ފ.، ދ.، އަދި ތ. އަތޮޅުގެ ޔުޓިލިޓީ ހިދުމަތްތަކާ ސްޓެލްކޯއިން ހަވާލުވެއްޖެއެވެ.
ސްޓެލްކޯއިން މިއަދު އެކްސްގައި ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމާ އެއްގޮތަށް، ފ،ދ އަދި ތ އަތޮޅުގެ ރަށްތަކުގައި ފެނަކައިން ފޯރުކޮށްދެމުންދިޔަ ޔުޓިލިޓީ ހިދުމަތްތައް ދިނުމާ އެ ކުންފުނިން މިހާރު ރަސްމީކޮށް ހަވާލުވެ، ހިދުމަތް ދޭން ފަށާފައިވާ ކަމަށެވެ.
އަދި އެ އަތޮޅުތަކުގައި ދެމުންދާ ހިދުމަތްތަކުގެ ފެންވަރު އެ ކުންފުނީގެ މިންގަނޑުތަކަށް ފެއްތުމުގެ މަސައްކަތް، ހިދުމަތާ ހަވާލުވި ދުވަހުން ފެށިގެން ކުރަމުންދާކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ މި ތިން އަތޮޅުގެ ރައްޔިތުންނަށް އިތުބާރުހުރި، ދެމެހެއްޓެނިވި ޚިދުމަތެއް ކަށަވަރުކޮށްދިނުން" ސްޓެލްކޯއިން އިތުރަށް ބުންޏެވެ.
ފެނަކައިން ދެމުންދިޔަ ޔުޓިލިޓީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރަމުންދާއިރު ފެނަކަ އުވާލަން ނިންމިކަން ސަރުކާރުން މިދިޔަ އޮގަސްޓު މަހު އޮތީ ހާމަކޮށްފައެވެ.
އެކަން އިއުލާންކުރުމުގެ ކުރިންވެސް ޔުޓިލިޓީ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ދިޔައީ ބަދަލުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު