އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލައިގައި ހިމެނޭ ހުރިހާ ސުވާލުތަކަކަށް ޖަވާބުދެއްވަން ފުރިހަމައަށް ތައްޔާރަށް ހުންނެވި ކަމަށާއި، މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރައްވަމުން ގެންދަވަނީ ކުރައްވާފައިވާ ގާނޫނީ ހުވައާ އެއްގޮތަށް ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން އޭނާގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ މައްސަލައިގައި ހިމެނޭ ސުވާލުތަކަށް ޖަވާބުދެއްވުމަށް މަޖިލީހަށް ވަޑައިގެންނެވި ކަމަށެވެ. އަދި މާތްﷲގެ ވާގިފުޅާއެކު، ކުރައްވާފައިވާ ހުވައާ އެއްގޮތަށް ގައުމީ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރެއްވުމުގައި ދެމިހުންނަވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ވެސް ވަޒީރު ވަނީ ދެއްވާފައެވެ.
އެމްޑީޕީގެ 13 މެންބަރަކު ސޮއިކުރައްވައި މިދިޔަ އޮގަސްޓް މަހު ހުށަހެޅި މި މައްސަލަ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފައެވެ. އަދި މަޖިލީހުގެ ތަޅުމުގައި މި މައްސަލައަށް ޖަވާބުދާރީވެވަޑައިގަތުމަށް މިނިސްޓަރު ސައީދަށް އެއް ގަޑިއިރުގެ ވަގުތު ދިނުމަށް މަޖިލީހުގެ އާންމު ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
އިދިކޮޅު އެމްޑީޕީން މަޖިލީހަށް ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލާގައި ބުނެފައިވަނީ، ގާނޫނުއަސާސީން ވަޒީރަކާ މަތިކޮށްފައިވާ ގައުމީ ޒިންމާތައް އަދާކުރެއްވުމުގަޔާއި، ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވެވަޑައިގަތުމުގައި މިނިސްޓަރު ވަރަށް ބޮޑަށް އިހުމާލުވެވަޑައިގެންފައިވާ ކަމަށެވެ. މީގެ އިތުރުން ރާއްޖޭގެ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އިންތިހާއަށް އުފުލި، ތަކެތީގެ އަގު އަތްނުފޯރާ ފަށަށް ބޮޑުވަމުންދާއިރު ވެސް އެކަން ހައްލުކުރުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އެޅިފައި ނުވާ ކަމަށް އެމްޑީޕީން ތުހުމަތުކުރެއެވެ. ހަމައެއާއެކު، އަމިއްލަ ވިޔަފާރިތައް ހިމާޔަތްކުރުމުގެ ބަދަލުގައި ސަރުކާރު ހިއްސާވާ ކުންފުނިތައް އާންމު ވިޔަފާރީގެ ތެރެއަށް ވައްދައިގެން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިކުރުވަމުންދާ ކަމަށް ވެސް އެ މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.
އެމްޑީޕީން ފާހަގަކޮށްފައިވާ އިތުރު ކަންކަމުގެ ތެރޭގައި، އިހަވަންދިއްޕޮޅުގައި ފެށި ބަންކަރިންގެ ހިދުމަތުން ލިބޭނެ ކަމަށް ލަފާކުރި 400 މިލިއަން ޑޮލަރުގެ އާމްދަނީ ނުލިބުމާއި، ސަރުކާރުން އިޢުލާންކުރި ބޮޑެތި އިޤްތިޞާދީ މަޝްރޫޢުތައް ކަމަށްވާ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ އާއި، ޑިވެލޮޕްމެންޓް ބޭންކް އަދި އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރުގެ މަސައްކަތްތައް ހުއްޓިފައިވާ ކަމަށް ބުނާ މައްސަލަ ހިމެނެއެވެ. މީގެއިތުރުން، ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫނަށް އިސްލާހު ގެނެސް "މޯލްޑިވްސް ޕާލް ރެސިޑެންސް"ގެ ނަމުގައި ހިންގާ ރެސިޑެންސް ބައި އިންވެސްޓްމަންޓް ޕްރޮގްރާމަކީ ދައުލަތުގެ ސިޔާދަތަށް ނުރައްކާވެ، ކަޅު ފައިސާ ދޮވުމަށް މަގުފަހިވާ ކަމެއް ކަމަށް ވެސް އެ ޕާޓީން ވަނީ ތުހުމަތުކޮށްފައެވެ.
އިދިކޮޅު އެމްޑީޕީން މިފަދަ ބޮޑެތި ތުހުމަތުތަކެއް އިކޮނޮމިކް މިނިސްޓަރާ ދެކޮޅަށް ކުރި ނަމަވެސް، އެ ޕާޓީގެ އިސް ބޭފުޅުންގެ މެދުގައި މިކަމާމެދު ހިޔާލު ތަފާތުވުންތަކެއް ހުރިކަން ވަނީ ފާހަގަކުރެވިފައެވެ. އެގޮތުން، އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރެސިޑެންސް ބައި އިންވެސްޓްމަންޓް ޕްރޮގްރާމަކީ ރާއްޖޭގެ އިގްތިސާދަށް ފައިދާހުރި މުހިންމު ކަމެއް ކަމަށް ވިދާޅުވެ، ސަރުކާރުގެ އެ ނިންމުމަށް ތާއީދުކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު