ބޭސް ފަރުވާއަށް އިންޑިއާގެ ޓްރިވެންޑްރަމްގައި ގޮސް އުޅުނު ދިވެއްސަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ރޭ ފަތިހު 5:30 ކަންހާއިރު ފަހުން އެއްވެސް ހަބަރެއް ނުވެ ގެއްލިގެން ހޯދަމުންދަނީ ރ. މީދޫއަށް ނިސްބަތްވާ އެރަށު އަތަމާގެ އަލީ އިބްރާހިމް (އައްޔަބެ)އެވެ.

އޭނާގެ އާއިލާއިން ވަނީ އައްޔުބޭއާ ބެހޭ އެއްވެސް މައުލޫމާތު ލިބިއްޖެނަމަ 9129561 އަށް ވަޓްސްއެޕް މެދުވެރިކޮށް އަންގައިދިނުމަށް އެދިފައެވެ.

އައްޔުބެ އެންމެ ފަހުން ފެނުނުއިރު ހުރީ ދަނބުކުލައިގެ ޓީޝާޓަކާއި މަޑު ނޫކުލައިގެ މުންޑެއް ލައިގެންކަމަށް ވެސް އާއިލާއިން ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު