ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީކުރާ ރަސްމާލެ މަޝްރޫއުގެ ދަށުން އީގަލްހިލްސް ކުންފުންޏަށް 99 އަހަރަށް ބިން ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން، އެކަމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް (ރިފަރެންޑަމްއެއް) ނެގުމަށް ގޮވާލައި އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.
މިރޭ 9:00 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއަށް މި ގަރާރު ހުށަހަޅުއްވާފައިވަނީ އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރު އަދި ގާނޫނީ ވަކީލު މަހުފޫޒު ސައީދެވެ.
މަހުފޫޒު ހުށަހެޅުއްވި ގަރާރުގައި ބަޔާންކޮށްފައިވަނީ، "މޯލްޑިވްސް ވޯޓާ ފްރަންޓް އެންޑް މެރީނާ" ގެ ނަމުގައި ހިންގާ ރަސްމާލެ މަޝްރޫއަކީ ދިވެހި ރައްޔިތުންގެ މުއްސަނދިކަމަށް އުނިކަން ލިބޭ ގޮތަށް ކުރިއަށްގެންދާ މަޝްރޫއެއް ކަމަށެވެ. އެގޮތުން އެއްވެސް އެކުއިސިޝަން ކޮސްޓަކާ ނުލައި އަދި އެއްވެސް ކުއްޔެއް ދައްކަން ނުޖެހޭ ގޮތަށް 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރުގެ ކުންފުންޏަކަށް ދޫކުރުމަކީ ރައްޔިތުންގެ ފައިސާއަށް ވާ ބޮޑު ހިޔާނާތެއް ކަމަށް އެ ގަރާރުގައި ފާހަގަކޮށްފައިވެއެވެ.
މީގެއިތުރުން، އެއްވެސް ބިޑުކުރުމުގެ ދައުވަތަކާ ނުލައި، ދައުލަތުގެ މާލިއްޔަތު ގަވާއިދާ ހިލާފަށް މި މަޝްރޫއު ހަވާލުކޮށް ގާނޫނީ ބޮޑެތި ގޯސްތަކެއް ހަދާފައިވާ ކަމަށްވެސް ގަރާރުގައި ބުނެފައިވެއެވެ. އަދި މި ބިންތައް ތިންވަނަ ފަރާތްތަކަށް ކުއްޔަށްދޫކުރާ ކޮންމެ ފަހަރަކު ކުލީގެ މުއްދަތު 99 އަހަރަށް އާވާ ގޮތަށް އޮތުމަކީ، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން ދާއިމީކޮށް މިލްކުކޮށްދިނުން ފަދަ ނުރައްކާތެރި ކަމެއްގެ ގޮތުގައިވެސް ގަރާރުގައި ވަނީ ސިފަކޮށްފައެވެ.
މި މައްސަލައިގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ގޮވާލައި މަޙްފޫޒުގެ ގަރާރުގައި މުހިންމު ތިން ކަމެއް ވަނީ ހިމަނާފައެވެ. އެއީ މި މަޝްރޫއުގެ ވިޔަފާރީގެ އެއްބަސްވުންތަކުގެ އެންމެހައި ތަފްސީލުތައް ހާމަކޮށް އާންމުކުރުމާއި، މިފަދަ ބޮޑު މަޝްރޫއަކާ މެދު ރައްޔިތުން ދެކޭގޮތް ބެލުމަށް ފެންނަ ނުފެންނަ ވޯޓެއް (ރިފަރެންޑަމްއެއް) ނެގުމާއި، އެފަދަ ވޯޓެއްގެ ނަތީޖާ ލިބުމުގެ ކުރިން، އެ ބިމުގެ މައްޗަށް އެއްވެސް ފަރާތެއްގެ ހައްގެއް އުފަންވާނެ ފަދަ އެއްވެސް މުއާމަލާތެއް ނުހިންގުން ހިމެނެއެވެ.
ރަސްމާލޭގެ 500 ހެކްޓަރުގެ ބިން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދިނުމުގެ ކޮމާޝަލް ޓާމްސްގައި ސަރުކާރުން ސޮއިކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ޕްރޮޖެކްޓުގެ ދާއިމީ އެއްބަސްވުމުގައި ސޮއިކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ކުރިއަށް އޮތް ނޮވެމްބަރު މަހުގެ 11 ވާ ރާއްޖޭގެ ޖުމްހޫރީ ދުވަހުގައެވެ.

ކިޔުންތެރިންގެ ހިޔާލު