ހަށިގަނޑުގައި ފޮރުވައިގެން ދެ ކިލޯއަށް ވުރެ ގިނަ ރަން ރާއްޖެއަށް އެތެރެކުރި ކަމަށް ބުނެ ކްރިމިނަލް ކޯޓުން އިއްވި އެއް އަހަރު ދުވަހުގެ ޖަލު ހުކުމް ތަންފީޒުކޮށް ނިމުނު ދުވަހު، އެ މައްސަލައިގައި އޭނާ ކުށްވެރިނުވާ ކަމަށް ކަނޑައަޅައި ހައިކޯޓުން ޙުކުމް ކޮށްފިއެވެ.
ރާއްޖެއަށް ސިއްރުން މުދާ އެތެރެކުރުމުގެ ކުށުގައި ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ މުޙައްމަދު ސުލައިމްޚާންގެ މައްޗަށް ކްރިމިނަލް ކޯޓުން އެއް އަހަރުގެ ޖަލު ހުކުމެއް އިއްވީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހުއެވެ. ހައިކޯޓުން އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކަނޑައަޅައި ޙުކުމް ބާޠިލުކުރީ އޭގެ ސީދާ އެއް އަހަރު ފަހުން، މިއަހަރުގެ އޮކްޓޫބަރު މަހުގެ 28 ގައެވެ. ހައިކޯޓުން މި ޙުކުމް ކުރި އިރު، އޭނާ ވަނީ ދަށު ކޯޓުން ކަނޑައެޅި ޖަލު މުއްދަތު އެއްކޮށް ތަންފީޒުކޮށް ނިންމާފައެވެ.
މި މައްސަލައަކީ 21 ސެޕްޓެންބަރ 2023 ގައި، ދުބާއީ މަގުން އެމިރޭޓްސް ފްލައިޓުން ސުލައިމްޚާން ރާއްޖެ އައި ވަގުތު ހިނގި ހާދިސާއެކެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ރެޑް ޗެނަލް ފަހަނައަޅައި ގްރީން ޗެނަލުން ނިކުންނަން އުޅެނިކޮށް ކަސްޓަމްސް އޮފިސަރުން އޭނާ ހުއްޓުވައި ފާސްކުރިއިރު، ދުބާއީން ރަން ގަނެފައިވާ ލިޔެކިޔުންތަކެއް އޭނާގެ ދަބަހުން ވަނީ ފެނިފައެވެ. އަދި އޭނާގެ ހަށިގަނޑު ސްކޭންކޮށް އިތުރަށް ބަލައި ފާސްކުރިއިރު، ލައިގެން ހުރި ޖިންސުގެ ކުރީގެ ދެ ޖީބާއި ފަހަތު ދެ ޖީބުގެ އިތުރުން ބޮކްސާ ތެރޭގައި ފޮރުވާފައި ހުރި ޖުމްލަ 2,282 ގްރާމް (ދެ ކިލޯއަށް ވުރެ ގިނަ) ރަން ޕޭސްޓް ވަނީ ފެނިފައެވެ.
މި މައްސަލައިގައި ދައުލަތުން އޭނާގެ މައްޗަށް ދަޢުވާ އުފުލީ ކަސްޓަމްސްގެ ޤާނޫނުގެ 97 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ރ) އަދި (ބ) ގެ ދަށުން "ސިއްރުން މުދާ އެތެރެކުރުމުގެ" ކުށުގައެވެ.
ނަމަވެސް، ހައިކޯޓުން މައްސަލަ ބައްލަވައި އިއްވި ޙުކުމުގައި ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރައުޔުގައި ވަނީ، ކަސްޓަމްސްގެ ޤާނޫނުގެ 97 ވަނަ މާއްދާގެ (ހ) ގައި "ސިއްރުން މުދާ އެތެރެކުރުން" ކުށަކަށް ވަނީ ދެ ހާލަތެއްގައި ކަމަށެވެ. އެއީ އެ މުދަލަކީ ރާއްޖެއަށް އެތެރެކުރުމުގެ ހުއްދަ ދީފައިނުވާ (އެތެރެކުރުން މަނާ ނުވަތަ ޚާއްޞަ ހުއްދައެއް ބޭނުންވާ) އެއްޗަކަށް ވުމާއެކު އެ ހުއްދަ ނެތި ސިއްރުން އެތެރެކުރުމާއި، އެ މުދަލަކީ ޑިއުޓީ ދައްކަންޖެހޭ މުދަލަކަށް ވުމާއެކު ދައްކަންޖެހޭ ޑިއުޓީ ދެއްކުމުން މަނާވެގަތުމުގެ ޚާއްޞަ ނިޔަތުގައި ސިއްރުން އެތެރެކުރުމެވެ.
