ގެއްލިގެން ހޯދަމުން ދިޔައީ ރ. މީދޫ، އަލީ އިބްރާހިމް-
ގެއްލިގެން ހޯދަމުން ދިޔައީ ރ. މީދޫ، އަލީ އިބްރާހިމް-
ބޭސްފަރުވާއަކަށް އިންޑިއާގެ ޓްރިވެންޑްރަމަށް ގޮސް އުޅެނިކޮށް ގެއްލުނު ދިވެހި މީހާ، 24 ގަޑިއިރަށް ވުރެ ގިނައިރު ފަހުން މިއަދު ފެނިއްޖެއެވެ.

މި ހާދިސާގައި ގެއްލިގެން ހޯދަމުން ދިޔައީ ރ. މީދޫ، އަލީ އިބްރާހިމް އެވެ. އޭނާ ފެނިފައިވަނީ މަގުމަތީގައި އިށީނދެ އިންދާ ކަމަށް އެކަމުގެ މައުލޫމާތު އެނގޭ ފަރާތަކުން ވަނީ ބުނެފައެވެ. އަދި ފެނުނު އިރު އޭނާގެ ހާލު ރަނގަޅު ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

އަލީ އިބްރާހިމް ގެއްލުނީ އިއްޔެ ފަތިހު 5:30 ހާއިރު ކަސްރަތަށް ހިނގަން ނުކުތް ގޮތަށެވެ. އެގޮތުން ހިނގަން ނުކުތް މީހާ އެނބުރި ގެޔަށް ނައިސް ލަސްވާން ފެށުމުން، އާއިލާއިން އޭނާ ހޯދުމުގެ މަސައްކަތް ފަށާފައިވަނީ އިއްޔެ ހެނދުނު 9:00 ހާއިރުއެވެ.

ޚަބަރެއް ނުވެގެން އާއިލާއިންނާއި އެހެނިހެން ފަރާތްތަކުން އޭނާ ހޯދުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރަމުން ދަނިކޮށް، 24 ގަޑިއިރު ފަހުން އޭނާ ފެނުމުން އާއިލާއަށް ވަނީ ބޮޑު ހިތްހަމަޖެހުމެއް ލިބިފައެވެ.

އިންޑިއާގެ ޓްރިވެންޑްރަމަކީ ގިނަ އަދަދެއްގެ ދިވެހިން ބޭސްފަރުވާއަށް އަބަދުވެސް ގޮސް އުޅޭ ސިޓީއެކެވެ.



ކިޔުންތެރިންގެ ހިޔާލު