ކްރިމިނަލް ކޯޓު
ކްރިމިނަލް ކޯޓު
ބިރު ދައްކައި ހުއްދަނޫން ގޮތުގައި މީހަކު ހިފަހެއްޓި މީހަކު ހައްޔަރުކޮށް ޕާސްޕޯޓް ހިފަހައްޓައި ބަންދުންދޫކޮށްލައިފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ގއ. މާމެންދޫއަށް ނިސްބަތްވާ އެ ރަށު ޒެނިތު، އައިހަމް އާދިލްއެވެ. މި މައްސަލައާއާ ގުޅިގެން 24 އަހަރުގެ ޒުވާނާ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ނިންމީ އޭނާ ޝަރުތުތަކާއެކު ދޫކޮށްލުމަށެވެ.

އޭނާ ދޫކޮށްލި ޝަރުތުތަކުގެ ތެރޭގައި ރަށުން ބޭރަށް ނުދިއުން ހިމެނެއެވެ.

ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި، އޭނާ ބަންދުން ދޫކޮށްލަން ނިންމީ އޭނާ ކުށްކުރި ފުރަތަމަ ފަހަރު ކަމަށްވެފައި ކުރިން މައްސަލައެއްގައި ބަންދުކޮށްފައިނުވާތީއާއެކު އެކަންކަމަށް ރިއާޔަތްކުރުމަށް ފަހުއެވެ.

އައިހަމްގެ މައްޗަށް ފުލުހުން ކުރާ ތަހުމަތުތަކުގެ ތެރޭގައި މާރާމާރީ ހިންގުމާއި ޖިނާއީ މަޖުބޫރުކުރުން ވެސް ހިމެނއެވެ.



ކިޔުންތެރިންގެ ހިޔާލު