ޝަރީޢަތުގެ މަޖިލީހުގައި ދައުލަތުން ވެސް އެއްބަސްވެފައި ވަނީ، ސުލައިމްޚާން އެތެރެކުރި ރަނަކީ ރާއްޖެއަށް އެތެރެކުރުން މަނާ އެއްޗެއް ނޫން ކަމަށާއި، އަދި އެއީ ޑިއުޓީ ދައްކަންޖެހޭ މުދަލެއް ވެސް ނޫން ކަމަށެވެ. އެހެންނަމަވެސް ދައުލަތުން ބުނެފައިވަނީ ރަނަކީ އެތެރެކުރުން ހުއްދަ އެއްޗެއް ނަމަވެސް، ޑިކްލެއަރ ނުކޮށް ސިއްރުން ގެނައުމުން އެއީ "ހުއްދަ ނެތި ގެނައި މުދަލެއްގެ ގޮތުގައި މާނަކުރެވިދާނެ" ކަމަށެވެ.
މިކަމާ ގުޅިގެން ހައިކޯޓުގެ ޙުކުމުގައި ބަޔާންކޮށްފައިވަނީ، ޤާނޫނުއަސާސީގެ 59 ވަނަ މާއްދާގެ (ހ) އާއި ޤާނޫނުލްޢުޤޫބާތުގެ އަސާސްތަކަށް ބަލާއިރު، ޤާނޫނު ހަދާ މަޖިލީހުން ސާފު ބަހުން ޖިނާއީ ކުށެއް ކަމުގައި ކަނޑަނާޅާ ކަމެއް، ދައުލަތަށް ނުވަތަ ކޯޓަކަށް ވެސް މާނަކުރުމުގެ ތެރެއިން ޖިނާއީ ކުށަކަށް ނުހެދޭނެ ކަމަށެވެ. އަދި ޑިކްލެއާނުކޮށް ގެންނަ ކޮންމެ މުދަލަކީ ޖިނާއީ ގޮތުން "އެތެރެކުރުން މަނާ މުދާ" ކަމުގައި އޮޓޮމެޓިކުން ނުބެލެވޭނެ ކަމަށް ވެސް ކަނޑައެޅިއެވެ.
މީގެ އިތުރުން، އިދާރީ ގޮތުން ނުވަތަ މަދަނީ މައްސަލަތަކުގައި އިޖުރާއަތު ފުރިހަމަނުވާ މުދާ ދައުލަތަށް ނެގުމުގެ އިޚްތިޔާރު އޮތް ނަމަވެސް، އެ ސަބަބުގެ މައްޗަށް ބިނާކޮށް ޖިނާއީ ކުށެއްގެ އަދަބު ނުދެވޭނެ ކަމަށާއި، ދަޢުވާގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 82 ވަނަ މާއްދާގައި ބަޔާންކުރާ މިންވަރަށް ކުށުގެ ރުކުންތައް ސާފުކޮށް ބަޔާންކޮށްދެވިފައި ނުވާކަން ވެސް ހައިކޯޓުން ފާހަގަކުރިއެވެ. އެހެންކަމުން، ކްރިމިނަލް ކޯޓުން ސުލައިމްޚާންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި އިއްވި ޙުކުމަކީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އާއި 59 ވަނަ މާއްދާގެ (ހ) އާ ޚިލާފު ޙުކުމެއް ކަމަށް ކަނޑައަޅައި، ހައިކޯޓުން ވަނީ އެ ޙުކުމް ބާޠިލުކޮށްފައެވެ.
މި މައްސަލަ ބެއްލެވި ހައިކޯޓުގެ ބެންޗުގައި ހިމެނިވަޑައިގެންނެވީ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ އިތުރުން، ފަނޑިޔާރު ޙުސައިން މަޒީދު އަދި ފަނޑިޔާރު ޙުޒައިފާ މުޙައްމަދެވެ.

ކިޔުންތެރިންގެ ހިޔާލު