މަރްޔަމް
މަރްޔަމް
ޣައްޒާގައި އިސްރާއީލުން ދެމުންދާ ލާއިންސާނީ ހަމަލާތަކުގެ އަސަރު އެންމެ ބޮޑަށް ކުރަމުންދަނީ މައުސޫމް ކުޑަކުދިންނަށެވެ.

އެގޮތުން އުމުރުން އެންމެ ދެ އަހަރާ ބައިގެ މަރްޔަމް ޣާނިމްގެ އަސަރުގަދަ ވާހަކައަކީ މުޅި ދުނިޔޭގެ ހިތްތައް ކޭއްތިގެންދިޔަ ހިތާމަވެރި ހާދިސާއެކެވެ.

މިއަދު ފަތިހު 4:00 އެހާކަންހާއިރު އިސްރާއީލުގެ އަސްކަރިއްޔާއިން ދިން ނުރައްކާތެރި ބޮމުގެ ހަމަލާއެއްގައި މަރްޔަމްގެ މަންމަ ވަނީ އަލިފާނުގެ ރޯވެ އަނދައިގެން ގޮސް ޝަހީދުވެފައެވެ.

އެ މައުސޫމް ކުޑަކުއްޖާގެ ލޮލުގެ ކުރިމަތީގައި މަންމަ އަލިފާނުގެ ތެރޭގައި އަނދަމުންދިޔަ މަންޒަރު ފެނުނު ނަމަވެސް، އިލާހީ ރަޙްމަތާއެކު މަރްޔަމް ވަނީ އެ ހަމަލާއިން ނުހަނު އަޖައިބުުރުވަނިވި ގޮތަކަށް ސަލާމަތްވެފައެވެ.

މަރްޔަމްގެ ބައްޕަވެސް ވަނީ މީގެ މަސްކޮޅެއް ކުރިން އިސްރާއީލުން ދިން ހަމަލާއެއްގައި ޝަހީދުކޮށްލާފައެވެ. ބައްޕަގެ ވަކިވުމުގެ ހިތާމައިގައި ވަނިކޮށް، މަންމަވެސް ލޮލުގެ ކުރިމަތީގައި ވަކިވެގެން ދިޔުމާއެކު، މިއަދު އުމުރުން އެންމެ ދެ އަހަރާ ބައިގެ މަރްޔަމް މުޅިން އެކަނިވެ، ޔަތީމުވެފައެވެ.

މިއީ ޣައްޒާގެ އެތައް ހާސް ކުދިންނެއް ތަހައްމަލު ކުރަމުންދާ ހިތްދަތި ހަގީގަތުގެ ކުޑަ މިންވަރެކެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް