ރަސްމާލެ މަޝްރޫއާ ދެކޮޅަށް ވާހަކަ ދައްކާ ކޮންމެ މީހަކީ މި ގައުމުގެ އަދުއްވެއްގެ ގޮތުގައި މާފަންނު ހުޅަނގު ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު މުޞްޠަފާ އިބްރާހީމް ސިފަކުރައްވައިފިއެވެ.
މެންބަރު މުޞްޠަފާ މިހެން ވިދާޅުވީ ރަސްމާލެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ދިވެހި ސަރުކާރުން ވެފައިވާ އެއްބަސްވުމުގެ ތަފުސީލުތައް ހާމަކުރުމަށް ގޮވައިލައި، ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަޙްމަދު ނަސީމް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ގަރާރަށް ބަހުސްކުރައްވަމުންނެވެ.
މުޞްޠަފާ ވިދާޅުވި ގޮތުގައި ރަސްމާލެ މަޝްރޫއުގެ ކަންކަން ކުރިއަށް ދަނީ ވަރަށް ހާމަކަން ބޮޑު ގޮތެއްގައެވެ. އެގޮތުން ސަރުކާރުންނާއި އަދި މިކަމަށް އިންވެސްޓްކުރާ ފަރާތުން ވެސް ނޫސްވެރިންނާ ބައްދަލުކޮށް، މަޝްރޫއު ކުރިއަށްދާ ގޮތާއި ވެފައިވާ އެއްބަސްވުންތަކުގެ މައުލޫމާތު ހިއްސާކުރަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން 99 އަހަރަށް ބިން ދޫކުރުމުގެ ވާހަކަދައްކާއިރު، ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުގައި އެނބޫދޫ ފަޅުން 750 ހެކްޓަރު އަދި ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ނ. އަތޮޅާއި ވ. އަތޮޅުން ބޮޑެތި ސަރަހައްދުތަކެއް 99 އަހަރަށް ދޫކޮށްލާފައިވާ ކަމަށް ވިދާޅުވެ، އިދިކޮޅު ފަރާތްތަކަށް މުޞްޠަފާ ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.
މި ސަރުކާރުން 99 އަހަރަށް ދޫކޮށްލަނީ 500 ހެކްޓަރުގެ ބިމެއް ކަމަށާއި، މިއީ 20 ބިލިއަން ޑޮލަރުގެ ބޮޑު އިންވެސްޓްމަންޓެއްގެ އިތުރުން އަހަރަކު 1.3 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ރާއްޖެއަށް ވަންނާނެ މަޝްރޫއެއް ކަމަށް މުޞްޠަފާ ވިދާޅުވިއެވެ.
އެހެންކަމުން މިފަދަ ތަރައްގީގެ މަޝްރޫއަކާ ދެކޮޅަށް ވާހަކަދައްކަނީ ގައުމަށް ތަރައްގީއާއި ތަމައްދުނު އެދެން ބޭނުންނުވާ، ދިވެހިންގެ އަދުއްވުން ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވިއެވެ.
މީކާއީލް ހުށަހެޅުއްވި ގަރާރުގައިވަނީ އީގަލް ހިލްސްއާއެކު ވެފައިވާ ކޮމާޝަލް ޓާމްސް އެގްރީމެންޓުގެ ސިއްރު މައުލޫމާތުތައް ހާމަކުރުމަށާއި، ރައްޔިތުންގެ ޓެކްސް ފައިސާއިން ހިއްކި ބިން އެއްވެސް އެކުއިޒިޝަން ކޮސްޓެއް ނުވަތަ ކުއްޔެއް ނުލިބޭ ގޮތަށް 99 އަހަރަށް ދޫކުރުމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.
އީގަލް ހިލްސް ކުންފުނީގެ ޗެއާމަން މުޙައްމަދު އަލް އަލްޢައްބާރު މީގެ ކުރިން ވިދާޅުވެފައިވަނީ، ރަސްމާލޭގައި ތަރައްގީކުރާ "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" މަޝްރޫއުގެ ތަފުސީލީ ފަހު އެއްބަސްވުމުގައި އަންނަ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ފާހަގަކުރާ ޖުމްހޫރީ ދުވަހު ސޮއިކުރުމަށް އުންމީދުކުރައްވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު