ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް މިހާރު ލިބޭ އިނާޔަތްތައް މާ މަދު ކަމަށާއި، މެންބަރުންގެ ހެލްތު އިންޝުއަރެންސްގެ މައްސަލަ ބޮޑުކޮށްގެން އުޅެނީ މެންބަރުންގެ އަގުވައްޓާލަން ކަމަށް ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ (އައިބީ) ވިދާޅުވެއްޖެއެވެ.
އިބްރާހިމް ދީދީ މިއަދު މަޖިލީހުގެ ތަޅުމުގައި ވިދާޅުވީ، މަޖިލިސް މެންބަރުންނަށް ހެލްތު އިންޝުއަރެންސް ލިބެނީ މި ހިނގާ 20 ވަނަ މަޖިލީހުގެ ދައުރުގައި ނުވަތަ މިދިޔަ ދައުރުގައި އަލަށް ހަމަޖެއްސި އުސޫލެއްގެ ދަށުން ނޫން ކަމަށެވެ.
މިއީ ދައުލަތުގެ މުއައްސަސާތަކަށް އިންޝުއަރެންސް ތަޢާރަފުވެގެން އައިއިރުއްސުރެ ވެސް ހިނގަމުން އަންނަ ނިޒާމެއްކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، ފަނޑިޔާރުންނާއި، ސިފައިންނާއި ފުލުހުންގެ އިތުރުން އެކި މުއައްސަސާތަކުގެ މުވައްޒަފުންނަށް ވެސް ޚާއްޞަ އިންޝުއަރެންސް ޕެކޭޖުތައް އޮންނަ ކަމަށެވެ. އެގޮތުން، ފަނޑިޔާރުންގެ މައިންބަފައިންނަށް ވެސް އިންޝުއަރެންސް ލިބޭއިރު، މަޖިލިސް މެންބަރުންގެ މައިންބަފައިންނަށް އެފަދަ އެއްވެސް ޚިދުމަތެއް ނޯންނަކަން އޭނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، އެހެން ޤައުމުތަކުގައި މެންބަރުންނަށް ލިބޭ އިނާޔަތްތަކަށް އަލިއަޅުއްވާލައްވަމުން އައިބީ ވިދާޅުވީ، އަވައްޓެރި އިންޑިއާ ފަދަ ޤައުމުތަކުގައި ވެސް މެންބަރުންނަށް އޮފީސް އެލަވަންސާއި، ދާއިރާ އެލަވަންސްގެ އިތުރުން އަހަރަކު 34 ޑޮމެސްޓިކް ޓިކެޓު ހިލޭ ލިބޭ ކަމަށެވެ. ނަމަވެސް، ރާއްޖޭގެ މަޖިލިސް މެންބަރުންނަށް އެފަދަ އެއްވެސް އިނާޔަތެއް ނޯންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
އާސަންދައިގެ ދަށުން އާންމު ރައްޔިތުންނަށް އެއާ އެމްބިއުލާންސާއި، ރާއްޖެއިން ބޭރަށް ފޮނުވުމާއި، އެހީތެރިންގެ ޓިކެޓާއި ހުރުމުގެ ޚަރަދު އެންސްޕާ މެދުވެރިކޮށް ދައުލަތުން ހަމަޖައްސައިދޭކަން ފާހަގަކުރައްވައި އިބްރާހިމް ދީދީ ވިދާޅުވީ، މަޖިލިސް މެންބަރަކަށް އަހަރަކު ކަނޑައަޅާފައި އޮންނަނީ އެންމެ 24،000 ރުފިޔާގެ އިންޝުއަރެންސް ބަޖެޓެއް ކަމަށެވެ. އަދި އޭގެ ތެރެއިން ވެސް ގިނަ ފަހަރު ފައިސާ ބޭނުން ނުކުރެވި ދައުލަތުގެ ބަޖެޓަށް އަނބުރާ ދާކަމަށް އޭނާ ވިދާޅުވިއެވެ.
އިބްރާހިމް ދީދީ އިތުރަށް ވިދާޅުވީ، މަޖިލިސް މެންބަރުންނަށް އޮންނަ އިންޝުއަރެންސާ މެދު ސުވާލު އުފައްދާނަމަ، ހުރިހާ ރައްޔިތުންނާއި މެންބަރުން އެއް އިންޝުއަރެންސް ޕެކޭޖެއްގެ ދަށަށް ބަދަލުކުރުމަކީ ވެސް މައްސަލައެއް ނޫން ކަމަށެވެ. އެހެންނަމަވެސް، ހަޤީޤަތް އޮޅޭގޮތަށް ވާހަކަދައްކައިގެން މެންބަރުންގެ އަގުވައްޓާލަން މަސައްކަތް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު