ޑްރީމްސް މޮބައިލް ރީބްރޭންޑްކޮށް ޑެލިވަރީގެ ޚިދުމަތާއެކު އެކުންފުނީގެ އާ ޝޯރޫމެއް މާލޭގައި މިރޭ ހުޅުވައިފި އެވެ.

ޑްރީމްސް މޯބައިލް ރީބްރޭންޑްކޮށް މަޖީދީމަގާއި މާވެޔޮމަގު ގުޅުނު ކަންމަތީގައި ހުޅުވި، ޑްރީމްސްގެ އާ ޝޯރޫމް ހުޅުއްވައިދެއްވީ ސައިންސް އެންޑް ޓެކްނޮލެޖީ މިނިސްޓަރު މުހަންމަދު މަލީހް ޖަމާލެވެ.

ޑްރީމްސް މޯބައިލްގެ ނަން ޑްރީމްސް އަށް ރީބްރޭންޑްކޮށް އެ ކުންފުނީގެ އާ ވެބްސައިޓްވެސް މިރޭ ވަނީ އިފްތިތާހްކޮށްފައެވެ.

އާ ވެބްސައިޓަށް ވަދެ ޑްރީމްސް މޯބައިލް ފިހާރަތަކުން ވިޔަފާރިކުރެވޭގޮތަށް ހަމަޖައްސައިފައިވާއިރު، ރާއްޖޭގެ ކޮންމެ ރަށަކުން އެއްޗެއް ގަތަސް، ޑެލިވަރީގެ ޚިދުމަތް ފޯރުކޮށްދިނުމަށް އެ ކުންފުނިން ވަނީ ނިއްމާފައެވެ. މި ރަސްމިއްޔާތުގައި ޑްރީމްސް މޯބައިލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހުސެއިން ވިދާޅުވީ، މި ޝޯރޫމަކީ ތަފާތު ހިތްގައިމު ރީތި ޝޯރޫމެއް ކަސްޓަމަރުންނަށް ގެނެސްދިނުމަށްޓަކައި ހުޅުވި ތަފާތު ޝޯރޫމެއް ކަމަށެވެ.



މި ޝޯރޫމް ޑިޒައިންކޮށްފައިވަނީ ކަސްޓަމަރުންނަށް ފަސޭހައިން ވިޔަފާރިކޮށްލައި، ކަސްޓަމަރުން ޝައުގުވެރިވާ ގޮތަށް ބަލައިގެން ކަމަށް ހުސެއިން ވިދާޅުވިއެވެ.

"ތަފާތު އިހުސާސް ކުރެވޭނެ މި ޝޯރޫމުން، އަޅުގަނޑުމެން ކަސްޓަމަރުންނަށް ދޭ ޚިދުމަތް އިތުރަށް ރަނގަޅު ކުރުމަށްޓަކައި ވަރަށް ބޮޑަށް ވިސްނައިގެން ވަރަށް ބޮޑެތި ކަންތައްތަކެއް މި ޝޯރޫމްގައި ހިމަނައިފައިވާނެ. ކަސްޓަމަރުންނަށް ޖަޖްމަންޓް ދޫކޮށްލާނީ ކަސްޓަމަރުން މިތަނަށް އައިސް މިތަނުގެ ފަސޭހަކަމާއި މިތަނުގެ ޚިދުމަތާއި އެހުރިހާ އެއްޗެއް އަޅުގަނޑު ދަންނަވާނީ ތަފާތުވާނެއޭ." ހުސެެއިން ވިދާޅުވިއެވެ.

މީގެ އިތުރުން ޑްރީމްސް މޯބައިލްގެ އިބްރާހިމް ހުސެއިން ވިދާޅުވީ، އެކުންފުނީގެ ވެބްސައިޓަށް ވަދެގެން ރާއްޖޭގެ ހުރިހާ ރަށަކުން ވެސް ވިޔަފާރި ކުރެވޭނެ ކަމަށާއި، ކަސްޓަމަރުން ގަންނަ އައިޓަމްތަށް ޑެލިވަރީ ކޮށްދޭގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.



"އަޅުގަނޑުމެންގެ ހުރިހާ އައިޓަމްތަށް ހުންނާނީ އިންޝުއަރެންސް ކޮށްފައި. ކަސްޓަމަރުން ގަންނަ އައިޓަމްތަށް ޑެލިވަރީ ނުކުރެވިއްޖެނަމަ އޭގެ ބަދަލު (ގަންނަންދިޔަ ޚަރަދު) އަޅުގަނޑުމެން ދޭނަން." ހުސެއިން ވިދާޅުވިއެވެ.

އެންމެ ފަހުގެ އުފެއްދުންތައް އަބަދުވެސް ރާއްޖޭގެ ބާޒާރަށް ގެނެސްދެމުން އަންނަ "ޑްރީމްސް މޮބައިލް" އިން ވަނީ އެންމެ ފަހުން މާކެޓަށް ނެރުނު އައިފޯން-12 އާއި އައިފޯން-12 ޕްރޯވެސް ވިއްކަން ފަށައިފައެވެ. ޑްރީމްސްއަކީ ކަސްޓަމަރުންގެ އިތުބާރު ދަމަހައްޓައި، ކަސްޓަމަރުންގެ ޑިމާންޑާއި އެއްގޮތަށް ޚިދުމަތްދޭން އަބަދުވެސް މަސައްކަތް ކުރާ ކުންފުންޏެއް ކަން ފާހަގަކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން