ދެކުނުއޭޝިއާގެ ގައުމުތަކުގެ ތެރެއިން އައިފޯން 18 ޕްރޯ މެކްސް އެންމެ ފަސޭހައިން ގަންނަން ލިބޭ ގައުމަކަށް ސިންގަޕޫރު ވެއްޖެއެވެ.
އެ ގައުމުގެ މަސައްކަތްތެރިއަކަށް މި ފޯނެއް ގަތުމަށް ބޭނުންވަނީ އެންމެ 8 މަސައްކަތު ދުވަހުގެ މުސާރައެވެ.
މި ލިސްޓުގެ ދެވަނައިގައި 12 ދުވަހާއެކު ބުރުނާއީ އޮތްއިރު، މެލޭޝިއާގެ މަސައްކަތްތެރިންނަށް އައިފޯން 18 ޕްރޯ މެކްސްއެއް ގަތުމަށް 26 މަސައްކަތު ދުވަސް ބޭނުންވެއެވެ.
މީގެ އިތުރުން، 50 ދުވަހާއެކު ތައިލެންޑް ހަތަރުވަނައިގައި އޮތްއިރު، އިންޑޮނޭޝިއާގައި މި ފޯނެއް ގަތުމަށް 63 މަސައްކަތު ދުވަސް ނަގައެވެ.
މި ރޭންކިންގގެ ތިރިއަށް ބަލާލާއިރު، ވިއެޓްނާމް އަދި ފިލިޕީންސްގެ މަސައްކަތްތެރިން އައިފޯނެއް ގަތުމަށް އާމްދަނީ ހޯދަން 96 ދުވަހާއި 98 ދުވަސް މަސައްކަތް ކުރަންޖެހެއެވެ.
ކެމްބޯޑިއާ އަދި މިޔަންމާގައި މިއަދަދު އުޅެނީ 172 ދުވަހާއި 180 ދުވަހުއެވެ.
އަދި މި ލިސްޓުގެ އެންމެ ފަހަތުގައި އޮތް ލާއޯސްގައި އައިފޯން 18 ޕްރޯ މެކްސްއެއް ގަނެވޭވަރުގެ އާމްދަނީއެއް ހޯދުމަށް އެންމެ ގިނަ ދުވަސް ނަގާއިރު، އެ ގައުމުގެ މަސައްކަތްތެރިން 183 މަސައްކަތު ދުވަސް ހޭދަކުރަންޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު