އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއާއި އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑާ ދެމެދު، އުރީދޫގެ "މަސްޖިދުނާ ޕްރޮޖެކްޓް" ގެ ދަށުން ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މިސްކިތްތައް މަރާމާތުކުރުމާއި އަދި ތަރައްޤީކުރުމުގެ ދާއިރާއިން އެއްބާރުލުން ވަރުގަދަކުރުމަށްޓަކައި ފަހުމުނާމާއެއް (އެމް.އޯ.ޔޫ)ގައި ސޮއިކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ، މި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ، ހުޅުމާލޭގައި ހުންނަ އުރީދޫ މޯލްޑިވްސްގެ ހެޑް އޮފީހުގައި ކަމަށެވެ. އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވަޒީރު ޑޮކްޓަރު މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. އަދި އުރީދޫ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަދި ޗީފް އެކްޒެކެޓިވް އޮފިސަރު މިސްޓަރ ޝާދީ ޤަވާސްމީއެވެ.
މި ފަހުމުނާމާގެ ސަބަބުން، ރާއްޖޭގައި މިސްކިތްތައް މަރާމާތުކުރުމާއި، ވަސީލަތްތައް ތަރައްޤީކުރުމުގެ އިތުރުން އެއާ ގުޅުންހުރި އެކި މަސައްކަތްތައް ސަރުކާރާއި އުރީދޫ ދެމެދު ގުޅިގެން އިންތިޒާމުކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
އުރީދޫ މޯލްޑިވްސްގެ ސޯޝަލް ރެސްޕޮންސިބިލިޓީގެ ދަށުން ހިންގާ "މަސްޖިދުނާ ޕްރޮޖެކްޓް" އިފްތިތާޙް ކޮށްފައިވަނީ ދިވެހިރާއްޖޭގައި އޮތް ދީނީގޮތުންނާއި އިޖުތިމާޢީގޮތުން މުހިންމު ބިނާތަކުގެ އެހީތެރިކަމަށް އިސްކަންދީ، އިޖުތިމާޢީ މުޖުތަމަޢުތަކަށް އެހީތެރިވެދިނުމުގެ މަޤްޞަދުގައެވެ.
އަދި ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން، މިސްކިތްތަކުގައި ކުރަން ހުރި މަރާމާތުތައް ކޮށްދިނުމަށް މި މަޝްރޫޢުގެ ދަށުން އިސްކަންދެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތުދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު