ސްޓެލްކޯގައި ބޭނުންކުރުމަށްފަހު ނައްތާލުމަށް ބޭނުންވާ ކަޅުތެޔޮ، ބައު ދަގަނޑު އަދި ބެޓެރި ނައްތާލުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އެ ކުންފުނިން އިއުލާންކޮށްފިއެވެ.
ސްޓެލްކޯއިން އިއުލާންކުރީ އެއް އަހަރު ދުވަހަށް އެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށެވެ. އެގޮތުން އެކަމުގެ މައުލޫމާތު ހޯދުމުގެ ކަންކަން ފުރިހަމަކުރަން މި މަހުގެ 29 ވަނަ ދުވަހު ސްޓެލްކޯއަށް އައުމަށްފަހު އަންނަ މަހުގެ ފަސް ވަނަ ދުވަހު ބީލަން ހުޅުވުމުގެ ކަންކަން ކުރިއަށްދާނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
މި މަސައްކަތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި 20،000 ރުފިޔާވެސް ބަހައްޓަން ޖެހޭނެއެވެ.
ސްޓެލްކޯއިން ވަނީ ބައު ދަގަނޑު، ކަޅު ތެޔޮ އަދި ޔޫސްޑް ބެޓެރި އަށް ހުށަހެޅޭނެ އެންމެ ދަށް އަގުވެސް ހާމަކޮށްފައެވެ. އެގޮތުން ބާ ދަނގަނޑު ކިލޯއަކަށް 0.65 ރުފިޔާ، 200 ލީޓަރުގެ ކަޅުތެޔޮ ފީފާއަކަށް 70 ރުފިޔާ އަދި ޔޫސްޑް ބެޓެރި ކިލޯއަކަށް 3.50 ރުފިޔާ ވަނީ ކަނޑައަޅައިފައެވެ.

ކިޔުންތެރިންގެ ހިޔާލު