[ރިޝްފާން ބުންޏެއްކަމަކު، އެކަހަލަ ކުއްޖަކު ކިހިނެއް ގެންގުޅޭނީވެސް. ރިޝްފާން އުޅޭވަރުން ނޫންނަމަ، އަހަރެން މިހާރު އެކުއްޖާގަނޑު ބޭރުކޮށްފީމުސް.] މާޔާ ބުންޏެވެ. ރުޅިއައިސްފައި ހުރެއެވެ.
[އެކަމާ މާބޮޑަށް މާޔާ އަޅާނުލާ. ދުވަސްކޮޅަކުން ހަމަޔަކަށް އެޅިދާނެ. މިހާރުވެސް ދޭތެރެ ދޭތެރެއިން މާޔާއަށް މަންމަވެސް ކިޔައެއްނު.] މަލީޙާ މާޔާއަށް ވިސްނައިދިނެވެ.
[އާނ، އެކަނި ރިޝްފާން ގޭގައި އުޅޭ ގަޑިތަކުގައި، އަހަރެން އޭނަގެ މަންމަޔަކަށްވޭ. އެހެން ނޫނީ އެމަންޖެގެ ކަމަކީ އަހަންނަށް ޖެއްސުން ކުރުމޭ ބުންޏަސް ދޮގަކަށް ނުވާނެ.] މާޔާއަށް މިހެން ބުނެވުނު ވަގުތު ރިޝްފާ ރޯއަޑު ބޭރުން އިވުނެވެ.
[އެކުއްޖާ ރޯއަޑު......] މަލީޙާއާއި މާޔާ އެއްކޮށް ކަހަލަ ގޮތަކަށް ކޮޓަރިން ނުކުތެވެ. ބޭރަށް ނުކުމެވުމާއެކު، އެވެރިންނަށް ފެނުނީ ޢަޖައިބުވާފަދަ މަންޒަރެކެވެ.
ރިޝްފާ ބަގީޗާތެރޭ ހުރެ ރޮއިރޮއިފައި ކޮންމެވެސް ވާހަކަތަކެއް ދައްކަނީއެވެ. އެކަނިމާއެކަނި ހުރެއެވެ. މާޔާއާއި މަލީޙާ މަޑުމަޑުން ހިނގާފައި ގޮސް ރިޝްފާ ދައްކާ ވާހަކަތައް އަޑުއިވޭހާ ހިސާބުގައި ހުއްޓިލައިފިއެވެ.
[މަންމާ...ކޮއްކޮ ދެރަވަނީ....ކޮއްކޮ ގެންދޭ....] ރިޝްފާ ރޮއިރޮއިފައި ބުނިއަޑު އިވުނެވެ. މަލީޙާއާއި މާޔާ، އެކަކު އަނެކަކުގެ މޫނަށް ބަލައިލިއެވެ.
[މަންމާ...ކޮއްކޮ ދެން މިގޭގައި ހުންނާކަށް ބޭނުމެއް ނޫން...ބައްޕަ ކިތަންމެ ރަނގަޅަސް، ކޮއްކޮއަކަށް މިގޭގައި ނުހުރެވޭނެ.] ދެންވެސް ކުޑަކުޑަ ރިޝްފާ ރޮމުން ވާހަކަ ދެއްކިއެވެ.
[ރިޝްފާ....] އެކަނިހުރެ އެ މަޢުޞޫމް ކުއްޖާ ރޯތަން ފެނުމުން މާޔާގެ ހިތުގައި ރަޙުމް އުފެދުނީކަންނޭނގެއެވެ. އޭނާ ނިކަން އޯގާތެރި ރާގަކަށް ރިޝްފާއަށް ގޮވިއެވެ. މާޔާގެ އަޑަށް ރިޝްފާއަށް ސިހުން ލިބުނެވެ. ވަގުތުން ރިޝްފާގެ ބަސް ހުއްޓުނެވެ. ނަމަވެސް އޭނާ ގެޔަށް ވަންނާކަށް ނޫޅެއެވެ. އެއިން ގޮތަށް މާޔާމެނާ ދިމާއަށް ބަލަހައްޓައިގެން އިނީއެވެ.
[ރިޝްފާ އެތެރެޔަށް ވަދޭ. އެކަނިހުރެ ކޮން ހާސަރުތަކެއް ތިކިޔަނީ...] މާޔާ ގޮސް ރިޝްފާގެ އަތުގައި ހިފިއެވެ. މިފަހަރު ރިޝްފާ އެއްވެސް ގަދަހެދުމަކާނުލާ މާޔާއާއެކު ހިނގައިގެންފިއެވެ.
[ހިތަށް އަރައިފިއްޔާ، ނިކަން ބަސްއަހާނެ. މަންމަ މަރުވުމުން، ނަފްސާނީ މައްސަލަތަކެއް ދިމާވެގެން އުޅެނީކަންނޭނގެ...] ރިޝްފާގެ އަތުގައި ހިފައިގެން މާޔާ އެތެރެޔަށް ވަންނަމުން މަލީޙާއާ ވާހަކަ ދެއްކިއެވެ.
[ކޮއްކޮގެ މަންމަ މަރެއްނުވޭ...ބައްޕަވެސް އެބަހުރި. މަންމަވެސް އެބަހުރި....ކޮންމެ ދުވަހަކުވެސް ކޮއްކޮއާ މަންމަ ބައްދަލުކުރޭ...] ރމާޔާއާ ދިމާއަށް ރިޝްފާ ތުންދިއްކޮށްލިއެވެ. ނަމަވެސް، މާޔާ އެކަމަކާ އަޅައެއްނުލައެވެ. އޭނާ މަލީޙާއަށް ނިތްއަރުވާލިއެވެ.
އެދުވަހު މެންދުރުވުމުގެ ކުރިން ރިޝްފާނާއި ޒައިދު ކުޑަދަރިފުޅަށް ބޭނުންވާނޭ ގިނަ ސާމާނު ގަނެގެން އައެވެ.
[މިހާރު ދެން ހޯދަންޖެހޭނީ އެނދު އެކަނި....ވިހައިގެން ގެޔަށް އަންނަ މަގުމަތީގައި އެނދު ގަންނަން އަހަރެން ޤަޞްދުކުރަނީ....] މާޔާއާއި މަލީޙާ އެއްޗެހިތައް ހާވަން ފެށުމުން ރިޝްފާން ބުންޏެވެ.
[އަހަރެން ބޭނުންވަނީ އުނދޯއްޔަކަށްވެސް ފުދޭ ވައްތަރުގެ ހެއްލޭ އެނދެއް.] ފަހަރަކު އެއްޗެއް ކޮތަޅުން ނަގާ ބަލަމުން މާޔާ ބުންޏެވެ.
[ޒައިދުވެސް ކިޔަނީ ތިބުނާ ފާޑުގެ އެނދެއް ގަންނާށޯ...] ޒައިދާ ދިމާއަށް ބަލައިލަމުން ރިޝްފާން ބުންޏެވެ.
[މާނަޔަކީ ރިޝްފާނަށް ވުރެން ބޮޑަށް މާޔާގެ ޚިޔާލު ޒައިދަށް އެނގެޔޭދޯ....] މަލީޙާ ރިޝްފާނާ ދިމާކޮށްލިއެވެ.
[ތިހެންވެސްމެ....ކޮބައިތަ ރިޝްފާ....؟] ރިޝްފާން ކުއްލިއަކަށް ހަނދާންވާފަދަ ގޮތަކަށް އެއްސެވެ. މާޔާ ބުނީ ޖެހިގެން ހުރި ކޮޓަރީގައި އޭނާ ކުޅެން އެބައުޅޭ ކަމަށާއި، ވިހެއުމުގެ ކުރިން މަލީޙާމެނާ ނުވަތަ ރިޝްފާން މަންމަޔާ ރިޝްފާ ޙަވާލުކުރުމަށެވެ.
[ތިކަމާ އަހަރެންވެސް އެބަ ވިސްނަން. ބޮޑަށް ރަނގަޅުވާނީ މަލީޙާއާއި ޒައިދާ ޙަވާލުކުރިއްޔާ.] ރިޝްފާން މިހެން ބުނެފައި، ރިޝްފާ ހުރިކަމަށް މާޔާ ބުނި ކޮޓަރިއާ ދިމާއަށް ހިނގައިގެންފިއެވެ.
އޭނާ ކޮޓަރިއާ އަރާހަމަވި ވަގުތު ކޮޓަރި ތެރެއިން ކުޑަކުޑަ ރިޝްފާ ވާހަކަ ދައްކާ އަޑު އިވުނެވެ. ވުމާއެކު، ރިޝްފާން ދޮރުމަތީގައި ހުއްޓުނެވެ.
[މަންމާ...މަންމަވެސް މިގޭގައި ބައްޕަޔާ ކޮއްކޮޔާއެކު އުޅެން އަންނަންވީނު...މަންމަޔާ ދުރުގައި އުޅެން ކޮއްކޮ ވަރަށް ފޫހިވޭ....ދެރަވެސްވޭ...މާޔާ މަންމަ...ކޮއްކޮޔަކަށް ރަނގަޅެއް ނޫން.] ރިޝްފާން ނިކަން ސިއްރު ސިއްރުން ދޮރު ކުޑަކޮށް ހުޅުވާލިއެވެ. އެޔާއެކު ރިޝްފާންގެ ދލޯ ބޮޑުވިއެވެ. ހީވަނީ ރިޝްފާ އޭނަޔާ ގާތުގައި އިން މީހަކާ ވާހަކަ ދައްކަނީހެންނެވެ. ބައެއްފަހަރު ރޯލައެވެ. އަނެއްބައިފަހަރު ހީލައެވެ. އެހެންކަމުން، ރިޝްފާން ބިރުވެސްގަތެވެ.
[އަދި ކެތްކުރޭ ދަރިފުޅާ...އަބަދުގެ އަބަދަށް އަދި މަންމަ ދަރިފުޅުގެ ގާތަށް މިގެޔަށް އަންނާނަން...] ރިޝްފާނަށް އަޑު ނީވުނަސް، އެތާނގައި ހުރެ ރިޝްފާގެ މަންމަ ރިޝްފާޔާ އެބަ ވާހަކަ ދައްކައެވެ.
[ކުރީ ދުވަހުވެސް މަންމަ ބުނީމެއްނު....ނިކަން އަވަހަށް މިގެޔަށް ބަދަލުވެ، މާޔާ މަންމަ މިގެއިން ނެރެލާނަމޭ....] ރިޝްފާ މިހެން ބުނި ވަގުތު ރިޝްފާން ދޮރު އެކަށް ހުޅުވައިފިއެވެ. ރިޝްފާ ދިޔައީ ސިއްސައިގެނެވެ.
[ދަރިފުޅާ....އެކަނި އިނދެ ވާހަކަ ދައްކާކަށް ނުވާނެ. މާޔާ މަންމަ ދަރިފުޅުދެކެ ނުލާހިކު ލޯބިވެއެއްނު.] ރިޝްފާން ވަދެގެން އައިސް ރިޝްފާ އުރާލިއެވެ.
[މާޔާ މަންމަ ރަނގަޅެއް ނޫން...] ރިޝްފާ ތުން އޫކޮށްލިއެވެ.
[ހާދަހާ ތުންދިގު ކުއްޖެއް...] ރިޝްފާ އުރާލައިގެން ގޮސް މާޔާމެން ތިބި ކޮޓަރިޔަށް ރިޝްފާން ވަނުމުން މަލީޙާ ބުންޏެވެ.
[މަލީޙާ ދައްތައާއި ޒައިދުބޭ އެއުޅެނީ ދުވަސްކޮޅަކަށް ދަރިފުޅު އެގެޔަށް ގެންދަން.] މަލީޙާގެ އުނގުގައި ރިޝްފާ ބައިންދަމުނ ރިޝްފާން ބުންޏެވެ.
އެދުވަހު މަލީޙާމެން ގެޔަށް ދިޔައީ ރިޝްފާ ގޮވައިގެނެވެ. މާޔާއަށް އިޙްސާސް ކުރެވުނީ، އޭނާގެ ބޯމަތީގައިވާ ބަރެއް ގެންދިޔައީ ކަމުގައެވެ. އެހާވެސް އޭނާގެ ހިތަށް ފަސޭހަވިއެވެ. އެކަމާ ބެހޭގޮތުން މާޔާ ރިޝްފާނާ ވާހަކަ ދެއްކީ، އެރޭ ނިދަން ކޮޓަރިއަށް ވަދެ ތިބެއެވެ.
[ރިޝްފާން...އެކުއްޖާ ދެން މިގެޔަށް ގެންނާނެ ކަމެއްނެތް. އަހަރެންދެކެ އެހާ ރުޅިއަންނަ ކުއްޖަކު....ކިތަންމެ ކުޑަ ކުއްޖަކަސް، ކިހިނެއް ހިތްހަމަޖެހިގެން ގެންގުޅެވޭނީވެސް.] މާޔާ ބުންޏެވެ. އެއީ ރިޝްފާންވެސް ވިސްނާފައިވާ ގޮތެވެ. އޭނާވެސް ނިންމާފައިވަނީ، ދާއިމަށް ޒައިދުގެ ޙަވާލުގެ ދަށުގައި އެކުއްޖާ ބެހެއްޓުމަށެވެ.
[އަހަރެންވެސް ވިސްނަނީ އަނބުރާ ނުގެންނަން.] ރިޝްފާންގެ މި ޖުމްލައިން މާޔާއަށް ލިބުނީ އިންތިހާ ދަރަޖައިގެ އުފާވެރިކަމަކާއި ހިތްހަމަޖެހުމެކެވެ.
[ވަރަށް ނިދިއަތުވެއްޖެ...ހިނގާ ނިދަމާ...] އާފުރިލަމުން މާޔާ އެނދުގައި އޮށޯތެވެ. މާޔާއާ ޖެހި ފިތިގެން ކަހަލަ ގޮތަކަށް އެނދުގެ މަގަތުގައި ރިޝްފާންވެސް އޮށޯތެވެ.
މާގިނައިރުތަކެއްނުވެ މާޔާ އަރާމު ނިންޖެއްގެ ތެރެޔަށް ގެނބިގެން ހިނގައްޖެއެވެ. ނަމަވެސް، ނިދި ނާންނާތީކަންނޭނގެއެވެ. ދެފަރާތަކަށް ފުރޮޅިލަ ފުރޮޅިލާ ރިޝްފާން އޮތީއެވެ.
[ބައްޕާ...ބައްޕާ....] އެގޮތަށް އޭނާ އޮއްވާ އޭނާއަށް ސިހުން ގެނުވީ މެދުގޭތެރޭން އިވުނު ރިޝްފާގެ އަޑުންނެވެ. ހަމައެއާއެކު އޭނާއަށް ބަލައިލެވުނީ އެނދުގެ ސައިޑް ކަބަޑް މަތީގައި ހުރި ގަޑިއަށެވެ. ގަޑިން މެންދަމުން އަނބުރާ ދޭއްޖަހާ ބޮޑުވީއެވެ. މިފަދަ ވަގުތެއްގައި ރިޝްފާގެ އަޑު އިވެންވީ ކީއްވެހޭ ހިތަށްއެރި ނަމަވެސް، ދެވަނަފަހަރަށް އެ އަޑު އިވުނީމާ ނިކަން ބާރަށް ގޮސް އޭނާ ކޮޓަރިން ނުކުތެވެ.
އެޔާއެކު އޭނާގެ ޙައިރާންކަމާއި ނުތަނަވަސްކަން އިންތިހާޔަށް ދިޔައެވެ. މެދުގޭތެރެޔަކު މީހެއްގެ ހިލަންވެސް ނެތެވެ.
[ބައްޕާ....] މިފަހަރު އަޑުއިވުނީ ބޮޑު ކޮޓަރިންނެވެ. އޭނާ ނިކަން ހަލުވިކޮށް ގޮސް ބޮޑު ކޮޓަރިއަށް ނުކުތެވެ. އެއާއެކު އޭނާއަށް ލިބުނީ ބޮޑު ޝޮކެކެވެ. ދޮރުމަތީގައި ހިނިއައިސްފައި ހުރީ ކުޑަކުޑަ ރިޝްފާއެވެ. އެކަނިމާއެކަންޏެވެ.
[ދަރިފުޅާ...މިހާ ދަންވަރު ކާކާއެކު ތިއައީ!؟] އިތުރު މީހަކު ފެނޭތޯ ވަށައިގެން ހޯދާލަމުން ރިޝްފާން އެހިއެވެ.
[މަންމަޔާއެކު....] ޖަވާބުދެމުން ރިޝްފާ ބަލައިލީ، ގެޔަށް ވަންނަ މައިދޮރާ ދިމާއަށެވެ. އޭރު ހުޅުވާފައިވާ ދޮރުން އަންހެނަކު އެތެރެޔަށް ވަންނަނީއެވެ.
[ޝަބްނަމް....] ރިޝްފާނަށް ޤަބޫލުކުރަން ދަތިވިއެވެ. ފެންނަނީ ހުވަފެނެކޭ ހިތާ ދެތިންފަހަރު ލޯ އުނގުޅާވެސްލެވުނެވެ.
[އާނ، ޝަބްނަމް....] ނިޝްފާ އުރާލާ ޝަބްނަމް ލޯބިކޮށްލިއެވެ. ރިޝްފާންގެ ކުރިމަތީގައެވެ.
އޭރުވެސް ޢަޖައިބުވެ އަންތަރީސްވެފައި ރިޝްފާން ހުއްޓެވެ.
[ތީ ހަމަ ޝަބްނަމްތަ؟] އަދިވެސް ރިޝްފާން އެހުރީ ޤަބޫލުކުރަން ދަތިވެފައެވެ.
[އާނ...ޝަބްނަމް...މިހާރު އެނގިއްޖެދޯ މިއީ ކާކުގެ ދަރިއެއްކަންވެސް...] ޝަބްނަމް އަނެއްކާވެސް ކުޑަކުޑަ ރިޝްފާއާ ލޯބިކޮށްލިއެވެ.
[ތީ އަހަރެންގެ ދަރިފުޅުތަ؟] ރިޝްފާންގެ ދެލޯ ބޮޑުވިއެވެ.
[އާނ....މީ ރިޝްފާންގެ ބޭވަފާތެރި ލޯބީގެ ނިޝާން. ރިޝްފާނަށް ނޭނގުނަސް އަބަދުވެސް ދުރާއި ގާތުން އަހަރެން ރިޝްފާނާއި މި ދަރިފުޅުގެ ޙާލު ބަލަން.] މިހެން ބުނެވުނުއިރު ޝަބްނަމްގެ ދެލޯވަނީ ފެންކަޅިވެފައެވެ.
[ޝަބްނަމް އިންޑިޔާއަށް ނުދަނީތަ؟] ރިޝްފާން އެއްސެވެ.
[ރިޝްފާންގެ އެއްވެސް ސުވާލަކަށް އަދި އަހަރެން ޖަވާބެއް ނުދޭނަން...ފަހުން ހުރިހާ ކަމެއްވެސް ރިޝްފާނަށް އެނގޭނެ....އެކަމަކު ބުނަން، އަހަރެން އައި ވާހަކަ އެއްވެސް މީހެއްގެ ގާތު ބުނެގެން ނުވާނެ. ވަރިހަމަ ޒައިދުވިޔަސް. އެކަމަކު މީގެފަހުން މިގެއިން ރިޝްފާ ބޭރުކޮށްގެން ނުވާނެ. އަހަރެން ރިޝްފާ މިގެނައީ، އެގޭގައި ނިދާފައި އޮއްވާ. މިރޭ އަހަރެން ރިޝްފާ އެގެޔަށްލިޔަސް، މާދަމާ މިގެޔަށް ގެންނަންވާނެ. ބައްޕަގެ ލޯބިވެސް ދޭންވާނެ.] މިހެން ބުނެފައި، ރިޝްފާނަށް އިތުރު ސުވާލު ކުރާނެ ފުރްޞަތެއްވެސް ނުދީ ޝަބްނަމް ހިނގައިގެންފިއެވެ. ރިޝްފާ އުރާލައިގެނެވެ.
ޝަބްނަމް ލޯމަތިން ގެއްލެންދެންވެސް އާގަމަވެފައި ރިޝްފާން ހުއްޓެވެ.
އެރޭގެ އެކަންތައްވީ ރިޝްފާންގެ ސިކުނޑިއަށް އައި ޠޫފާނަކަށެވެ. ވިސްނާ ވިސްނާ ބައެއްފަހަރު ސިކުނޑި ސުމަކަށްދާވަރުވެއެވެ. އެހެން އެއްވެސް ފަރާތަކަށް އެވާހަކަ ކިޔައިނުދިނުމަށް ޝަބްނަމް އިންޒާރުކޮށްފައިވުން އެއީ ސިކުނޑިއަށް އުނދަގޫ ކުރަމުންދާ ބޮޑު ފިކުރުތަކެކެވެ.
ރިޝްފާ އަނބުރާ ގެންނަން މާޔާ ގާތު ދައްކާނީ ކޮން ބަހަނާއެއްތޯވެސް އޭނާ ވިސްނާ ފިކުރު ކުރެއެވެ.
ޙަޤީޤަތުގައި ސިކުނޑިއަށް ފުނިޖެހޭ ހަމަނުޖެހުންތަކަށް ލުޔެއް ހޯދުމަށްޓަކައި ރައްޓެއްސެއްގެ އެހީ ނުވަތަ ގާތްތިމާގެ ލަފާދާރެއްގެ އެހީ ހޯދުމަކީ ބޭނުންތެރި ކަމެކެވެ. ނަމަވެސް، މިއަދު އެކަން ކުރެވޭކަށްވެސް އޭނާޔަކަށް ނެތެވެ. ކަނޑައެޅިގެން ޝަބްނަމް ވަނީ އެ ދޮރު އޭނަޔަށް ބަންދުކޮށްފައެވެ.
ޝަބްނަމާ ދެކޮޅަށް މިއަދު އޭނާއަށް އެއްކަމެއްވެސް ނުކުރެވޭނެއެވެ. ރިޝްފާންގެ ދިރިއުޅުން ޝަބްނަމް ބޭނުންގޮތަށް ރޫޅާލުމުގެ ފުރިހަމަ ބާރު ޝަބްނަމަށް ލިބިފައިވެއެވެ.
ޖެހިގެން އައި ދުވަހު ހެނދުނު ރިޝްފާން ޒައިދުމެންގެޔަށް ދިޔައެވެ. ރިޝްފާ ބަލައެވެ. ދިމާވީ ހެޔޮ އިއްތިފާޤަކާއެވެ. އޭނާ އެގެޔަށް ދިޔައިރު ބައްޕަ ގާތަށް ދާން އެދި ރިޝްފާ ރޮއި ބޮޑާހާކަނީއެވެ. ރިޝްފާން އެގެޔަށް ވަނުމާއެކު، ރިޝްފާ ދުވެފައި ގޮސް ބައްޕަގެ ކަރުގައި އެލިގަތެވެ.
އަދި ބައްޕަ އައީ އަހަރެން ބަލައޭ ކިޔާ އުފާ ފާޅުކުރަން ފެށިއެވެ.
[އާނ...ބައްޕަ މިއައީ ދަރިފުޅު ބަލާ...އަވަހަށް ހިނގާ ދާން...] ރިޝްފާންވެސް ދަރިފުޅާ އެއްބައިވިއެވެ.
[ގެންދަނީތަ؟] ޒައިދު އެއްސެވެ.
[އާނ...މާބޮޑަށް މިމަންޖެ މަތިން ހަނދާންވާތީ، އަހަރެން މިއައީވެސް....] ރިޝްފާން ބުންޏެވެ.
[އޭރުން! މާޔާ ވިހެއީމާ ހާދަ އުނދަގުލެއްވާނެޔޭދޯ؟] ޒައިހާ ދިމާއަށް ބަލައިލަމުން މަލީޙާ ބުންޏެވެ.
[މާޔާ ވިހައިގެން އުޅޭއިރު އަހަރެންގެ މަންމައާއި މާޔާ މަންމަވެސް އަހަރެމެން ގޭގައި އުޅޭނެއެއްނު. ހުރިހާ ކަމެއްވެސް ރަނގަޅުވާނެ....ޒައިދުމެންވެސް ގޮސް އުޅޭނަމެއްނު.] މިހެން ބުނެފައި މާގިނައިރު ވާހަކަ ދައްކަން ހުރެވޭކަށް ނެތޭ ބުނެފައި، ރިޝްފާން އޭނާގެ ދަރިފުޅު ގޮވައިގެން ހިނގައިގެންފިއެވެ.
[ދަރިފުޅުވާނެ، މާޔާ މަންމަގެ ބަސްއަހަން...އޭރުން އެ މަންމަވެސް ދަރިފުޅުދެކެ ނިކަން ލޯބިވާނެ.] ގެޔަށްދިޔަ މަގުމަތީގައި ރިޝްފާން ދަރިފުޅަށް ވިސްނައިދިނެވެ.
[ލައްބަ...ބައްޕާ...އެކަމަކު ބައްޕާ ކޮއްކޮ އެންމެ ލޯބިވަނީ މަންމަދެކެ...ދެން ބައްޕަދެކެ....] މިހާރު ކުޑަކުޑަ ރިޝްފާވަނީ ނިކަން އުފާވެފައެވެ. އޭރު ރިޝްފާންމެންގެ ގެޔާ ހަމަޔަށް އާދެވިއްޖެއެވެ. އެހެންކަމުން ރިޝްފާން ދެން އިތުރަށް މާގިނަ ވާހަކަތަކެއް ނުދައްކައި ގެޔަށް ވަދެއްޖެއެވެ.
[ރިޝްފާން! ތިމަންޖެ އަނެއްކާވެސް ގެނައީ....] ރިޝްފާ އުރާލައިގެން ރިޝްފާން ވަނުމުން މާޔާ އެއްސެވެ.
[އާނ...އަހަރެން އެގެޔަށް ވަންއިރު މި މަންޖެ މިގެޔަށް އަންނަން ރޮނީ. އެހެންވެ ގެނައީ....އެހެން ނޫނަސް މާޔާ ވިހެއީމާވެސް މާބޮޑު އުނދަގުލެއް ނުވާނެއެއްނު. މާޔާ މަންމަ....އުޅޭނެ....އަނެއްކޮޅުން އަހަރެންގެ މަންމަވެސް މިގެޔަށް އެދުވަސްކޮޅު ބަދަލުވާނެ.] ރިޝްފާން ހަމަޖައްސާލިއެވެ. އޭރު އޭނާގެ އުރުގައި އިން ރިޝްފާ ހިނިއައިސްފައި އިނެވެ.
ރިޝްފާ އެގެޔަށް ގެނެވުމަކީވެސް ރިޝްފާނަށް ލިބުނު ހިތްހަމަޖެހުމަކަށް ނުވާނެއެވެ. އޭނާޔަށް މިހާރު އެވަނީ ނިކަން ފުން ވިސްނުންތަކަކާ ކުރިމަތިލާން ޖެހިފައެވެ. ކުޑަކުޑަ ރިޝްފާގެ ފުށުންވިޔަސް ޝަބްނަމްގެ ކަންތައް ކިރިޔާ މާޔާއަށް މޭރުންވިޔަސް، ވާނޭ ގޮތަކާ ދޭތެރޭވެސް އޭނާއަށް ޚިޔާލު ކުރެވެއެވެ.
އެހެންކަމުން، ދަރިފުޅަށް ވިސްނައިދިނުމަށް ޝަބްނަމް ގާތު އެދުމަށާއި، ޝަބްނަމްގެ ކިބައިން މަޢާފަށް އެދުމަށް އިސާހިތު އޭނާގެ ހިތް އެދެން ފަށައިފިއެވެ.
ވުމާއެކު، ޝަބްނަމް އުޅޭ ތަނެއް ހޯދުމުގެ ޝައުޤު އޭނާގެ ހިތުގައި އަށަގެންފިއެވެ. ޝަބްނަމް އުޅޭ ތަނެއް އެންމެ ރަނގަޅަށް އެނގޭނީ އެމީހުންގެ ދަރިފުޅު ރިޝްފާޔަށެވެ. ވުމާއެކު، އޭނާ ޤަޞްދުކުރީ އެކަހެރިކޮށް ރިޝްފާޔާ ވާހަކަ ދައްކައިގެން އަލިމަގެއް ހޯދާށެވެ.
[ދަރިފުޅާ....ދަރިފުޅުގެ މަންމަ އުޅެނީ ކޮންތާކު؟] ރިޝްފާގެ އަތުގައި ހިފައިގެން ބަގީޗާތެރެޔަށް ނިކުންނަމުން ރިޝްފާން އެއްސެވެ.
[ބަގީޗާގައި...ކޮންމެ ދުވަހަކުވެސް ބަގީޗާތެރެއިން ކޮއްކޮއާ މަންމަ ބައްދަލުކުރޭ...ހިނގާބަލަ ބައްޕާ.....ކޮއްކޮއަށް މަންމަގެ ވަސް އެބަދުވާ....] ކުޑަކުޑަ ރިޝްފާ ބައްޕަގެ އަތުގައި ހިފައިގެން ހިނގައިގެންފިއެވެ. ރިޝްފާ ބައްޕަގެ އަތުގައި ހިފައިގެން ނުކުތީ، އެގޭ ގޯތިތެރެއިންވެސް ބޭރަށެވެ. އެއަށްފަހު، އެ މަންޖެގެ މިޞްރާބުހުރީ އެގެޔާދިމާ އަތިރިޔަށެވެ. އެއީ އެންމެ ގިނައިން ޝަބްނަމާ ރިޝްފާން ބައްދަލުކުރާ ތަނެވެ. އެމީހުންގެ އެންމެފަހުގެ ބައްދަލުވުންވެސް އޮތީ އެތަނުގައެވެ.
ގޮނޑުދޮށުގައި ފައި ބީހިލުމާއެކު، ރިޝްފާނަށް އެ ހަނދާންތަކުގެ ތެރެޔަށް އާދެވުނެވެ. މަޑުމަޑުން އޭނާއަށް ދެލޯ މަރާލެވުނެވެ. އެ ޚިޔާލުތަކުގައި ހުރެމެއެވެ.
[ބައްޕާ.....އެއިނީ މަންމަ....] ބައްޕަގެ ގައިގައި ރިޝްފާ ކޮއްޓާލަމުން މާދުރު ނޫން ހިސާބެއްގެ ރާޅުޖަހާފަށުގައި ރޮވިފައި އިން ޝަބްނަމް ދައްކާލިއެވެ.
އެމީހުންގެ ލޯބީގެ ހަނދާންތައް އާކޮށްފައި ޝަބްނަމް ރޮނީކަންނޭނގެއެވެ. ރިޝްފާން އެދިމާޔަށް ހިނގައިގެންފިއެވެ.
[ޝަބްނަމް....] ޝަބްނަމާ އަރާހަމަކޮށް ރިޝްފާން ގޮވާލިއެވެ.
[އާނ....ރިޝް...] ގިލަންވެރި އަޑަކާއެކު ޝަބްނަމް ރިޝްފާނާ ދިމާޔަށް އެނބުރެމުން، ލޮލުގައިވާ ކަރުނަތައް އަތުގެ ނުފުށުން ފުހެލިއެވެ.
[ޝަބްނަމް ރޮނީތަ؟] ޝަބްނަމްގެ ކުރިމައްޗަށް ރިިޝްފާން ޖެހިލިއެވެ.
[ރުއިން ނޫން އެހެން ގޮތެއް ނެތިއްޔާ ރޯނީނު ހަމަ.] ގިލަންވެރި އާހަކާއެކު ޝަބްނަމް ބުންޏެވެ. އޭނާ ބޭނުންވަނީ ހިތާމަޔާއި ގިލަންވެރި އަސަރު ދައްކައިގެން ރިޝްފާންގެ ހަމްދަރުދީ ހޯދާށެވެ. އެހިނދު އޭނާ އެމަޤްޞަދު ޙާޞިލްކުރިވެސް މެއެވެ.
ޝަބްނަމްގެ ރުއިމުގެ އަސަރުން މާގިނައިރުތަކެއްނުވެ ރިޝްފާންގެ ހިތުގައި ރަޙުމް އުފެދުނެވެ.
[ނުރޮއޭ....ޝަބްނަމް...އަހަރެން ޝަބްނަމަށް އެހީވާނަން...ޝަބްނަމް ކީއްވެތަ، ދަރިފުޅު ގޮވައިގެން އިންޑިޔާއަށް ނުދިޔައީ....] ޝަބްނަމްގެ ދެލޯ ފޮހެދެމުން ރިޝްފާން ބުންޏެވެ.
[ރިޝްފާން ފެންނަފަށުން ދުރަށް ދެވޭނެ ހިތްވަރުނެތީ....ރިޝްފާނަށް ނޭނގެނީތަ، އަހަރެން ރިޝްފާންދެކެ ލޯބިވާ މިންވަރު...އަހަރެން ބޭނުން، ރިޝްފާންގެ ދިރިއުޅުމަށް އަންނަން.....މާޔާއަކީ ރިޝްފާންގެ ޙަޔާތަށް މާފަހުން އައި މީހެއް....] އިސްއޮބާލައިގެން އިނދެ ޝަބްނަމް ބުންޏެވެ.
[އެކަމަކު...ޝަބްނަމް...އަހަރެން ކިހިނެއްތަ، އަހަރެންގެ ދިރިއުޅުމަށް ޝަބްނަމް ގެންނާނީ...؟] ރިޝްފާނަށް މިހެން ބުނެވުނު ވަގުތު ދުވަމުން ދުވަމުން އެމީހުންގެ ދަރިފުޅު ރިޝްފާ އެތަނަށް އައިސް ހުއްޓިއްޖެއެވެ. އަދި އެމަންޖެ ބުންޏެވެ.
[މާޔާ މަންމަ ބައްޕަ އެބަ ހޯދާ....ހީވަނީ މާޔާ މަންމަ ބަނޑަށް ތަދުވެގެން އުޅޭހެން.] ރިޝްފާ މިހެން ބުނީމާ، ދަނީއޭވެސް ބުނުމަކާނުލާ ރިޝްފާން ނިކަން ބާރަށް ގެޔާ ދިމާއަށް ހިނގައިގެންފިއެވެ. ޝަބްނަމް ހިތްހަމަނުޖެހިފައި ތުން އަނބުރާލިއެވެ. ރިޝްފާ އައިސް ޝަބްނަމްގެ އުނގަށްއެރިގަތެވެ.
[މަންމާ...ކޮންދުވަހަކުތަ، މަންމަ އެގޭގައި އުޅެން އެގެޔަށް ދާނީ...؟] ޝަބްނަމްގެ ކަރުގައި އެލިގަންނަމުން ކުޑަކުޑަ ރިޝްފާ ވާހަކަ ދެއްކިއެވެ.
[އަދި ނޭނގެ.... މަންމަ އެގެޔަށް ގެންދާކަށް ދަރިފުޅު ބައްޕައެއް ނޫޅެއެއްނު.] އަނެއްކާވެސް ޝަބްނަމް ފެންކަޅިވިއެވެ.
[ތިހެންވީއިރު، ކޮއްކޮ...މާޔާ މަންމައަށް އުނދަގޫކުރާނަން.] ރިޝްފާ މޭ ފުއްޕާލަމުން، އެހެން ބުނެލިއިރު ހީވަނީ ސާދަ ފަނަރަ އަހަރުގެ ކުއްޖެއްހެންނެވެ.
ދާދި ހަމަ އެވަގުތެވެ. ރިޝްފާނަށް ގެޔަށް ވަދެވުނުއިރު، ބަނޑަށް ތަދުވާތީ މާޔާ އެނބުރެނީއެވެ. ޓެކްސީއަކަށް ގުޅާލުމަށްފަހު، ރިޝްފާން ގުޅީ ޒައިދަށާއި އޭނާގެ މަންމައަށެވެ. އިސާހިތު އެންމެންވެސް އެގެޔަށް އަތުވެއްޖެއެވެ. ރިޝްފާން ގުޅި ޓެކްސީ އައީ ޒައިދާއި ރިޝްފާންގެ މަންމަވެސް އައިސް އެގެޔަށް ވަން ފަހުންނެވެ.
އޭރު ޝަބްނަމްވެސް އެވެރިން ފެންނަފަށުގައި އެހެން ނަމަވެސް އެވެރިންނަށް އޭނަ ނުފެންނާނޭހެން އެގޭތެރޭގައި ހުއްޓެވެ. ނަމަވެސް، ދޭތެރެ ދޭތެރެއިން އޭނާ ރިޝްފާނަށް ފެނިލައެވެ. އެފަދަ ކޮންމެ ހިނދުކޮޅެއްގައިވެސް ރިޝްފާންގެ މޭ ބާރަށް ތެޅެއެވެ. މަންމަމެނަށް ޝަބްނަމް ފެނިދާނެތީ އޭނާ ނިކަން ކަންބޮޑުވެ ހާސްވެއެވެ.
ރިޝްފާންމެން ޓެކްސީއަށް އަރާ ހަމަޖެހިލި ވަގުތުވެސް ޝަބްނަމް ގޭދޮރުމަތިން ރިޝްފާނަށް ފެނިލިއެވެ. ރިޝްފާން ނިކަން ބިރުގަތެވެ. އެހިނދު މަންމައަށްވެސް ޝަބްނަމް ފެނިދާނޭހެން ހީވާތީއެވެ. އެހެންވެ އޭނާ ވަރަށް އަވަސް އަވަހަށް ޑްރައިވަރު ގާތު ކާރު ދުއްވާލުމަށް އެދުނެވެ.
ޝަބްނަމް ދޮރުމަތީގައި ހިނިއައިސްފައި ހުރެ އަތް ހޫރާލިވެސްމެއެވެ. އޭރު ޒައިދުގެ އަންހެނުން މަލީޙާވެސް ރިޝްފާ އުރާލައިގެން ދޮރުމަތީގައި ހުއްޓެވެ.
ރިޝްފާން ކާރުތެރޭ އިންއިރުވެސް އިނީ ނިކަން ހާސްވެފައެވެ. މަންމަމެން ޝަބްނަމާ ބެހޭގޮތުން ސުވާލުކޮށްފާނެތީއެވެ. އެ ސުވާލު ކޮށްފިއްޔާ ދޭނޭ ޖަވާބެއް އޭނާޔަކަށް ނޭނގޭނެއެވެ. އޭނާގެ ދިރިއުޅުން ރޫޅާލުމަށް ޝަބްނަމް މަސައްކަތް ކުރަނީއޭވެސް އޭނާގެ ހިތަށް ބައެއްފަހަރު އަރައެވެ. ވުމާއެކު، އޭނާޔަށް ޝަބްނަމްދެކެ ރުޅިވެސް އާދެވުނެވެ.
ހޮސްޕިޓަލްގެ ގޭޓުން ކާރު ވަންއިރުވެސް އޭނާ އިނީ އެ ފިކުރުތަކުގައެވެ.
[ރިޝްފާން ކޮން ވިސްނުމެއް....؟] ކާރު މަޑުކުރި ވަގުތު ރިޝްފާން ސިއްސުވާލީ ޒައިދެވެ.
[ނުވިސްނަން...] މާޔާގެ އަތުގައި ހިފައިގެން ރިޝްފާން ކާރުން ފައިބައިފިއެވެ.
[ޒައިދު ދައްކާ ވާހަކަ. އެސޮރު މިއަދު ވިސްނާނެއެއްނު. އިރާދަކުރެއްވިއްޔާ، މިއަދު އެސޮރު ބައްޕައަކަށްވާނެވިއްޔަ.....] ރިޝްފާންގެ މަންމަ، ރިޝްފާންމެންގެ ފަހަތުން ހިނގައިގަންނަމުން ބުންޏެވެ. ވީވެސް އެހެންނެވެ. ވިއްސާ ޑޮކްޓަރު މާޔާ ބެލުމަށްފަހު ބުނީ ހަވީރު ނުވަތަ ރޭގަނޑުގެ ވަގުތެއްގައި މާޔާ ވިހާނޭ ކަމަށެވެ. ވުމާއެކު، މާޔާ ގާތު މަންމަ ވަރުދާއާއި ޒައިދު ބޭތިއްބުމަށްފަހު، ރިޝްފާން ޤަޞްދުކުރީ ބޭބީއަށް ބޭނުންވާނޭ ސާމާނުތައް ބަލައި ގެޔަށް ދިޔުމަށެވެ.
[މަންމައާއި ޒައިދު މަޑުކޮށްލާ...އަހަރެން އަންނާނަން ގެޔަށް ގޮސް ދަރިފުޅުގެ ސާމާނުތައް ހިފައިގެން.] ރިޝްފާން މިހެން ބުނެފައި، އެބަ އަންނަމޭ މާޔާ ގާތު ބުނެފައި، ހިނގައިގަތް ވަގުތަކީ މާޔާގެ މަންމަވެސް އައިސް ހޮސްޕިޓަލަށް ވަން ވަގުތެވެ. އޭނާ ގާތު ނުބުނެ އައީތީ އޭނާ ހުރީ ހިސާބަކަށް ހިތްހަމަވެސްނުޖެހިފައެވެ.
ރިޝްފާން ގެޔަށް އައިސް ވަންއިރު ނިކަން ހަމަޖެހިލައިގެން ރިޝްފާންގެ ކޮޓަރީގައި ރިޝްފާންމެން ނިދާ އެނދުގައި ޝަބްނަމް އޮތެވެ. އޭރު މަލީޙާވީ ރިޝްފާ ގޮވައިގެން މަލީޙާގެ ގެޔަށް ގޮހެވެ.
[ޝަބްނަމް! ކިހިނެއް މިތަނަށްވަނީ؟ އަހަރެމެން ދިޔައީ ކޮޓަރި ތަޅުވެސްލާފައި.] ރިޝްފާންގެ މަންމަމެނަށް ޝަބްނަމް ފެނުނުކަމަށް ހީކޮށް، ރިޝްފާން ހުރީ ނިކަން ހިތްހަމަނުޖެހިފައެވެ.
[އަހަންނަކަށް އެއްވެސް ތަނެއް ބަންދެއް ނުކުރެވޭނެ. ރިޝްފާން ހިތްހަމަނުޖެހިފައި ތިހުރީ ރިޝްފާންގެ މަންމަމެނަށް އަހަރެން ފެނުނު ކަމަށް ހީކޮށެއްނު. އަހަރެން ބޭނުންވެއްޖެ ހިނދެއްގައި ނޫނީ އެއްވެސް މީހަކަށް އަހަންނެއް ނުފެންނާނެ.] ކުރިޔަށްވުރެންވެސް ބޮޑަށް އެނދުގައި ޝަބްނަމް ހަމަޖެހިލިއެވެ.
[އެއީ ކިހިނެއްވާނެ ކަމެއް. ވާހަކަ ދައްކަން އަހަންނަކަށް ހުރެވޭކަށް ނެތް. އަހަރެން އައީ ބޭބީގެ ސާމާނުތައް ބަލާ....] ރިޝްފާން އަލަމާރި ހުޅުވާފައި، ދަރިފުޅުގެ ސާމާނުތައް އަޅާފައި ހުރި ވަށިގަނޑު ނަގައިފިއެވެ. އޭނާ ހީކުރީ ޝަބްނަމް ސަމާސާ ކުރަނީ ކަމަށެވެ.
[ރިޝްފާނަށް އަހަންނާ ބެހޭގޮތުން އަދި އެނގިފައިވާނީ ކުޑަކުޑަ މިންވަރެއް...] ޝަބްނަމް ވިހަ ގޮތަކަށް ހީލިއެވެ. ޝަބްނަމްގެ އެ ޖުމްލައިން ރިޝްފާން ކުޑަކޮށް ހުއްޓުނެވެ.
[ރިޝްފާން...ޙައިރާނެއް ނުވޭތަ. މަލީޙާއާ ދާދި ގާތުގައި އަހަރެން ހުއްޓާ މަލީޙާއަށް އަހަރެން ނުފެނުނީމާވެސް. ހިތުގައި ހަމަ ސުވާލެއްވެސް ނުއުފެދޭ!؟] ޝަބްނަމް އޭނާޔަށް ލިބިފައިވާ ބާރާ ދޭތެރޭ ފަޚުރުވެރިވަމުން ބުންޏެވެ.
[މަލީޙާއަށް ނުފެނޭތަ!؟] ރިޝްފާން އެއްސެވެ.
[އެންމެ ރަނގަޅު. މިހާރު ރިޝްފާނަށް އަހަރެން އެބަ ފެނޭތަ؟] ޝަބްނަމްގެ އެ ޖުމްލަޔާއެކު، ވިދާލި ވިދުވަރެއްހެން ޝަބްނަމް ރިޝްފާންގެ ލޯމަތިން ގެއްލިއްޖެއެވެ. ރިޝްފާންގަތީ އަމަށަކު ބިރެއް ނޫނެވެ. އޭނާ ތުރުތުރުއަޅާ ޙާލުގައި ވަށައިގެން ހޯދަން ފަށައިފިއެވެ. ދެން ފެނުނީ ކުއްލިއަކަށް ކޮޓަރި ދޮރު ހުޅުވުނު ތަނެވެ. ދޮރުން އެތެރެޔަށް ވަނީ ރަތް ލިބާހެއް ލައިގެންހުރި މުސްކުޅި އަންހެނެކެވެ. އެއީ އޭނަޔާ ކުޑަކުޑަ ރިޝްފާ ޙަވާލުކުރި މުސްކުޅި މާމައެވެ. ރިޝްފާން ކުރިޔަށްވުރެންވެސް ބިރުގަނެއްޖެއެވެ.
[ކާކު ތިޔައީ؟ ރިޝްފާގެ މާމަ!؟] ރިޝްފާން ބިރުގަނެ ފަހަތަށްޖެހެން ފަށައިފިއެވެ.
[ބިރުނުގަނޭ ރިޝްފާން...އަހަންނަކީ ޝަބްނަމް. ރިޝްފާގެ މާމައެއް ނޫން...މަންމަ...ރިޝްފާންދެކެ ލޯބިވާ....ރިޝްފާނަށްޓަކައި ހިތާއި ޖާނު ޤުރްބާން ކުރަމުންދާ ޝަބްނަމް.] އެ މުސްކުޅި އަންހެން މީހާ ނުވަތަ ޝަބްނަމްގެ ތުންފަތްމައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ.
[ތީ ޝަބްނަމެއް ނޫން...ތީ އިންސާނެއްވެސް ނޫން...ހަމަ މިހާރު ނުކުމޭ....] ރިޝްފާން ހަޅޭއްލަވައިގަތެވެ. ބިރުންނެވެ.
[ތިބުނީ ތެދެއް. އަހަންނަކީ އިންސާނެއް ނޫން. ހަންޑިއެއް....އެކަމަކު...ހަމަ ޝަބްނަމް....ލ. އަތޮޅުން ރިޝްފާނާ ބައްދަލުވެ، ލޯބީގެ ގުޅުމެއް އުފެއްދީ އަހަރެން...އަހަންނަށް ރިޝްފާނާ ފުރަތަމަ ބައްދަލުވި ވަގުތަކީ، ފަތިހުގެ ފިނިފައިބާ ވަގުތަށްވުމާއި، ބައްދަލުވީ ވަރުގަދަ ބަގީޗާއެއްގެ ތެރެއިން ކަމަށްވާތީ، އަހަރެން، އަހަރެންގެ ނަމަކީ ޝަބްނަމް ކަމަށް ބުނިން....] މިހެން ބުނުމާއެކު، ރިޝްފާންގެ ކުރިމަތީގައި ހުރި މުސްކުޅި މީހާގެ ސިފަ ބަދަލުވެއްޖެއެވެ. މިހާރު އޭނާގެ ކުރިމަތީގައި އެހުރީ ސީދާ ޝަބްނަމެވެ. އެންމެ ފުރަތަމަ ރޭވެސް އޭނަޔާ ބައްދަލުވި ހެދުމުގައި އެ ހިނިތުންވުމާ އެކުގައެވެ.
[ތީ އިންސާނަކަށް ނުވާއިރު، ދެން ކީއްވެތަ، އަހަންނާ ގުޅުން އުފައްދަން މަސައްކަތް ކުރަނީ....؟] ރިޝްފާންގެ ހިތުން ބިރުވެރިކަމުގެ އަސަރު ފިލައި މަޑުމަޑުން ހަމަޔަކަށް އެޅެން ފެށިއެވެ.
[ހަންޑިޔަކަސް އިންސާނަކުދެކެ ލޯބިވެވިދާނެއެއްނު....އަހަރެން ރިޝްފާންދެކެ ވަރަށް ވަރަށް ލޯބިވޭ....ރިޝްފާންގެ ފުށުން އަހަންނަށް ވަނީ އެހެން އެއްވެސް ފަރާތަކުން ނުލިބޭފަދަ އަރާމާއި ހިތްހަމަޖެހުން އިޙްސާސް ކުރެވިފައި. ކުޑަކުޑަ ރިޝްފާއަކީ އެ އުފާވެރި އިޙްސާސްތަކުގެ ހަނދާނުގެ ހެއްކެއް....] ޝަބްނަމްގެ ލޮލުން ކަރުނަ ވިދަން ފަށައިފިއެވެ.
އިންސާނަކަށް ނުވިޔަސް، އޭނާގެވެސް ވިންދުޖަހާ ހިތެއްވެއެވެ. އެހިތުގައި ވަނީ އިންތިހާޔަށް ރިޝްފާންގެ ލޯބި އަށަގެންފައެވެ. ހިތުން ފިލައިގެން ނުދާނޭ ފަދައިންނެވެ.
(ނުނިމޭ)

ކިޔުންތެރިންގެ ހިޔާލު