ވައިގެ މަގުން އައްޑޫ ސިޓީއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު، 24 އަހަރާއި ނުވަ މަސް ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި ކޯޓުން ހުކުމް އިއްވާފައިވަނީ ނ. ކޮމަންޑޫ، ވިނަރެސް، ހުސައިން ނަބީލްގެ މައްޗަށެވެ. ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވަނީ ޖިނާއީ ބޮޑު ކުށެއް ކަމަށްވާ، ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާއެވެ. މި ދައުވާ ޝަރީއަތުގައި ސާބިތުވުމާ ގުޅިގެން ކޯޓުން ވަނީ އޭނާއަށް ހަރުކަށި އަދަބެއް ކަނޑައަޅައިފައެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ނަބީލް ގެންގޮސްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރި މޯލްޑިވިއަންގެ މަތިންދާބޯޓަކުން މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ.
އެ ދުވަހު ގަން އެއާޕޯޓުގެ އެރައިވަލް ޓާމިނަލް ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން ދަނިކޮށް، ފްލައިޓުން ފައިބައިގެން ޑޮމެސްޓިކް އެރައިވަލް ހޯލަށް ވަތް ވަގުތު ފުލުހުން ވަނީ އޭނާ ހުއްޓުވައި ބަލައި ފާސްކޮށްފައެވެ. އެގޮތުން އޭނާގެ ހަށިގަނޑާއި އަންނައުނު ފާސްކުރިއިރު، އޭނާ ލައިގެން ހުރި ފަޓުލޫނުގެ ޖީބު ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި ދެ ރަބަރު ޕެކެޓު ފެނިފައިވެއެވެ. އަދި ތަހުލީލުތަކުން އެ ތަކެއްޗަކީ ޑައިމޯފިންކަން ވަނީ ކަށަވަރުވެފައެވެ.
ކްރިމިނަލް ކޯޓުން އިއްވި ހުކުމުގައި ބަޔާންކޮށްފައިވަނީ، ހުސައިން ނަބީލް 24 އަހަރާއި ނުވަ މަސް ދުވަހުގެ މުއްދަތަށް ޖަލަށްލުމުގެ އިތުރުން، 100،000 (އެއްލައްކަ) ދިވެހި ރުފިޔާއިން އޭނާ ޖޫރިމަނާ ކުރުމަށެވެ. އަދި މި ޖޫރިމަނާގެ ފައިސާ، ހުކުމް ކުރި ތާރީހުން ފެށިގެން ކުރިއަށް އޮތް 12 މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކައި ހަލާސްކުރުމަށްވެސް ކޯޓުގެ ހުކުމުގައި ވަނީ އަމުރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު