މިދިޔަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ރޭ ބާރުގަދަ ކޮޅިގަނޑެއްގައި ނަގިލި ކަނޑައިގެން އޮޔާގޮސް ސިނަމާލެ ބްރިޖުގައި ދެ ތެޔޮ ބޯޓު ޖެހުނު ހާދިސާއާ ގުޅިގެން، ތަންފީޒީ އިދާރާތަކުގެ އިސްވެރިން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ހާޒިރުކުރުމަށް ހުށަހަޅައިފިއެވެ. މި ދެ އުޅަނދަކީ ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ އުޅަނދެވެ.
ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް މި ދެ އުޅަނދު ބްރިޖްގައި ޖެހުނު މައްސަލައާއި ސަލާމަތީ ދާއިރާގެ އެހެން ބައެއް މައްސަލަތަކާ ގުޅިގެން ތަންފީޒީ އިދާރާތަކުގެ އިސްވެރިން ކޮމިޓީއަށް ހާޒިރުކުރުމަށް މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ހުށަހެޅުއްވީ ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލް ޣަފޫރު މޫސާ އެވެ. މި ހުށަހެޅުއްވުމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް އާއި މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިގު ތާއީދުކުރެއްވިއެވެ.
ޣަފޫރުގެ ހުށަހެޅުއްވުމުގައި ހިމެނެނީ ފުލުހުންނާއި ސިފައިންގެ އިސްވެރިން ކޮމިޓީއަށް ހާޒިރުކުރުމެވެ. ޣަފޫރު ފާހަގަކުރެއްވި ގޮތުގައި، މިފަދަ ހާދިސާތަކުގައި ފުރާނަ ގެއްލޭ މީހުންގެ ޢާއިލާތަކަށް އިންސާފު ލިބެން ޖެހޭނެއެވެ. އަދި މިކަމުގައި އެޅިފައި ހުރި ފިޔަވަޅުތަކެއް ހުންނަން ޖެހޭނެ ކަމަށްވެސް ވިދާޅުވި. މީގެއިތުރުން، ފުލުހުންނާއި ސިފައިންގެ ބައެއް މެންބަރުންގެ ފުރާނަ ގެއްލުނު ހާދިސާތަކާއި، ވަގަށް ރާއްޖެއަށް ވަދެ އުޅުނު ދެ ބޯޓުގެ މައްސަލައާ ގުޅިގެން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ހާޒިރުކުރުމަށް ނާޒިމް ހުށަހެޅުއްވިއެވެ. މި ދެ ހުށަހެޅުއްވުމަށްވެސް ޠާރިގު ތާއީދުކުރެއްވިއެވެ.
ނާޒިމް ވިދާޅުވީ، ޣަފޫރު ފާހަގަކުރެއްވި ހާދިސާތަކާ ގުޅިގެން އިދާރާތަކުން އަޅާފައިވާ ފިޔަވަޅުތައް ދެނެގަތުމަކީ 241 ކޮމިޓީގެ މަސްއޫލިއްޔަތެއް ކަމަށެވެ. މީގެއިތުރުން، އިއްޔެ ށ. ފުނަދޫގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅޭ ގޮތުންވެސް މަޢުލޫމާތު ސާފުކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ. ހަމައެއާއެކު ޠާރިގު ވަނީ، ބައެއް ސިފައިންނާއި ފުލުހުން ކަނޑުމަތީގެ ހާދިސާތަކުގައި ނިޔާވެފައިވާތީ، އެފަދަ ހާދިސާތައް ހިނގަން މެދުވެރިވި ސަބަބުތައް ހޯދައި، އެ ދެ އިދާރާގެ އަތުގައި ކޮންކޮން ވަސީލަތްތަކެއް ނެތީމަތޯ ބަލަން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން، އެ ދެ އިދާރާގެ އިސް ބޭފުޅުން ކޮމިޓީއަށް ހާޒިރުކުރުމަށް ތާއީދުކުރައްވާ ކަމަށް ވިދާޅުވިއެވެ. ނަމަވެސް ކޮމިޓީ ބައްދަލުވުން ވަކި ހިސާބަކުން ސިއްރުކުރުމުން، މެންބަރުންގެ މި ހުށަހެޅުންތަކާ މެދު ކޮމިޓީން ނިންމި ގޮތެއް ސާފެއް ނުވެއެވެ.
ބްރިޖުގައި ޖެހުނު ދެ އުޅަނދަކީ މިދިޔަ އޭޕްރީލް މަހުގެ 26 ވަނަ ދުވަހު ރާއްޖޭގެ ކަނޑުގެ ސަރަޙައްދަށް ޤާނޫނާ ޚިލާފަށް އެތެރެވުމުން، މެއި މަހުގެ 3 ވަނަ ދުވަހު ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ދެ ބޯޓެވެ. މި ހާދިސާއާ ގުޅިގެން ބްރިޖަށް ލިބުނު ގެއްލުންތައް ބެލުމަށްފަހު، މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ، ސެކަންޑް ހާބަރ އިންޖިނިއަރިންގ ކޮމްޕެނީން ކުރި އިންސްޕެކްޝަނުން ބްރިޖުގެ މައި އޮނިގަނޑަށް (ސްޓްރަކްޗަރއަށް) އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށާއި، ފެންނަން ހުރީ ކުދިކުދި ކޫރުންތަކެއް އެކަނި ކަމަށެވެ.
މި މައްސަލައިގައި ކަސްޓަމްސްއިން ބުނެފައިވަނީ އެ ދެ ބޯޓު 600،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށާއި، ބޯޓުތައް އޮޔާދިޔައީ މޫސުމީ ޙާލަތުގެ ސަބަބުން ދިމާވި ޤުދުރަތީ ޙާދިސާއަކުން ކަމަށްވާތީ އެކަމުގައި އެ އިދާރާގެ އިހުމާލެއް ނެތް ކަމަށެވެ.
އެމްއެންޑީއެފުން ބުނެފައިވަނީ، ބްރިޖު ދަށުން އޮޔާ ދިޔަ އެ ދެ ބޯޓު ވަނީ ރާއްޖޭގެ ސަރަޙައްދުން ބޭރަށް، ގާތްގަނޑަކަށް 30 ނޯޓިކަލް މޭލު ބޭރަށް އަޑިއަށް ގޮސްފައެވެ. އަދި އެ ބޯޓުތަކުގައި ތިބި އިންޑިއާއަށް ނިސްބަތްވާ 20 ފަޅުވެރިން ވަނީ މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ކަމަށް ކަމާބެހޭ އިދާރާތަކުން މަޢުލޫމާތު ދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު