ކަސްޓަމަރުން ކުރާ ވިޔަފާރިތަކަށް 'ސްވައިޕް' ވޮލެޓުން ފައިސާ ދައްކައިގެން އަގުހުރި ފައިސާގެ އިނާމުތަކެއް ހޯދުމުގެ ފުރުސަތު ހުޅުވާލައި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން "ސްވައިޕް. ސްޕެންޑް. ވިން." ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
ބީއެމްއެލް އިން ބުނީ، މި ޕްރޮމޯޝަން ކުރިއަށްދާނީ 1 ނޮވެންބަރުން ފެށިގެން 1 ޑިސެންބަރުގެ ނިޔަލަށް ކަމަށެވެ. މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ މި ކަމަށް ކަނޑައެޅިފައިވާ މާޗަންޓްތަކުން ވިޔަފާރިކޮށް، 'ސްވައިޕް' ބޭނުންކޮށްގެން އެއްފަހަރާ 500 ރުފިޔާ ނުވަތަ އެއަށްވުރެ މަތީ އަދަދެއްގެ މުއާމަލާތެއް ހިންގައިގެން ކަމަށް ބީއެމްއެލް އިން މަޢުލޫމާތު ދީފައިވެއެވެ.
ހަމައެއާއެކު، މި މުއްދަތުގެ ތެރޭގައި ސްވައިޕް މެދުވެރިކޮށް ފައިސާ ދައްކާ ކަސްޓަމަރުންގެ މެދުގައި ކޮންމެ ހަފުތާއަކު ގުރުއަތު ނެގުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، ކޮންމެ ހަފުތާއަކު ހޮވޭ 5 ނަސީބުވެރިއަކަށް، ކޮންމެ މީހަކަށް 1،000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެއެވެ. ޖުމްލަ ހަތަރު ހަފުތާގެ މަތިން ކުރިއަށްދާ މި ގުރުއަތުލުންތަކުގައި 20 ފަރާތަކަށް ހަފުތާގެ އިނާމު ލިބިގެންދާނެއެވެ.
މީގެއިތުރުން، ހަފުތާގެ އިނާމު ލިބޭ ފަރާތްތަކަށްވެސް ކުރިއަށް އޮތް ހަފުތާތަކުގެ ގުރުއަތުލުމުގައާއި ގްރޭންޑް ޕްރައިޒްގެ ގުރުއަތުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށް ބޭންކުން ބުނެއެވެ. މި ޕްރޮމޯޝަން ނިމުމުން ހޮވާ ގްރޭންޑް ޕްރައިޒްގެ ނަސީބުވެރިޔާއަށް 25،000 ރުފިޔާގެ ބޮޑު ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ޑިޖިޓަލް ޕޭމަންޓްތަކަށް ކަސްޓަމަރުން އަހުލުވެރި ކުރުވުމާއި، ސްވައިޕް ވޮލެޓް ބޭނުންކުރާ ފަރާތްތަކަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކުރިއަށްގެންދާ މި ޕްރޮމޯޝަނާ ގުޅޭ އިތުރު މައުލޫމާތާއި، ބައިވެރިވާ މާޗަންޓުންގެ ފުރިހަމަ ލިސްޓު ބޭންކް އޮފް މޯލްޑިވްސްގެ ރަސްމީ ވެބްސައިޓުން މިހާރު ފެންނަން ހުންނާނެ ކަމަށް އެބޭންކުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު