އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓް، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް، އިންޑިއާގެ ކޮޗިންގައި ދިރިއުޅޭ އަދި އެކި ބޭނުންތަކަށް އެ ސިޓީއަށް ގޮސްތިބި ދިވެހިންނާ ބައްދަލުކުރައްވައި، އެފަރާތްތަކުގެ ކަންބޮޑުވުންތައް ގާތުން އޮޅުންފިލުއްވައިފިއެވެ.
މި ބައްދަލުވުމުގެ ތެރެއިން އެމަނިކުފާނު ވަނީ ކޮޗިންގައި ދިވެހިން ދިރިއުޅޭ ބައެއް ގެތަކަށް ޒިޔާރަތްކުރައްވައި، ރައްޔިތުން ތަހައްމަލުކުރަމުންދާ ދަތިތަކާއި އުނދަގޫތަކުގެ ތަފުސީލު ހޯއްދަވާފައެވެ.
އެގޮތުން، ކޮޗިންގައި ތިބި ދިވެހިން ވަނީ އާސަންދައިގެ ދަށުން ބޭސްފަރުވާގެ ޚިދުމަތް ހޯދުމުގައި ކުރިމަތިވާ ގޮންޖެހުންތައް އެމަނިކުފާނާ ހިއްސާކޮށްފައެވެ. ޚާއްޞަކޮށް، ރާއްޖެއިން ފުރުމުގެ ކުރިން އާސަންދަ ހަމަޖެހިފައިވީ ނަމަވެސް، ފަރުވާގެ ބައެއް މުހިންމު ޚަރަދުތައް އާސަންދައިން ހަމަޖައްސައިނުދޭ ކަމަށާއި، ހޮސްޕިޓަލްތަކުން އާސަންދައިގެ ހުއްދައަށް އެދޭ ކޮންމެ ފަހަރަކު އެކަމަށް އެތައް ގަޑިއިރެއް ހޭދަވާތީ، ބަލިމީހުން އިތުރު ތަކުލީފުތަކަކާ ކުރިމަތިލާންޖެހޭކަން ފާހަގަކުރިއެވެ. މީގެއިތުރުން، ބޭސްފަރުވާއަށް އެންމެ އެކަށޭނަ މިންވަރަށް ޑޮލަރު ލިބުމުގައި ހުރި ދަތިތައްވެސް އެ ފަރާތްތަކުން ވަނީ ބަޔާންކޮށްފައެވެ.
ރައްޔިތުން ފާޅުކުރި ކަންބޮޑުވުންތަކަށް އިޖާބަދެއްވަމުން ފައިސަލް ނަސީމް ވިދާޅުވީ، ރައްޔިތުންނަށް އެކަށީގެންވާ ސިއްހީ ފަރުވާއާއި އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމަކީ އެމްޑީޕީގެ ކޮންމެ ވެރިކަމެއްގައިވެސް އެންމެ އިސްކަމެއް ދީފައިވާ ސިޔާސަތު ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އުފެދޭ އެމްޑީޕީގެ ވެރިކަމެއްގައިވެސް، ސިއްހީ ނިޒާމު އިތުރަށް ހަރުދަނާކޮށް، ޚިދުމަތްތައް ވީހާވެސް ލުއިފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖައްސައިދީ، ރައްޔިތުން އުފުލަމުންދާ ތަކުލީފުތަކަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
މީގެއިތުރުން އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، އެމްޑީޕީގެ ވެރިކަންތަކުގައި އަބަދުވެސް މަސައްކަތްކޮށްފައިވާނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނާ ގާތުން ފުރިހަމަ ޚިދުމަތްތަކެއް ފޯރުކޮށްދީ، ވިޔަފާރިތައް ކުރިއަރުވައި، ފެންވަރު ރަނގަޅު ތައުލީމާއި ސިއްހީ ޚިދުމަތް ކަށަވަރުކޮށްދިނުމަށެވެ. އަދި ވެރިކަމަކީ ހަގީގަތެއް ނެތް ވާހަކަތަކާއި ކުލަނުޖެއްސޭނެ ހުވަފެންތައް ދައްކައިގެން ކުރެވޭނެ ކަމެއް ނޫން ކަމަށާއި، ރައްޔިތުންނަށް ވާންވާނީ ފުއްދޭނެ ވަރުގެ ވައުދުތައް ކަމަށް ވިދާޅުވެ، އެމަނިކުފާނުގެ އަބަދުގެވެސް އަމާޒަކީ ތެދުބަހުން ރައްޔިތުންނާ މުޚާތަބުކުރެއްވުން ކަމުގައި ފައިސަލް ނަސީމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު