މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށާއި، ޖައްވަށް ބޭރުވާ ވިހަ ގޭހުގެ މިންވަރު ކުޑަކުރުމަށް އެކުލަވާލާފައިވާ ބައިނަލްއަޤްވާމީ ފަންޑުތަކަށް ރާއްޖެއިން ސީދާގޮތެއްގައި ވާސިލްވުމަށް ކުރަމުންދާ މަސައްކަތަށް ތާރީޚީ ބޮޑު ކުރިއެރުމެއް ލިބިއްޖެއެވެ.
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ އާއި މޯލްޑިވްސް ފައިނޭންސް އެންޑް ލީސިންގ ކޮމްޕެނީ (އެމް.އެފް.އެލް.ސީ) ގުޅިގެން ކުރި މަސައްކަތުން، އެމް.އެފް.އެލް.ސީ އަށް ގްރީން ކްލައިމެޓް ފަންޑް (ޖީ.ސީ.އެފް) ގެ އެކްރެޑިޓޭޝަން ވަނީ ލިބިފައެވެ. މިއީ ރާއްޖޭގެ މުއައްސަސާއަކަށް ޖީ.ސީ.އެފްގެ "ޑައިރެކްޓް އެކްސެސް އެންޓިޓީ" ގެ ދަރަޖަ ލިބުނު ފުރަތަމަ ފަހަރެވެ.
މި އެކްރެޑިޓޭޝަން ފާސްކޮށްފައިވަނީ އޮކްޓޫބަރު 26 އިން 29 އަށް ދެކުނު ކޮރެއާގެ ސޮންގްޑޯގައި ބޭއްވުނު ޖީ.ސީ.އެފްގެ 46 ވަނަ ބޯޑު ބައްދަލުވުމުގައެވެ. ޖީ.ސީ.އެފްއަކީ ތަރައްޤީވަމުން އަންނަ ޤައުމުތަކުން މޫސުމީ ބަދަލުތަކުން އަރައިގަތުމަށާއި ތިމާވެށި ހިމާޔަތްކުރުމަށް ކުރާ މަސައްކަތްތަކަށް އެހީތެރިވުމަށް ދުނިޔޭގައި އުފައްދާފައިވާ އެންމެ ބޮޑު ފަންޑެވެ.
މި ތާރީޚީ ކާމިޔާބީ ހާސިލުކުރުމަށްޓަކައި ވޭތުވެދިޔަ 11 މަސްދުވަހުގެ ތެރޭގައި، އެންވަޔަރަންމަންޓް މިނިސްޓްރީ އާއި ޖީ.ސީ.އެފް ސެކްރެޓޭރިއެޓްގެ އިރުޝާދުގެ ދަށުން އެމް.އެފް.އެލް.ސީއިން ގިނަގުނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. އެގޮތުން، އެ ކުންފުނީގެ ހިންގުމުގެ ނިޒާމާއި ފަންނީ މިންގަނޑުތައް ޖީ.ސީ.އެފް އިން ކަނޑައަޅާފައިވާ މަތީ ފެންވަރަށް ގެނެސް، ދިމާވި ގޮންޖެހުންތަކުން އަރައިގަނެ، މުއައްސަސާގެ ޤާބިލުކަން ވަނީ ވަރަށް ބޮޑަށް އިތުރުކޮށްފައެވެ.
މި އެކްރެޑިޓޭޝަން ލިބުމަކީ ބައިނަލްއަޤްވާމީ އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ރާއްޖޭގެ އަމިއްލަ އިދާރާތަކުން ސީދާ ޖީ.ސީ.އެފްއާ ގުޅިގެން މަޝްރޫޢުތައް އެކުލަވާލައި ހިންގުމަށް ލިބުނު މުހިއްމު ފުރުސަތެކެވެ. މީގެ ސަބަބުން މިފަދަ ބޮޑެތި މޫސުމީ ކަންކަމުގައި ދިވެހިރާއްޖޭގެ އަމިއްލަ އިސްނެގުމާއި ބާރުވެރިކަން އެތައް ގުނައަކަށް އިތުރުވެގެންދާނެއެވެ.
މި ފުރުސަތުގެ ބޭނުން ހިފައި، ކުރިއަށް އޮތް ތަނުގައި އިއާދަކުރަނިވި ހަކަތަ، ހަކަތަ އިޤްތިޞާދުކުރުން، ދެމެހެއްޓެނިވި ކަނޑުދަތުރުފަތުރު، އަދި ފެނުގެ ރައްކާތެރިކަން ފަދަ މުހިއްމު ދާއިރާތަކުން މަޝްރޫޢުތަކަށް މާލީ އެހީ ހޯދުމަށް ރާއްޖޭގެ ޤައުމީ ޕްލޭންތަކާ އެއްގޮތަށް އެމް.އެފް.އެލް.ސީއިން ހަރަކާތްތެރިވާނެއެވެ. އަދި ބައިނަލްއަޤްވާމީ ފަންޑުތަކަށް ސީދާ ވާސިލުވުމުގެ މަސައްކަތް އިތުރަށް ފުޅާކޮށް، ރާއްޖޭގެ ވިލުންތެރިކަމާއި ދެމެހެއްޓެނިވި ތަރައްޤީ ކަށަވަރުކުރުމަށް ސަރުކާރުން މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުން ގެންދާނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ހާމަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު