ސިނަމާލެ ބްރިޖު ހައިވޭގައި ނުރައްކާތެރިކޮށް ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް މަޑުކުރަން އެންގުމުން ވެސް މަޑުނުކޮށް ގޮސް، ފުލުހުންގެ ބެރިކޭޑެއްގައި ޖެހި އެކްސިޑެންޓްވި މީހެއްގެ އަތުން މަސްތުވާތަކެތި ފެނިގެން އޭނާ ހައްޔަރުކޮށްފިއެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ނ. ވެލިދޫ، ރަންފަސް، އުމުރުން 30 އަހަރުގެ އިބްރާހިމް އަޒުލިފް ހުސައިން އެވެ.
ފުލުހުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި މައްސަލަ ފެންމަތިވީ ހައިވޭގައި އާންމުންގެ ފުރާނައަށް ނުރައްކާވާ ފަދަ ގޮތަކަށް، ބާރު ސްޕީޑުގައި އޭނާ ސައިކަލު ދުއްވާފައި ދަނިކޮށް ޑިއުޓީގައި ތިބި ފުލުހުންނަށް ފެނުމުންނެވެ. އެވަގުތު އޭނާ ހުއްޓުވުމަށް ފުލުހުން އިޝާރާތްކުރުމުން ވެސް މަޑުނުކޮށް، ބާރު ސްޕީޑުގައި ފިލަން ދުއްވާފައި ދަނިކޮށް ސައިކަލު ކޮންޓްރޯލް ނުވެ، މަގުމަތީގައި ބަހައްޓާފައި ހުރި ފުލުހުންގެ ބެރިކޭޑެއްގައި ޖެހި ވަނީ އެކްސިޑެންޓްވެފައެވެ.
މި އެކްސިޑެންޓާ ގުޅިގެން ފުލުހުން އޭނާ ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި 8 ރަބަރު ޕެކެޓު އޭނާގެ އަތުން ވަނީ ފެނިފައެވެ. އަދި އޭނާއަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއް ކަމަށް އަމިއްލައަށް ފުލުހުންގެ ކުރިމަތީގައި އެއްބަސްވެފައިވާ ކަމަށް ވެސް ރެކޯޑުތަކުން ދައްކައެވެ.
އަޒުލިފްގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މައްސަލައިގެ ކުޑަބޮޑުމިނަށް ބަލައި އަދި ތަހުގީގު ކުރިއަށް ގެންދިއުމަށްޓަކައި އޭނާގެ ބަންދަށް ވަނީ 10 ދުވަހުގެ މުއްދަތެއް ދީފައެވެ.
މި މައްސަލަ ފުލުހުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު