އއ. ފެރިދޫ ހެލްތު ސެންޓަރު ތަރައްގީކުރުމުގެ މަސައްކަތް، ފޮޓޯ: އެމްޓީސީސީ
އއ. ފެރިދޫ ހެލްތު ސެންޓަރު ތަރައްގީކުރުމުގެ މަސައްކަތް، ފޮޓޯ: އެމްޓީސީސީ
އއ. ފެރިދޫ ސިއްޙީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ ދަށުން، އިމާރާތުގެ ރޫފިންގ ބީމް ކޮންކްރީޓް އެޅުމުގެ މަސައްކަތްތައް އެއްކޮށް ނިންމާލައިފިއެވެ.

މި މަޝްރޫޢު ކުރިއަށްގެންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ރޫފިންގ ބީމްގެ ކޮންކްރީޓް މަސައްކަތްތައް ނިމި، މިހާރު ސައިޓުގައި ކުރިއަށްދަނީ ރޫފް ބީމް ކިއުރިންގް ކުރުމުގެ މަސައްކަތްތަކެވެ. މި މަސައްކަތްތައް ނިމުމާއެކު ދެން ފެށިގެންދާނީ ފުރާޅު އެޅުމުގެ ޢަމަލީ މަސައްކަތްތަކެވެ.

ފެރިދޫގެ ސިއްޙީ ޚިދުމަތުގެ ފެންވަރު މަތިކޮށް، ރައްޔިތުންނަށް ދެވޭ ޞިއްޙީ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމުގެ މަޤްޞަދުގައި މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން މި މަޝްރޫޢު އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ 19 އޮގަސްޓް 2025 ގައެވެ. މި މަޝްރޫޢަކީ ޖީއެސްޓީ ނުލައި 6,528,247.15 ގެ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ މައިގަނޑު ބޭނުމަކީ ފެރިދޫ ސިއްޙީ މަރުކަޒުގެ ޖާގަ ތަނަވަސްކޮށް، ޒަމާނީ ވަސީލަތްތަކާއެކު ރައްޔިތުންނަށް ފަސޭހަކަމާއެކު ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތް ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ. އެމްޓީސީސީން ބުނެފައިވަނީ މަޝްރޫޢުގެ މަސައްކަތްތައް ތާވަލާ އެއްގޮތަށް ބާރު ސްޕީޑުގައި ކުރިއަށް ގެންދިއުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް