެވެ.
ދައުލަތުގެ ބަޖެޓުން ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢަކީ ގާތްގަނޑަކަށް 1.3 މިލިއަން ރުފިޔާގެ އަގުހުރި މަޝްރޫޢެކެވެ. މީގެ ދަށުން ޒަމާނީ ފެންވަރަށް ދަނޑުގެ ބިންގަނޑު ކޮނުމާއި، އެއްވަރުކުރުމުގެ އިތުރުން ޓާފް އެޅުމަށް ބޭނުންވާ ސަބްބޭސް ތައްޔާރުކުރުމުގެ މުހިންމު މަސައްކަތްތައް ހިމެނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރަށްރަށުގެ އިޖުތިމާޢީ ފޭރާމާއި ޒުވާނުންގެ ދުޅަހެޔޮކަން އިތުރުކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވާއިރު، މީގެކުރިން އެކި ސަބަބުތަކާހުރެ މެދުކެނޑިފައިވާ ކުޅިވަރުގެ ގިނަ މަޝްރޫޢުތަކެއް މިހާރު ވަނީ އަލުން ފަށާފައެވެ. އެގޮތުން، ރަށު ފެންވަރުގައްޔާއި އަތޮޅު ފެންވަރުގައި ވާދަވެރި އަދި ފޯރިގަދަ މުބާރާތްތައް ބޭއްވޭނެ މަގު ތަނަވަސްކޮށްދިނުމަށްޓަކައި، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ފުޓްސަލް ދަނޑުތައް ހެދުމާއި، ބާވެފައިވާ ޓާފްތައް ބަދަލުކޮށް މަރާމާތުކުރުމުގެ މަސައްކަތްތައް ސަރުކާރު ހިއްސާވާ ކުންފުނިތަކާ ޙަވާލުކޮށްގެން އަންނަނީ ނިންމަމުންނެވެ.
ދެއްވަދޫ ފުޓުބޯޅަ ދަނޑުގެ މަސައްކަތް ނިމި ބޭނުންކުރަން ފެށުމުން، އެ ރަށުގެ ޒުވާނުންނަށާއި ކުޅިވަރަށް ލޯބިކުރާ އެންމެހައި ފަރާތްތަކަށް ރޭގަނޑާއި ދުވާލު، ޒަމާނީ ފެންވަރުގެ ރައްކާތެރި މާޙައުލެއްގައި ކުޅިވަރު ކުޅުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ. މިއީ އެ ރަށުގެ ކުޅިވަރުގެ މުސްތަޤުބަލަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.

ކިޔުންތެރިންގެ ހިޔާލު