ދިވެހިރާއްޖެ އޮތީ ޒިންމާދާރު އިންވެސްޓްމަންޓްތަކަށް މަރުޙަބާ ކިޔަން ތައްޔާރަށް ކަމަށާއި، އެފަދަ އިންވެސްޓްމަންޓްތައް ކާމިޔާބު ކުރުމަށް ސަރުކާރުން ފުރިހަމައަށް މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މޯލްޑިވްސް އެކްސްޕޯ 2026 ގެ ހަވާސާގައި މިއަދު ހެނދުނު ބޭއްވި "ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް" ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިއީ ހަމައެކަނި އިންވެސްޓްމަންޓްތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވުނު ބައްދަލުވުމެއް ނޫން ކަމަށާއި، މިއީ ދެ ޤައުމުގެ ރައްޔިތުންނަށް މަންފާކުރަނިވި ގޮތެއްގައި ދެމިއޮތް އެކުވެރިކަމުގެ އައު ބާބެއް ބިނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. ކަނޑުމަގުގެ ވިޔަފާރިއާއި އިޖުތިމާޢީ ގުޅުންތަކުގެ ތެރެއިން ރާއްޖެއާއި ޗައިނާއާ ދެމެދު ޒަމާންވީ ގުޅުމެއް އޮތްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެ ގުޅުން މިއަދު ވަނީ އިޙްތިރާމާއި އިތުބާރުގެ މައްޗަށް ބިނާވެފައިވާ ފުރިހަމަ ސްޓްރެޓީޖިކް ކޯޕަރޭޓިވް ޕާޓްނާޝިޕަކަށް ބަދަލުވެފައި ކަމަށެވެ.
1 ޖެނުއަރީ 2025 ގައި ޢަމަލުކުރަން ފެށި ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މިއީ ދުނިޔޭގެ އެންމެ ބޮޑު އެއް މާކެޓާ ގުޅި، ވާދަކުރުމަށް ދިވެހި ވިޔަފާރިތަކަށް ލިބުނު ވަރުގަދަ ފުރުޞަތެއް ކަމަށެވެ. އެގޮތުން ޖެނުއަރީ 2025 އިން އޮގަސްޓް 2026 ގެ ނިޔަލަށް ޗައިނާއިން ރާއްޖެއަށް ގާތްގަނޑަކަށް 440 މިލިއަން އެމެރިކާ ޑޮލަރުގެ މުދާ އެތެރެކޮށްފައިވާ ކަމަށާއި، އޭގެ ތެރެއިން ހަތަރުބައިކުޅަ އެއްބަޔަށްވުރެ ގިނަ، އެއީ ގާތްގަނޑަކަށް 124 މިލިއަން ޑޮލަރުގެ މުދާ އެތެރެކުރެވުނީ މި އެއްބަސްވުމުގެ ދަށުން ކަމަށް ރައީސް ހާމަކުރެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، އަމާޒަކަށް ވާންވާނީ ހަމައެކަނި ވިޔަފާރީގެ ޢަދަދުތައް އިތުރުކުރުން ނޫން ކަމަށާއި، އޭގެ އަގު މަތިކޮށް، ވިޔަފާރީގެ ގުޅުންތައް ވަރުގަދަކޮށް، ރާއްޖޭގެ ހުރިހާ މުޖުތަމަޢުތަކަށް އިޤްތިޞާދީ މަންފާ ލިބޭނެ ގޮތް ހެދުން ކަމަށެވެ. ޗައިނާގެ މާކެޓުގައި ރާއްޖޭގެ ފެންވަރު ރަނގަޅު މަހުގެ ބާވަތްތަކާއި، ދިވެހި އަތްތެރި މަސައްކަތްތަކާއި އަދި ޚިދުމަތްތަކަށް ބޮޑު ފުރުޞަތެއް އޮތްކަން ފާހަގަކުރައްވައި، ޒަމާނީ ޕްރޮސެސިންގ އާއި ސަޕްލައި ޗެއިން އަދި މާކެޓަށް ވާސިލުވުމުގައި ދިވެހި ވިޔަފާރިތަކާ ގުޅިގެން މަސައްކަތް ކުރުމަށް ޗައިނާގެ ކުންފުނިތަކަށް ރައީސް ދަޢުވަތު އެރުވިއެވެ.
ރާއްޖެ މިހާރު މިސްރާބު ޖަހާފައިވަނީ ތާރީޚީ ޤައުމީ ތަރައްޤީއަކާ ދިމާއަށް ކަމަށާއި، "ވިޝަން 2040" ގެ އަމާޒަކީ 2040 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއަކީ ފުރިހަމައަށް ތަރައްޤީވެފައިވާ ޤައުމަކަށް ހެދުން ކަމުގައި ރައީސް ވިދާޅުވިއެވެ. އެ އަމާޒަށް ވާސިލުވުމަށްޓަކައި އިޤްތިޞާދު ސިންދަފާތުކޮށް، އީޖާދީ ކަންކަން އަވަސްކޮށް، ރާއްޖޭގެ މުސްތަޤްބަލަށް އިތުބާރުކުރާ އިންވެސްޓަރުންނާއެކު ބަދަހި ގުޅުމެއް ޤާއިމުކުރަން ޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިގޮތުން 40 އަހަރަށްވުރެ ގިނަ ދުވަސްވީ ބޭރުގެ އިންވެސްޓްމަންޓްތަކާ ބެހޭ ޤާނޫނު އުވާލައި، އައު ޤާނޫނެއް ތަޢާރަފުކުރީ ދެފުށް ފެންނަ މިންވަރު އިތުރުކޮށް، އިންވެސްޓަރުންގެ އިތުބާރު ބޮޑުކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.
ތަރައްޤީގެ މުހިންމު ދާއިރާތަކުގެ ތެރޭގައި އިއާދަކުރަނިވި ހަކަތަ، ކާބޯތަކެތީގެ ރައްކާތެރިކަން، ލޮޖިސްޓިކްސް، މަސްވެރިކަމުގެ އުފެއްދުންތައް ޒަމާނީ ކުރުން، ޑިޖިޓަލް ޓެކްނޮލޮޖީ، އާޓިފިޝަލް އިންޓެލިޖެންސް، ޞިއްޙީ ދާއިރާ، މާލީ ޚިދުމަތްތައް، ސްމާޓް އިންފްރާސްޓްރަކްޗަރ އަދި ދެމެހެއްޓެނިވި ގޮތުގައި ސިޓީތައް ތަރައްޤީކުރުން ހިމެނޭކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވި ގޮތުގައި ރާއްޖެއިން އިންވެސްޓްމަންޓްތައް ބޭނުންވަނީ ހަމައެކަނި ޤައުމަށް ވަންނަ ފައިސާގެ ގޮތުގައެއް ނޫނެވެ. އޭގެ ބަދަލުގައި އައު ޞިނާޢަތްތައް އުފެއްދުމަށާއި، ހުނަރުވެރިކަން އިތުރުކުރުމަށާއި، ވަޒީފާގެ ފުރުޞަތުތައް ފަހިކުރުމަށާއި، އަދި ދިވެހި ރައްޔިތުންނަށް ފުރުޞަތުތައް ފުޅާކޮށްދިނުމަށެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގައި ހުރި ފުރުޞަތުތަކުގެ ބޭނުން ހިފުމަށާއި، ދިވެހި ވިޔަފާރިތަކާއެކު ޕާޓްނާޝިޕްތައް ހަދައި، ރާއްޖޭގެ ވިޝަން 2040 ހާސިލުކުރުމުގައި ބައިވެރިވުމަށް އިންވެސްޓަރުންނާއި ވިޔަފާރިވެރިންނަށް ދަޢުވަތު ދެއްވާފައެވެ. އަދި މި ފޯރަމަކީ ހަމައެކަނި ވާހަކަތަކެއްގެ ގޮތުގައި ނުވެ، ޙަޤީޤީ އިންވެސްޓްމަންޓްތަކާއި ކުރިއެރުން ގެނެސްދޭނެ ފޯރަމަކަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.
މި ފޯރަމްގައި ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާ އާއި، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދުގެ އިތުރުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު