ހުޅުމާލޭގައި ހުންނަ އަޒީޒާ މޫސާ މިސްކިތް--
ހުޅުމާލޭގައި ހުންނަ އަޒީޒާ މޫސާ މިސްކިތް--
ކުރިއަށް އޮތް ރޯދަ މަހާ ދިމާކޮށް ރާއްޖޭގެ އެކި ހިސާބުތަކުން 14 މިސްކިތް ހުޅުވޭނެކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އެކަން ހާމަކޮށް އިސްލާމިކް މިނިސްޓަރު ޝަހީމް ވިދާޅުވީ ހުޅުވާ މިސްކިތްތަކުގެ ތެރޭގައި ދާއިމީ ތިން މިސްކިތެއް ވެސް ހިމެނޭ ކަމަށެވެ.

މާލެ އާއި ހުޅުމާލޭގައި މިހާރު ވަގުތީ މިސްކިތްތައް ވެސް ބޭނުންކުރަމުންދާ އިރު، މިއަހަރު ނިމުމުގެ ކުރިން އެ ތަންތަނުގައި ދާއިމީ މިސްކިތްތައް ގާއިމުކޮށް ނިންމަވާނެ ކަމަށް ވެސް މިނިސްޓަރު މިނިސްޓަރު މިދިޔަ އޮގަސްޓު މަހު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވިއެވެ.

މިނިސްޓަރު މަޖިލީހުގައި އިތުރަށް ވިދާޅުވީ މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 80 އަށްވުރެ ގިނަ ދީނީ މަޝްރޫއުތައް ބާރުސްޕީޑުގައި ކުރިއަށްދާ ކަމަށެވެ. މީގެ ތެރޭގައި މިސްކިތްތަކުގެ އިތުރުން އިސްލާމީ މަރުކަޒުތަކާއި، ވަގުފު އިމާރާތްތައް ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް