ދިވެހިރާއްޖޭގައި ގަވާއިދާ ޚިލާފަށް ވިޔަފާރިކޮށް، މަސައްކަތްކުރަމުންދާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ކުރިއަށްގެންދާ ހާއްސަ ހަރަކާތްތަކުގެ ތެރެއިން ކ. ހުރާގައި އިއްޔެ ހިންގި ރެއިޑް އޮޕަރޭޝަނެއްގައި 43 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން 'އެކްސް' ގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ބަލައިފާސްކުރުމަށް އެ އިދާރާގެ ހާއްސަ ޓާސްކުފޯހުން ހުރާގައި މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ އިއްޔެ ހެނދުނު 6:00 އިން ހަވީރު 5:00 އަށެވެ. މި ފުޅާ އޮޕަރޭޝަނުގައި ޖުމްލަ 341 ބިދޭސީއަކު ވަނީ ބަލައިފާސްކޮށްފައެވެ. އަދި އޭގެ ތެރެއިން ގަވާއިދާ ޚިލާފަށް އުޅޭކަމަށް ފާހަގަކުރެވުނު 43 މީހަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ ގައުމީ ބޮޑު މައްސަލައަކަށް ވެފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ މިކަމަށް ދާއިމީ ހައްލެއް ހޯދުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި އިމިގްރޭޝަނުން ވަނީ މާލެ ސަރަހައްދާއި ރަށްރަށުގައި ސިލްސިލާ ރެއިޑް އޮޕަރޭޝަންތަކެއް ހިންގާފައެވެ. މި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، މިހާތަނަށް ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅުނު 12،552 ބިދޭސީން ވަނީ އަނބުރާ އެމީހުންގެ ގައުމުތަކަށް ޑީޕޯޓުކޮށް ފޮނުވާލާފައެވެ.
މީގެއިތުރުން، ރާއްޖޭގައި ދިރިއުޅޭ ހުރިހާ ބިދޭސީންގެ ފުރިހަމަ މައުލޫމާތު އެއްކޮށް، ދަފުތަރު އެކުލަވައިލުމަށްޓަކައި ސަރުކާރުން ވަނީ "ކުރަނގި" ގެ ނަމުގައި ގައުމީ ބޮޑު އޮޕަރޭޝަނެއް ފަށާފައެވެ. މި އޮޕަރޭޝަންގެ ދަށުން މިހާތަނަށް 294،000 އަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތާއި ބަޔޯމެޓްރިކްސް އެއްކުރެވިފައިވާއިރު، މިހާރު ދެނެގަނެވިފައިނުވާ ނުވަތަ އައިޑެންޓިފައި ނުކުރެވި ތިބީ އެންމެ 1،102 މީހުން ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
އިމިގްރޭޝަނުން ބުނެފައިވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގަވާއިދާ ޚިލާފަށް ހިންގާ ވިޔަފާރިތަކާއި، ވަޒީފާ އަދާކުރާ ބިދޭސީން ހޯދައި ގާނޫނީ ފިޔަވަޅު އެޅުމަށް ހިންގާ މިފަދަ ހާއްސަ އޮޕަރޭޝަންތައް ކުރިއަށް އޮތް ތަނުގައިވެސް މެދުކެނޑުމެއްނެތި ކުރިއަށްދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު