ޓެކްސްގެ އަދަދުތަކާ މެދު ހިތްހަމަނުޖެހިގެން ޓެކްސް އެޕީލް ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމުގެ ކުރިން، އިއުތިރާޒުކުރާ އަދަދުގެ 100 ޕަސެންޓް ދައްކަންޖެހޭ ހާލަތްތައް ކަނޑައެޅުމަށް ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް އިސްލާހު ހުށަހަޅައި، ރައްޔިތުންގެ މަޖިލީހުގައި ބަހުސް ފަށައިފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މަމްދޫހެވެ.
މި ބިލު ހުށަހެޅުމުގެ މައިގަނޑު ބޭނުމަކީ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ކަނޑައަޅާ ޓެކްސްގެ އަދަދާމެދު އިއުތިރާޒުކޮށް ޓްރައިބިއުނަލްގައި އިސްތިއުނާފުކުރާ ހާލަތްތަކުގައި، މުޅި އަދަދު ދައްކަންޖެހޭ ހާލަތްތައް ސާފުކޮށް ބަޔާންކުރުމެވެ.
އާންމު ގޮތެއްގައި ގާނޫނުގެ 39 ވަނަ މާއްދާގެ ދަށުން މައްސަލަ އިސްތިއުނާފު ކުރެވެނީ އިއުތިރާޒުކުރާ އަދަދުގެ 50 ޕަސެންޓް ދެއްކުމަށްފަހުގައެވެ.
ނަމަވެސް، މީރާގެ ނިންމުމުގެ ސަބަބުން އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ކުރިމަގުގައި އުނިކުރެވޭނެ ގެއްލުމުގެ އަދަދު ކުޑަވާނަމަ، އެ ކުޑަވި މިންވަރާ ގުޅިގެން މީރާއަށް ފައިސާއެއް ދައްކަން ނުޖެހޭނެކަމަށް ބިލުގައި ބުނެފައިވެއެވެ.
މި އިސްލާހު ތަންފީޒުކުރަން ފަށާނީ ބިލު ފާސްވެ ގެޒެޓުގައި ޝާއިއުކުރާ ހިސާބުންނެވެ. އަދި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، އެއާ ގުޅޭ ގަވާއިދުތަކާއި ގެންނަންޖެހޭ ބަދަލުތައް 90 ދުވަހުގެ ތެރޭގައި އެކުލަވައިލައި ގެޒެޓުގައި ޝާއިއުކުރަންޖެހޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު