ދައުލަތުގެ މުސާރައިގެ އޮނިގަނޑު އެއްހަމަކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅިގެން މުވައްޒަފުންގެ ފަރާތުން ފާޅުކުރަމުންދާ ޝަކުވާތަކާއި ކަންބޮޑުވުންތައް ސާފުކުރުމަށްޓަކައި، ނޭޝަނަލް ޕޭ ކޮމިޝަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރުމަށް ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި މިގޮތަށް ހުށަހެޅުއްވީ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދުއެވެ. މި ހުށަހެޅުމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްއަފޫރު މޫސާ ތާއީދުކުރެއްވިއިރު، ޕޭ ކޮމިޝަންގެ ބޭފުޅުން ކޮމިޓީއަށް ހާޒިރުކުރުމަށް ފާސްވީ އެ ވަގުތު ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.
މެންބަރުން މިފަދަ ނިންމެވުމެއް ނިންމެވީ، ސަރުކާރުގެ ބައެއް އިދާރާތަކާއި އެކި މުއައްސަސާތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ މުސާރަތައް އައު އޮނިގަނޑަށް ބަދަލުކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިކަމަށް ބުނެ، ގިނަ އަދަދެއްގެ މުވައްޒަފުން ކަންބޮޑުވުން ފާޅުކޮށް ޝަކުވާ ހުށަހަޅަމުންދާތީއެވެ. އެހެންކަމުން، މި ބަދަލުތައް ގެނައުމުގައި އަމަލުކުރަމުންދާ އުސޫލުތަކާއި، ދިމާވެފައިވާ މައްސަލަތަކުގެ ހަގީގަތް ހޯދައި، އެކަމާ ގުޅޭ ފުރިހަމަ މައުލޫމާތު ސާފުކުރުމަކީ ކޮމިޓީގެ މައިގަނޑު ބޭނުމެވެ.
ދައުލަތުގެ އެކި ދާއިރާތަކުގެ މުސާރަތަކަށް ހެޔޮ ބަދަލެއް ގެނެސްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ މުހިންމު ވައުދުފުޅެކެވެ. މުވައްޒަފުން ކުރާ މަސައްކަތުގެ ފެންވަރަށާއި އުފުލަންޖެހޭ ޒިންމާތަކަށް ރިއާޔަތްކޮށް، މުސާރައިގެ ފަރަގު ކުޑަކުރުމުގެ މަގުސޫދުގައި އެކުލަވައިލި އައު ޕޭ ފްރޭމްވޯކަށް އަމަލުކުރަން ފަށާފައިވަނީ 2025 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.
މި ސިޔާސަތުގެ ދަށުން ދައުލަތުގެ ވަރަށް ގިނަ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑު މިހާރު ހާމަނައިޒް ކުރެވިފައިވާއިރު، އައު ފްރޭމްވޯކް ތަންފީޒުކުރަން ފެށިފަހުން އަންނަމުންދާ ބަދަލުތައް މޮނިޓަރކޮށް، ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށް ކަމާގުޅޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަކަމަށް ޕޭ ކޮމިޝަނުން މީގެކުރިން ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު