ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ގަރާރުތަކަށް އިބްތިދާއީ ބަހުސް ފެށުމުގެ ކުރިން، އެ ގަރާރެއް މަޖިލީހަށް ބަލައިގަތުމާ މެދު ވޯޓަށް އަހަންޖެހޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު އިސްލާހުކުރަން އާންމު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
މަޖިލީހުގެ ގަވާއިދުގެ 191 ވަނަ މާއްދާއަށް މި ބަދަލު ގެނައުމަށް ހުށަހެޅުއްވީ އަމިއްލަ މެންބަރެއްގެ ގޮތުގައި މަޖިލީހުގައި އިންނަވާ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރެވެ.
މަޖިލީހުގެ މިހާރުގެ ގަވާއިދު ބަޔާންކުރާ ގޮތުން، ގަރާރުތަކާ މެދު ވެސް އަމަލުކުރަމުން އަންނަނީ އާންމުކޮށް ބިލުތަކާ މެދު އަމަލުކުރާ އުސޫލުންނެވެ. ނަމަވެސް ބިލުތަކާ ހިލާފަށް ގަރާރު ފާސްވުމުން، އެއީ ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރަން ފޮނުވަންޖެހޭ އެއްޗެއް ނޫނެވެ. މިހާރުގެ އުސޫލުން މެންބަރަކު ގަރާރެއް ހުށަހަޅުއްވައިފިނަމަ، ފުރަތަމަ ކިޔުން އިއްވުމަށްފަހު ވަގުތުން އިބްތިދާއީ ބަހުސް ކުރިއަށް ގެންދެއެވެ. އަދި ބަހުސަށްފަހު އެ ގަރާރު މަޖިލީހަށް ބަލައިގަނެ، ދިރާސާކުރުމަށް ކަމާބެހޭ ކޮމިޓީއަށް ފޮނުވަނީ ވޯޓަކުންނެވެ.
އެހެންނަމަވެސް، މިއަދު ކޮމިޓީން ފާސްކުރި އިސްލާހުގައިވާ ގޮތުން، ގަރާރަކަށް އިބްތިދާއީ ބަހުސް ފެށޭނީ ވެސް އެ ގަރާރެއް މަޖިލީހަށް ބަލައިގަތުމަށް ވޯޓަށް އަހައި، ފާސްވެއްޖެ ނަމައެވެ. މަޖިލީހުން އެ ގަރާރު ބަލައިނުގަތުމަށް ނިންމައިފިނަމަ، އެއްވެސް ބަހުސަކާ ނުލައި އެ ގަރާރެއް ވަގުތުން ބާތިލުވާނެއެވެ.
މި އިސްލާހާއެކު، މަޖިލީހަށް ހުށަހަޅާ ކުއްލި މައްސަލަތަކެކޭ އެއްފަދައިން، ގަރާރަކަށް ވެސް ބަހުސްކުރުމުގެ ފުރުސަތު ދިނުމާއި ނުދިނުމުގެ ފުރިހަމަ އިހުތިޔާރު މަޖިލީހުގެ މެޖޯރިޓީ އޮންނަ ޕާޓީއަކަށް ލިބިގެންދާނެއެވެ. އަދި އަގުލަބިއްޔަތު އޮންނަ ފަރާތުން ބޭނުންވެއްޖެ ހިނދެއްގައި، ބަހުސަކަށް ނުގޮސް މަޖިލީހުގެ ތަޅުމުން އެ ގަރާރެއް ބޭރުކޮށްލުމުގެ ބާރު ވެސް ލިބިގެންދާނެއެވެ.
އާންމު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މެންބަރުން ވަނީ މިއީ މަޖިލީހުގެ ވަގުތު ސަލާމަތްކުރުމަށާއި ހިންގުން ހަރުދަނާކުރުމަށް މުހިންމު އިސްލާހެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ. މި އިސްލާހު ކޮމިޓީން ފާސްކުރުމަށް ހުށަހެޅުއްވީ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީއެވެ. އަދި މި ހުށަހެޅުމަށް ތާއީދުކުރެއްވީ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދެވެ.
ކޮމިޓީން މި އިސްލާހު ފާސްކޮށްފައިވާއިރު، މި ބަދަލަށް ރަސްމީކޮށް އަމަލުކުރަން ފަށާނީ މަޖިލީހުގެ ތަޅުމަށް މި ރިޕޯޓު ހުށަހަޅައި، ޖަލްސާއިން ވޯޓުދީގެން ފާސްކުރުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު