އެސްޓީއޯ އިން ވިއްކާ ފިޔާ އަދި ބިހުގެ އަގު ހެޔޮ ކޮށްފިއެވެ.
އެސްޓީއޯ އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ އެކުންފުނިން ވިއްކާ ފިޔާ އަދި ބިސް ކޭހުގެ އަގު ހެޔޮވިނަމަވެސް އަލުވީގެ އަގަށް ބަދަލެއް ނާންނަ ކަމަށެވެ.
އެގޮތުން ކުރިން 15 ރުފިޔާއަށް ވިއްކަމުން އައި ފިޔާ ކިލޯއެއްގެ އަގު މިހާރު ވަނީ 11 ރުފިޔާއަށް ހެޔޮކޮށްފައެވެ. ކުރިން 325 ރުފިޔާއަށް އެސްޓީއޯ ވިއްކަމުން އައި ފިޔާ ބަސްތާ، މިހާރު ވިއްކަނީ 255 ރުފިޔާއަށް ކަމަށް ވެސް އެސްޓީއޯ އިން މައުލޫމާތު ދެއެވެ.
މީގެ އިތުރުން ކުރިން 290 ރުފިޔާއަށް ވިއްކަމުން އައި ބިސް ކޭހުގެ އަގު ވަނީ 260 ރުފިޔާއަށް ތިރި ކޮށްފައެވެ. ނަމަވެސް އަދިވެސް ވަކިން ބިހެއް ވިއްކަނީ ކުރިންވެސް ވިއްކި އަގު ކަމަށްވާ 1.50ރ. އަށް ކަމަށް އެސްޓީއޯ އިން މައުލޫމާތު ދެއެވެ.
އެސްޓީއޯ އިން އަދިވެސް އަލުވި ވިއްކަމުން އަންނަނީ ކުރިން އަލުވި ވިއްކި އަގުކަމަށްވާ 12 ރުފިޔާއަށް އަލުވި ކިލޯއެއްގެ މަގުންނެވެ. އަލުވި ބަސްތާ ވިއްކަނީ 250 ރުފިޔާއަށެވެ.

ކިޔުންތެރިންގެ ހިޔާލު