ހޯމް ސްކޫލިންގެ ނިޒާމުގެ ނާޖާއިޒު ފައިދާ ނަގާފާނެ ބަޔަކު ތިބެދާނެ ކަމަށާއި، ނަމަވެސް އެ ނިޒާމަށް މުތުލަގަށް އިންކާރުކޮށްގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު (ޖަނާބު އިއްބެ) ވިދާޅުވެއްޖެއެވެ.
ތައުލީމުގެ ޤާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގެ ބިލަށް ބަހުސްކުރައްވަމުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރު އިބްރާހިމް ވިދާޅުވީ، ކޮންމެ ކަމެއްގައި ވެސް ނާޖާއިޒު ފައިދާ ނަގާ ބަޔަކު އުޅެދާނެ ކަމަށެވެ. އެހެންނަމަވެސް، ހޯމް ސްކޫލިންގެ ހަގީގީ މަފްހޫމަށް ބެލުމެއް ނެތި އެކަން އެއްކޮށް ދޮގުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި އެކިއެކި ހާލަތްތައް ދިމާވެފައިވާ ކުދިންނާއި ބެލެނިވެރިން ތިބުމުން، އިސްލާމީ ރިވެތި އުސޫލުތަކާ އެއްގޮތަށް އެ ކުދިންނަށް އޯގާތެރިކަން ދައްކަން ޖެހޭ ކަމަށް ވެސް މެންބަރު ވިދާޅުވިއެވެ.
އިދިކޮޅު ފަރާތްތަކަށް ފާޑުވިދާޅުވަމުން އިބްރާހިމް މުހައްމަދު އިތުރަށް ވިދާޅުވީ، ދިވެހި ތާރީޚުގައި ފުރަތަމަ ފަހަރަށް އިސްލާމާއި ދިވެހި މާއްދާ އިޚްތިޔާރީ މާއްދާތަކަކަށް ހެދީ އެމްޑީޕީގެ ސަރުކާރުން ކަމަށެވެ.
"ދިވެހި ތާރީޚުގައި ފުރަތަމަ ފަހަރަށް ދިވެހި ދަރިވަރުންގެ މުޤައްރަރަށް ވިހަލީ ކޮން ބައެއްކަން އެނގެންޖެހޭ،" އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، އެ ދުވަސްވަރުގެ އެޑިޔުކޭޝަން މިނިސްޓަރު ވަށާޖެހޭ ތަޢުލީމުގެ ނަމުގައި ޔޫރަޕުގެ ޤައުމުތަކުން ބޭނުންވާ ގޮތަށް މުޤައްރަރު ބަދަލުކުރެއްވި ކަމަށާއި، އަދި އިސްރާއީލުގެ ޢަޤީދާއާއި ވައްޓަފާޅި ރާއްޖޭގެ މުޤައްރަރަށް ވެއްދުމަށް އެއްބަސްވި ކަމުގެ ޚަބަރުތައް ފެންނަން އެބަހުރި ކަމަށް ވެސް އިބްރާހިމް ތުހުމަތު ކުރެއްވިއެވެ.
މި ބިލަށް ބަހުސްކުރައްވަމުން ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު ވިދާޅުވީ ދުނިޔޭގެ އެހެން ޤައުމުތަކުގައި ވެސް ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ޚާއްޞަ ފަސޭހަތަކެއް ހުންނަ ކަމަށެވެ. ނަމަވެސް، ތަޢުލީމުގެ ޤާނޫނަށް މިހާރު ހުށަހަޅާފައިވާ އިޞްލާޙަކީ ޢާއިލާތަކަށް އޮތް ޚާއްޞަ ބުރައެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ. ޒިޔާދު ވިދާޅުވީ، މާލީ ތަނަވަސްކަން ނެތް ފަރާތްތަކަށް ހޯމް ސްކޫލިންގ ފުރުޞަތު ނުލިބޭނެ ވާހަކަ މި ބިލުގައި ވަރަށް ސާފުކޮށް ދިވެހި ބަހުން ލިޔެފައި އެބައޮތް ކަމަށެވެ. އަދި ނިކަމެތީން އިތުރަށް ނިކަމެތިވާ ގޮތަށް ޤާނޫނުތައް ހަދައިގެން ޤައުމަށް ލިބޭނެ އެއްވެސް މޮޅެއް ނޯންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ހޯމް ސްކޫލިންއާ ގުޅޭގޮތުން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ، މިހާރު ވެސް ހަތަރު ހާހަށްވުރެ ގިނަ ކުދިން ސްކޫލަށް ޤަވާޢިދުން ނުދާ ކަމަށާއި، ހޯމް ސްކޫލިންގެ ނަމުގައި ރާއްޖޭގެ ޒުވާން ޖީލު މަގުފުރައްދައި ހަލާކު ކުރުމުގެ ފުރުޞަތު ދީގެން ނުވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު